ގެނބުނު ހުރިހާ ކުދިންގެ ހަށިގަނޑު ވަނީ ކޯރުން ނަގާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
15 ޖުލައި 2018 - 20:00
ޑާކާ (ޖުލައި 15) - ފުޓުބޯޅަ މެޗަކަށް ފަހު ފެންވަރަށް ކޯރަކަށް އެރުނު ބަންގްލަދޭޝްގެ ފަސް ކުދިން ގެނބިގެން މަރުވެއްޖެ އެވެ.
އިރު ދެކުނުގެ ކޮކްސް ބާޒާރު އަވަށުގެ ކުދިން ފެންވަރަން ދިޔައީ އާޖެންޓީނާ އާއި ބްރެޒިލަށް ސަޕޯޓްކުރާ މީހުންގެ މެދުގައި ކުޅުނު އެކުވެރި ކަމުގެ ފުޓުބޯޅަ މެޗަކަަށް ފަހު އެވެ. އެ ކުދިން ގެނބުނީ މަތަމަހުރީ ކޯރުގެ އޮއިގަނޑެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް އެ ކުދިންގެ ހަށިގަނޑު ކޯރުން ނެގޭވަރުވީ ގެނބުނުތާ ހަ ގަޑިއިރު ފަހުންނެވެ. މިއަދު ބޭއްވި އެ ކުދިންގެ ޖަނާޒާގައި ވަނީ އެތައް ހާސް ބަޔަކު ބައިވެރިވެފަ އެވެ.
ބަންގްލަދޭޝްގައި އެންމެ މަޝްހޫރު ކުޅިވަރަކީ ކްރިކެޓް ނަމަވެސް ވޯލްޑް ކަޕް ދުވަސްވަރު އެ ގައުމުގައި ފުޓުބޯޅައިގެ ފޯރި ވެސް ވަރަށް ގަދަ އެވެ. ބަންގްލަދޭޝްގެ ގިނަ މީހުން ސަޕޯޓް ކުރަނީ ސައުތު އެމެރިކާގެ ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ އާޖެންޓީނާ އާއި ބްރެޒިލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމާ
16 July 2018
ވަރަށް ދެރަ !
ގައުމީޓް
15 July 2018
ޕިސް