ނޯވޭގެ ފޮރިން މިނިސްޓަރު މަރީ އެރިކްސަން އާއި އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ފެޑެރިކާ ބްރެސެލްސްގައި ހުންނަ އީޔޫ ކޮމިޝަން ހެޑްކުއާޓަރުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:ރޮއިޓާސް
01 ފެބުރުއަރީ 2018 - 13:09
ބްރަސެލްސް (ފެބްރުއަރީ 1) - ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން 53 މިލިއަން ޑޮލަރު ދޭނެކަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއުލާންކޮށްފި އެވެ.
އީޔޫ އިން މިކަން އިއުލާން ކުރި އިރު ވަނީ އިޒްރޭލާ އެކު ފަލަސްތީނުން ސުލްހަ ގާއިމްކުރުމުގެ މަސައްކަތުގައި އެމެރިކާ އެކަނި ކުރިއަށް ނުދިއުމަށް ބްރަސެލްސް އިން އެދިފަ އެވެ. އަދި އެމެރިކާ އެކަނި ސުލްހައިގެ މަސައްކަތުގައި އުޅުމުން ނާކާމިޔާބުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"ސުލްހައިގެ މަސައްކަތުގެ ފްރޭމްވޯކުގައި ގިނަ ގައުމުތަކެއް ހިމަނަން ޖެހޭނެ. ސުލްހަ ކާމިޔާބު ކުރުމަށް ހުރިހާ ޕާޓީތަކެއް ވެސް ބައިވެރި ކުރަން ޖެހޭނެ،" އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ފެޑެރިކާ މޮގެރިނީ ވިދާޅުވި އެވެ.
އެކަމަނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ފަލަސްތީނަށް ދޭ އެހީތައް ކޯޑިނޭޓްކުރާ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު އެވެ. ބްރެސަލްގައި ބޭއްވި އެ ބައްދަލުވުމުގައި އިޒްރޭލާއި މިސްރުގެ މިނިސްޓަރުންނާއި ފަލަސްތީނުގެ ބޮޑު ވަޒީރު އަދި އެމެރިކާގެ ސީނިއާ އޮފިޝަލަކު ބައިވެރިވި އެވެ. މިއީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަތް ފަހުން ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމެވެ.
ފަލަސްތީނުގެ ރެފިއުޖީ އެޖެންސީން ބުނީ ސީރިއާ، ހުޅަނގު އައްސޭރި އަދި ގާޒާ ސްޓްރިޕްގައި މި އަހަރު ހިންގާ އިމަޖެންސީ އޮޕަރޭޝަންތަކަށް 800 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
01 February 2018
ޔޫރަޕުވެސް ގޯސްވީމަ ގޯސްވާހަކަ ދައްކާނެ.
ޙްމް
01 February 2018
އެކަމުވެސް މިތާ އުޅޭ ދީނީ ބައެއްމީހުން ޔޫރަޕައް ހެއްދެވި ނެހެެެއްދެވިހާ އެއްޗިހި ކިޔާ.
ރާއްޖެ
01 February 2018
ތެދެއް ތިބުނީ. އެމީހުންނަށް ޔޫރަޕް ނޭންގެނީ.. އަދި ޤުރުއާންވެސް ނޭނގެނީ... ނަސޯރާއިންނަކީ މުސްލިމުންނަށް ހެޔޮ އެދޭ ބައެއް ކަމަށް ޤުރުއާންގައި ﷲ ވަނީ އަންގަވާފައި