ޕްރިންސް ހެރީ އާއި މޭގަން މޭކްލް ކައިވެނީގެ ރަސްމިއްޔާތުގައި. --ފޮޓޯ:އޭއެފްޕީ
19 މެއި 2018 - 17:24
ލަންޑަން (މެއި 19) - ލަންޑަނުގެ ވިންޑްސާ ގަނޑުވަރުގެ ސެއިންޓް ޖޯޖް ޗަޕެލްގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި އެމެރިކާގެ ޓީވީ ތަރި މޭގަން މޭކްލް މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.
ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަލަމުން ދިޔަ ރަސްމިއްޔާތުގައި ހެރީ އާއި މޭގަންގެ ކައިވެނިކޮށްދެއްވީ ކެންޓެބަރީގެ އާޗްބިޝޮޕް ޖަސްޓިން ވެލްބީ އެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ހެރީގެ 92 އަހަރުގެ މާމާފުޅު އިނގިރޭސި ރާނީ އެލިޒަބަތު އަދި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕްރިންސް ހެރީ އާއި މޭގަން މޭކްލް ކައިވެނީގެ ރަސްމިއްޔާތުގައި. --ފޮޓޯ:އޭއެފްޕީ
ކައިވެނީގެ ވައުދާއި އަނގޮޓި އެއްބޭފުޅަކު އަނެއް ބޭފުޅަކު ބަދަލު ކުރެއްވީ ޖޯޖް ޗަޕަލްގައި ތިބި 600 މެހެމާނުންގެ ހާޒިރުގަ އެވެ. ކައިވެންޏަށް ފަހު ހެރީ އާއި މޭގަން އަށް މުޚާތަބް ކުރާނީ ޑިއުކް އަދި ޑަޗަސް އޮފް ސަސެކްސްގެ ނަމުންނެވެ.
ކައިވެނީގެ ހަފުލާ އަށް ވަޑައިގެންނެވި މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، ހޮލީވުޑުގެ ތަރި ޖޯޖް ކްލޫނީ އާއި އަމާލް ކްލޫނީ، ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމް، ޓެނިސް ތަރި ސެރީނާ ވިލިއަމްސް އަދި އެމެރިކާގެ މަޝްހޫރު ޓީވީ ހުށަހެޅުންތެރިޔާ އޯޕްރާ ވިންފްރީ ހިމެނެ އެވެ.
ޕްރިންސް ހެރީ އާއި މޭގަން މޭކްލް ކައިވެނީގެ ރަސްމިއްޔާތުގައި. --ފޮޓޯ:އޭއެފްޕީ
އިނގިރޭސި ޑިޒައިނަރު ކްލެއާ ވައިޓް ކެލާގެ ޑިޒައިން ކުރި ހުދުކުލައިގެ ވެޑިން ޑްރެސްގައި އުމުރުން 36 އަހަރުގެ މޭގަން ޗަޕަލްގެ އައިސްލްގައި ވަޑައިގެންނެވީ ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ އަރިހުގަ އެވެ. ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުން މޭގަންގެ ބައްޕާފުޅު ތޯމަސް މާކްލް ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަަވަ އެވެ. މޭގަން ވަޑައިގެންނެވީ މަންމާފުޅު ޑޯރިއާއާ އެކު އެވެ.
ހެރީ ވަޑައިގެންނެވީ ބޭބޭފުޅު ޕްރިންސް ވިލިއަމްގެ އަރިހުގަ އެވެ. ދެ ބޭފުޅުން ވެސް ތިއްބެވީ ކަޅު ކުލައިގެ އަސްކަރީ ޔުނިފޯމުގަ އެވެ.
ކައިވެންޏަށް ފަހު ޕްރިންސް ހެރީ އާއި މޭގަން ވަނީ އަސް ގާޑިޔަލުގައި ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާއިމުޙައްމަދު
20 May 2018
ޖަޒީރާ ރައީސް ކޮބާ
ފަހީމް
20 May 2018
މިއީ އެއްވެސް މުހިން މު ހަބަރެއް ނޫން
ވަތަން
20 May 2018
އިނގިރޭސިވިލާތުން މިކާވެނިކުރީ އިނގިރޭސިންގެ ކޮއްކޮ އެމެރިކާއާ.
ނެރު
19 May 2018
ކައިވެނި ކޮއްގެން ތިބެދާނެ އެއްނު
ނޫރާ
19 May 2018
އެމީހުންގެ އަމިއްލަ ފައިސާއިން ޚަރަދުކުރީ ދެންކޮބާ //؟/؟ މައްސަލައަކީ؟؟؟؟؟؟؟؟ ހެރީގެ ވައިފް އަކީ އެހާމަޝްހޫރު މޮޑެލްކުރާ ކުއްޖެއް ފައިސާ ހުންނާނެތާ //////؟؟؟؟؟؟؟؟؟؟؟؟؟ ޝާހީ ގަނޑުވަރުން ހަމަޖައްސާލީމަ އެކަން އެނިމުނީ
އަހުމަދުބެ
19 May 2018
އިނގިރޭސި ޝާހީ އާއިލާ އަކީ ބައެއް ގައުމުތައް އަޅުވެތިކޮށްގެން އުޅޭ ބައެކެވެ. ކޮމަންވެލްތް ކިޔާ ތަނެއް ހަދައިގެން އުޅެނީ ގައުމުތައް ކޮންޓްރޯލް ކުރަންވެގެންނެވެ.
ކަލޯ
19 May 2018
އަހަރުންނަށް ކީއް.....
އަލީ!
19 May 2018
ބާއްޖަވެރި ކާވެންޏަކަށް އެދެން.
އަޖިނަމޮޓޯ
19 May 2018
ތިޔަ ކަމަކުން އަޅުގަޑު މަގަން އާއި ދޭތެރޭ އޮތް ލޯތްބަކަށް ބަދަލެއް ނާންނާނެ.
އަސްލުހާލަތު
19 May 2018
ސީ.ބީ.އެސް އަދި ފޮޖްސް އިން މިހަބަރު ކަވަރު ކުރި އިރު އެންމެ ގިނައިން ބޭނުންކުރި އިބާރާތަކީ "ބުރިޓިޝް ޕުރިންސް މެރިޑު ޓު އެމެރިކަން ޑިވޯސީ ހޫއިޒް 3 އިޔާޒް އެލްޑަރ ދެން ހިމް" އެމީހަކު ލޯބިވާ މީހަކާ ދޯ އެމީހަކު އިންނާނީ. ތަހުޒީބުކަމަށް ބުނާ އެމެރިކާގެ ބޮޑެތި ނިއުސް އެޖޭންސީތަކުގެ ޓިޕިކަލްކަން