މެސަޗޫސެޓްސްގައި ހުންނަ މޮޑާނާގެ ހެޑްކުއާޓަރު. --ފޮޓޯ:އޭއެފްޕީ
28 ޖުލައި 2020 - 13:24
ވޮޝިންޓަން (ޖުލައި 28) - ކޮރޯނާވައިރަހަށް ވެކްސިން އުފައްދާ ކުންފުނިތަކުގެ ތެރޭން އެންމެ ކުރީގައި އުޅޭ އެމެރިކާގެ މޮޑާނާގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ކުރާ އެންމެ ފަހު މަރުހަލާގެ ޓްރަޔަލްތައް އިއްޔެ ފަށައިފި އެވެ.
މޮޑާނާ އިން ބުނެފައި ވަނީ ފަހު މަރުހާލާގެ ޓްރަޔަލްގައި 30،000 މީހުން ބޭނުން ކުރާނެ ކަމަށެވެ. އެއީ ކޮރޯނާވައިރަހުގެ ސަބަބުން ނޭވާލާ ނިޒާމުގެ އެއްވެސް ބައްޔެއް ކުރިން ޖެހިފައި ނުވާ މީހުންނެވެ. "ކޯވް" ގެ ނަމުގައި މޮޑާނާ އިން ކުރިއަށް ގެންދާ ޓްރަޔަލް އަށް އެމެރިކާ ސަރުކާރުން އަންނަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
މޮޑާނާގެ ވެކްސިންގެ އެންމެ ފަހުގެ ޓްރަޔަލްތައް އޮކްޓޯބަރު 22 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މޮޑާނާގެ ވެކްސިންގެ ޓްރަލްގެ ފުރަތަމަ ސްޓޭޖުގައި ވެކްސިން ދިން 45 މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފައިވެ އެވެ.
މޮޑާނާ އަކީ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. ވެކްސިން އުފައްދާ އިތުރު ކުންފުނިތަކުގެ ތެރޭގައި އެސްޓްރަޒެނެކާ އާއި ފައިޒާ ހިމެނެ އެވެ.
އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޮޑާނާގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. ޓްރަޔަލްގައި ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯރަޓަރީގައި ޓެސްޓް ހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓްވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ. ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.
މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަބު
28 July 2020
އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އާންމުނާ ހަމައަށް ތި އަންނާނެ. ވެކްސިން އުފައްދަން މަސައްކަތްކުރާ އެންމެން ކާމިޔާބުވާނެ.
ޗައިކޫޑި
28 July 2020
ހުރިހާ އައު އީޖާދުތައް ކުރާނީ އަރަބިންނާ، އެމެރިކާނުންނާ. ޔޫރަޕުން. ދެން އެކަމު ފެންނާނީ އޭގެ ފޭކު ޗައިނާގަ އުފައްދައިގެން އަލީ އެކުސްޕުރެސްގަ ވިއްކާތަން. ލަދު ކޮބާ ޕީޕީ ކުދިންގެ.
ސާދާ ސީދިބޭ
28 July 2020
ޢަރަބިންނޭ؟ ތިދައްކަނީ މީގެ 1000 އަހަރުކުރީގެ ވާހަކަތަ؟
މުޑަހަންޖާ
28 July 2020
މިހާރު ކަންތައް ހިނގަނީ އޭގެ ދިމާ އިދިކޮޅަށޭ ބުރޯ، ޓިކްޓޮކް މަނާކޮށްފަ ޓިކްޓިކޭ ކިޔައިގެން އިންޑިއާމީހުން އެހަރަ ވިއްކަނީ މިހާރު.
އިސްކުރު
28 July 2020
ސާބަސް.