07 ނޮވެމްބަރ 2019 - 12:00
ތޫނިސް (ނޮވެމްބަރު 7) – ޓިއުނީޝިއާގެ ކްލަބް އެފްރިކާ އަށް ދިމާވި މާލީ މައްސަލަތައް ހައްލުކުރުމަށް އެ ކްލަބުގެ ސަޕޯޓަރުން އެއް ދުވަހުގެ ތެރޭގައި 450،000 ޑޮލަރު (6.9 މިލިއަން ރުފިޔާ) އެއްކޮށްފި އެވެ.
ޓިއުނީޝިއާގެ ދެ ވަނަ އަށް އެންމެ ދުވަސްވީ ކްލަބް އަދި އެފްރިކާ ބައްރުގެ އެންމެ ވަރުގަދަ އެއް ޓީމުން ކުރިން ކުޅުނު ބައެއް ކުޅުންތެރިންނަށް މުސާރަ ނުދޭތީ ހަ ޕޮއިންޓް އުނިކޮށް ޖޫރިމަނާ ވަނީ ކޮށްފަ އެވެ. އެ ކްލަބުގެ ދަރަނި ހަ މިލިއަން ޑޮލަރަށް އަރަ އެވެ.
އެއާ އެކު ކްލަބް ސަލާމަތްކުރަން ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކްރިއިސިސް މެނޭޖްމަންޓް ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ސަޕޯޓަރުން ފައިސާ ޖަމާކުރީ އެ ކޮމިޓީން ހެދި އެކައުންޓަކަށެވެ.
މިހާތަނަށް ލިބުނު 600،000 ޑޮލަރާ އަދި އަންގާރަ ދުވަހު ހިންގި ކެމްޕެއިނެއްގެ ދަށުން އެއްކުރި 450،000 ޑޮލަރާ އެކު އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ) އަށް ވުރެ ގިނަ އަދަދެއް ސަޕޯޓަރުން ވަނީ އެއްކޮށްފަ އެވެ.
ފަންޑް ހުޅުވާލުމާ އެކު ގިނަ އަދަދެއްގެ ސަޕޯޓަރުން އެކަމުގައި ބައިވެރިވި އެވެ. ލޯފަން ސަޕޯޓަރަކު ވަނީ އޭނާގެ ބޭހަށް އެއްކުރި ފައިސާ ވެސް ފަންޑަށް ހަދިޔާކޮށްފަ އެވެ. އަދި ކުޑަކުދިން ވަނީ އެ ކުދިންގެ ވަކި ލާރި ފޮށި ހިފައިގެން އައިސް ފަންޑަށް އެހީވެފަ އެވެ.
ކްލަބް އެފްރިކަން އިން ވަނީ ޓިއުނީޝިއާ ލީގު ޗެމްޕިއަންކަން 13 ފަހަރު އަދި ޓިއުނީޝިއަން ކަޕް ވެސް އެ އަދަދަށް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެފްރިކާ އަދި އަރަބި ކްލަބް މުބާރާތްތަކުގެ ޗެމްޕިއަންކަން ވަރަށް ގިނައިން ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީއާރބުލޫސް
07 November 2019
ނިއުގެ ސަފޯޓަރުންނަށް އެކަން ނުވީ ބަންސާމް ހުރަސް އެޅީމަ. ހުރަސް ނޭޅިނަމަ މިސީޒަނުގަވެސް އޮށްނާނި ލީގުގެ އެއްވާނާގަ މީ ތޯތޯ ސަފޯޓަރުން އުޅޭ ކުލަބެއް ނޫން. އިގިންޖޭ.
އާރީ
07 November 2019
ނިއުގެ ސަފޯޓަރުން ކުލަބު ނަގާ ކޮޅަށްޖަހަށް ކުރި މަސައްކަތް ނަފީވީ އެފްއޭއެމުން އެއްބާރުލުން ނުލިބުނީމަ. ސަފޯޓަރުން ކިތައްމެ މަސައްކަތެއް ކުރިޔަސް ބަންސާމް ހުރީ އެކަން ކޮށްދޭ ގޮތަކަށް ނޫން. ހަމަ ގަސްތުގަ ނިއު ފުޑާލީ. ދެން ޔޫތު މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރަށް ވެސް ކޮށްދެވުނި ކަމެއް ނެތް. ފޮނި ވާހަކަ ދެއްކުން ފިޔަވާ.
ނީރާ
07 November 2019
ގަދަ ސަޕޯޓަރުންތަކެއް. ކޮބާ ނިއުރޭޑިއަންޓުގެ ސަޕޯޓަރުން. ހީވޭތަ ކަމެކޭ.
ނިއު ސަޕޯޓަރުން
07 November 2019
ލާރި އެއްކުރެވިދާނެ އެކަމަކު ކޯޗެއް ކުޅެން؟ އަހަރު ފެށިގެން އައިސް ރޯދަމަސް ނިމޭއިރުވެސް މުބާރާތެއް ނުފެށޭ. މާރަގަޅުވާނެ މީހުން އެއްކޮށްގެން ލާރި އިނާމް ހުށަހަޅައިގެން ޕީއެސް4 ފީފާ މުބާރާތް ގަލޮޅު ދަނޑުގަ ބޭއްވިއްޔާ
ރާޢްޖެތެރޭ މީހާ
07 November 2019
ވާނުވާގަ ދޯ ތިހުރެވެނީ؟ ރޯނުއެދުރު
އޭނަ
07 November 2019
ބަލަ ނިއުގެ ސަޕޯރޓަރުން ޚަރަދުކޮށްގެންވެސް ކްލަބު ކޮޅަށް ޖަހަން ސަޕޯރޓަރުން ތިބީ. އެކަމަކު ސަސްޕެންޝަން އުވާނުލަންޏާ ދެން ސަޕޯރޓަރުން ކީއްކުރާނީ. ހަމަ ސީދާ ބައްސާމު އަޑީގަ އޮވެގެން ނިއު ފުނޑާލަން މަސައްކަތްކުރީ. އެކަމަކު ނިއު އަދި އެނބުރި އަންނާނެ.