ކަރްނާޓަކާ ޕާލަމެންޓުގައި ހިމެނޭ ބީޖޭޕީގެ މެންބަރު ބަސަންގޫދާ ޕަޓިލް ޔަޓްނާ (މ).
27 އޯގަސްޓް 2018 - 13:36
ނިއު ދިއްލީ (އޮގަސްޓް 27) - އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ އެ ސްޓޭޓުގައި ގެރިކަތިލުމުން، އަދަބެއްގެ ގޮތުން ކަމަށް ކަރްނާޓަކާ ޕާލަމެންޓުގައި ހިމެނޭ ބީޖޭޕީގެ މެންބަރެއް ކަމަށްވާ ބަސަންގޫދާ ޕަޓިލް ޔަޓްނާލް ވިދާޅުވެއްޖެ އެވެ.
ކެރަލާ އަށް ކުރި ގަދަ ވިއްސާރައިގައި ވަނީ 400 އަށް ވުރެ ގިނަ މީހުން މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ.
"ގެރި ކަތިލުމަކީ ހިންދޫންގެ އިހްސާސްތަކާ ދެކޮޅަށް ކުރާ ކަމެއް. އެއްވެސް ބައެއްގެ ދީނުގެ ހުރުމަތް ކުޑަވާ ކަމެއް އެހެން ބަޔަކު ކޮށްގެން ނުވާނެ. މިހާރު ބަލާ، ކެރަލާގައި ކަންތައްވީ ގޮތް. އެ މީހުން ފާޅުގައި ގެރި ކަތިލައި ފެސްޓިވަލް ބޭއްވިތާ އަހަރެއްހާ ދުވަސް ފަހުން އެ ސްޓޭޓް އެ ވަނީ އެ ހާލަތަށް ގޮސްފައި،" ޔަޓްނާލް ވިދާޅުވި އެވެ. "ހިންދޫންގެ ހިތަށް ތަދުކުރާ މީހުންނަށް މިފަދަ ގޮތަކަށް އަދަބު ލިބޭނެ."
އޭނާ އެ އިޝާރާތް ކުރައްވާފައި ވަނީ ކެރަލާ ސްޓޭޓް އެސެމްބްލީގެ ކެންޓީނުގައި ގެރިމަހުގެ ފެސްޓިވަލެއް ބޭއްވި މައްސަލައަށެވެ. ކެރަލާ ސްޓޭޓުން އެކަން ކުރީ ގެރި ކަތިލާ ގެރި މަސް ވިއްކުމަކީ މަނާ ކަމެއް ކަމަށް އިންޑިއާގެ މައި ސަރުކާރުން ހަމަޖެއްސުމުން އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުންނެވެ.
ޔަޓްނާލް އަކީ މުސްލިމުންނާ ދެކޮޅަށް އާއްމުކޮށް ބަސް ވިދާޅުވާ ބޭފުޅެކެވެ. ޖޫން މަހު ބޭއްވި ކަރްނާޓަކާ ސްޓޭޓް އެސެމްބްލީ އިންތިޚާބަށް ފަހު އޭނާ ވިދާޅުވެފައި ވަނީ އިންތިޚާބުގައި އޭނާ ހޮވީ ހިންދޫން ވޯޓުލައިގެން ކަމަށާއި އެހެންވެ އޭނާ މަސައްކަތް ކުރާނީ ހިންދޫންގެ ކުރިއެރުމަށް އެކަނި ކަމަށެވެ. އަދި މުސްލިމުންނަށް އެއްވެސް ކަމެއް ނުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޔަޓްނާލް ކުރިން ވަނީ ބީޖޭޕީން ވަކިވެފަ އެވެ. ނަމަވެސް އެ ޕާޓީއާ އޭނާ އަލުން ގުޅިފައި ވަނީ ކަރްނާޓަކާ އިންތިޚާބަށް ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރިކަތިލާ
29 August 2018
ގެރިކަތިލުމަކީ ފެންބޮޑުވާނެ ކަމެއްނޫން އަހަރެމެން ގެރިކަތިލަން ފެނެއް ބޮޑެއްނުވޭ ގެރިއަކީ އިލާހީވަންތަ ކަމުގެ ބާރެއް ލިބިގެންވާ އެއްޗެއް ނޫން އެއީ ޢާއްމު ނިކަމެތި ޖަނަވާރެއް
ރިނީ
28 August 2018
މީނާ މިހެން ބުނުމުން ދިވެހިން ނިކަންހޭނެ. އެކަމަކު އަހަރުމެންގެތެރޭގަ މީހަކު އަޅައިގަނެގެން ވެއްޓުނަސް އެެއީ ކޯފާ.
ބޮޑު ގެރި
27 August 2018
ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރެއްގެ މައްޗައް އެންމެ ގިނައިން ގެރި މަސް ކަނީ އެމެރިކާ، އޮސްޓްރޭލިއާ އަދި އިޒްރޭލް މިގައުމުތަކުން. އެހެންކަމައްވާނަމަ އެންމެ ބޮޑަށް ފެންބޮޑުވާންވީ މިގައުމުތަކުގައެއްނޫންތަ.
އަޙުމަދު
27 August 2018
ޢަސްލުތަ...މަހީކުރީ ވާރޭވެހިގެންކަމަށް ފެން ބޮޑުވީ.. އަދި ކިރިޔާ މިއެނގުނީ ގެރި ކަތިލައިގެންކަން
ިިްްްޖ
27 August 2018
މޮޔަ ގެރި
ހަނާ
27 August 2018
ކޮބާ ބޮޑުމަންޒަރު ފެނިއްޖެ. ސިޔާސީމީހުންނަ އެމީހަކު ގަބޫލް ކުރާ ދީނާ މީވަކިނުކުރެވޭނެ ދޭތި. މިގަމާރުވެސް ހޮވޯނެ.
ބޮންދު
27 August 2018
ދުނިޔެ ފުރިހަމަވާނީ މިކަހަލަ މޮޔައިންވެސް އުޅެގެންނެވެ.
ގެރިމަސް
27 August 2018
ކަމެއްވާއިރަށް އެއީ ތިމާމެން ގަބޫލުކުރާކުރުންތަކަކާ ޚިލާފަށް ކަންކަންކުރީމާ އަންނަ ކޯފާއެއްކަމަށް ބުނުމުން ތިމާ ގަބޫލުކުރާގޮތްގޮތަށް ކަންކަމަށް އެހެންމީހުން ޖޯކު ޖަހާނީ. ދެރައީ މިގޮތަށް ވިސްނާ ވާހަކަދައްކާ މީހުން ތަންނތަނުގައި ވެރިންގެ ގޮތުގައި ތިބޭތީ. ރާއްޖެވެސް ހިމެނޭހެން.
އަލީބަލީ
27 August 2018
ކެރެލާ އަދި ޓެމިލްނާޑޫ ސްޓޭޓް ގިނަ ހިންދޫންވެސް ގެރިކައިހަދާ. ގެރިއާހެދި މޮޔަވަނީ ނޯތު އިންޑިއާ މީހުން.
ލަކުޑި ހަމީދު
27 August 2018
އަންހެން ކުދިން ރޭޕްކުރާތީ ނޫންތަ؟