މީހުން ރަހީނު ކުރި ކެފޭ އިން ޒަޚަމްވި މީހަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ
02 ޖުލައި 2016 - 12:29
ޑާކާ (ޖުލައި 2) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޑިޕްލޮމެޓިކް އޭރިޔާގައި ހުރި މަޝްހޫރު ކެފޭއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ރޭ ވަދެ ގިނަ ބަޔަކު ރަހީނުކޮށްގެން އުޅެނިކޮށް ސިފައިން ހަމަލާ ދީ ހަނގުރާމަވެރިންގެ ހަ މީހުން މަރާލާ 13 ރަހީނުން ސަލާމަތްކޮށް، ރަހީނު ކުރުމުގެ ހާދިސާ މިއަދު ނިމުމަކަށް ގެނައި އިރު ހަނގުރާމަވެރިން ހަމަލާދީ 20 ރަހީނުން ވަނީ މަރާލައިފަ އެވެ.
ޑާކާގެ ހޮލޭ އާޓިސަން ބޭކަރީގައި ހަނގުރާމަވެރިން ހިންގި ރަހީނު ކުރުމުގެ ހާދިސާގައި މީހުން ސަލާމަތް ކުރުމުގައި އިސްކޮށް އުޅުއްވި ގްރިގޭޑިއާ ޖެނެރަލް މުޖީބުއްރަހުމާން ވިދާޅުވީ އޮޕަރޭޝަން މިހާރު ނިމިއްޖެ ކަމަށެވެ. ބަންގްލަދޭޝް ސަރުކާރުން ބުނެފައި ވަނީ ރަހީނުންގެ 20 މަރާލާފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ނުވަ މީހުން ވެސް ހިމެނެ އެވެ. އަދި ޖަޕާނުގެ ހަތް މީހުންނާއި އެމެރިކާ މީހަކާއި އިންޑިއާ މީހަކު ވެސް ހިމެނެ އެވެ.
މީހުން ރަހީނު ކުރި ކެފޭގެ ބޭރުގައި ބަންގްލަދޭޝް ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ބޮޑު ވަޒީރު ޝެއިޚް ހަސީނާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ 13 މީހުން ސަލާމަތްކޮށް ޓެރަރިސްޓުންގެ ހަ މީހުން މަރާލާފައިވާ ކަމަށެވެ. އަދި ޓެރަރިސްޓުންގެ އެކަކު ދިރިހުއްޓާ އަތުލައިގަނެވިފައިވާ ކަމަށް ވެސް ހަސީނާ ވިދާޅުވި އެވެ.
ރަހީނުކުރުމުގެ ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އުފުލައިފަ އެވެ. އެކަމަކު އެމެރިކާ އިން ބުނަނީ މިއީ އައިއެސްގެ ހަމަލާއެއް ކަމާ މެދު ޝައްކު ކަމަށެވެ.
ހަނގުރާމަވެރިންގެ ހަމަލާތަކުގައި ފުލުހުންގެ އިސް ދެ އޮފިސަރަކު ވަނީ މަރުވެފަ އެވެ.
ބަންގްލަދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނީ ރަހީނު ކުރި މީހުންގެ ތެރޭން ގުރުއާން ކިޔަވާން ނޭނގޭ މީހުންނަށް ހަތިޔާރު އެޅި މީހުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ކަމަށެވެ.
ބަންގްލަދޭޝް ސިފައިން ކެފޭ އަށް ހަމަލާ ދިނީ މީހުން ރަހީނުކުރިތާ 12 ގަޑިއިރު ފަހުން. --ފޮޓޯ:ބީބީސީ
ޑާކާގެ ގުލްޝަން ޑިސްޓްރިކްޓުގެ ބިދޭސީންގެ ގިނަ ބަޔަކު އާއްމުކޮށް ގޮސް އުޅޭ ކެފޭ އަށް ހަތިޔާރު އެޅި މީހުން ވަދެ ހަމަލާ ދޭން ފެށީ ރޭ ގާތްގަނޑަކަށް 21:20 ގަ އެވެ. ކެފޭ އަށް ހަތިޔާރު ހިފައިގެން ވަން އަށެއް ނުވަތަ ނުވަ މީހުން ރަހީނު ކުރި މީހުންގެ ތެރޭގައި ބިދޭސިން ވެސް ހިމެނެ އެވެ. އަދި ފުލުހުން ބުނީ މި ކެފޭ އަށް ޑިޕްލޮމެޓުންނާއި މެދު ފަންތީގެ އާއިލާތަކުގެ މީހުން ވެސް ވަރަށް ގިނައިން ގޮސް އުޅޭ ކަމަށެވެ.
ލަންކާ ސަރުކާރުން ބުނީ ސަލާމަތްކުރި ރަހީނުންގެ ތެރޭގައި އެ ގައުމުގެ ދެ މީހުން ހިމެނޭ ކަމަށެވެ. ރަހީނުކުރި މީހުންގެ ތެރޭގައި ޖަޕާނުގެ މީހަކު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެމީދާ
03 July 2016
ލަންކާ ސަރުކާރަށް އިނގޭނެ ތާ ލަންކާގެ ރައްޔިތަކަށް ކަމެއް ވިއްޔާ ނުވިއްޔާ! ގައުމުތަކުގެ ފޮރިން މިސަންތަކުން ރައްޔިތުންގެ ހާލު އަހުވާލު ބަލަނީ ގައުމުން ބޭރުގައި ދިމާވާ ކަންކަމުގައި އާއްމުކޮށް.
އަހުމަދު
03 July 2016
ލަންކާ ސަރުކާރޭ ލިޔުމުގަ އޮތީމަ އަޖައިބު ވެއްޖެ. މީ އަޅެ ލަންކާގަ ހިނގި ކަމެއްތަ؟
ރޯނުއެދުރު
02 July 2016
އެންމފހުން މިމީހުންގެ ނުރައްކަ ބަންގުލަދޭޝަ އާ ހަމަޔަށްވެސް އައީ ދޯ ...މިމީހުންގެ މިކަންތަށްމި ރީޖަންއަށްވެސް ފުޅާކުރުން އެއީ ކއިރިކަމެއް...ދިވެހިރޢްޖެެއަށްވެސް ހަމަލާއެއްއަތުވެދާނެކަމަށްބަލާ އަސްކަރިއްޔާއިް އެބަޖެެހޭ ހަރުދަނާ ފިޔަވަޅުތަށް އަޅާ ވަރުގަދަ ތަމްރީނުތަކެއް ހަދާ އަބަދުވެސް ތައްޔާރުވެ ތިބެން ފިލް ހެދުމުގެ ބަދަލު