27 މާޗް 2020 - 10:34
އެމްސްޓްރެޑަމް (މާޗް 27) – ފުޓްބޯޅަ މެޗެއްގެ ތެރެއިން 2017 ވަނަ އަހަރުގެ ޖުލައި ދަނޑު މައްޗަށް ވެއްޓި، ސިކުނޑި އަށް ދާއިމީ ގެއްލުމެއް ލިބި ކޯމާއެއްގައި އޮތް އަޔަކްސްގެ ނެދަލެންޑްސް މިޑްފީލްޑަރު އަބްދުލްހައްގު ނޫރީ (އައްޕީ) ދެ އަހަރާއި ނުވަ މަސް ދުވަސް ފަހުން ހޭއަރައިފި އެވެ.
އޮސްޓްރިއާގައި ބްރެމެން އާއި އަޔަކްސް ކުޅުނު މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް އޭރު އުމުރުން 20 އަހަރުގެ ނޫރީ ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުނީ މެޑިކަލް ރިޕޯޓްތައް ބުނާގޮތުން ހިތް ހުއްޓިގެންނެވެ.
ނޫރީގެ އާއިލާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މިހާރު އޮތީ ހޭލާ ކަމަށާއި އޭނާ ނިދައި، ކައިބޮއެ ހަދާ ކަމަށާއި އެކަމަކު އަދިވެސް ވަރަށް ބޮޑަށް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވެ އެވެ. އެހެންވެ ގިނަ ވަގުތު އޮންނަނީ އެނދުމަތީގަ އެވެ. އޭނާ މުއާމަލާތްކުރަނީ ބުމައިގެ ހަރަކާތުންނެވެ. ނޫރީ ހޮސްޕިޓަލުން ގެޔަށް ބަދަލުކުރި ފަހުން، މާ ބޮޑަށް ވެސް ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ.
ނެދަލެންޑްސްގެ އުމުރުފުރާގެ ހުރިހާ ގައުމީ ޓީމަކަށް ކުޅެފައިވާ ނޫރީ ވަނީ އަޔަކްސް އަށް 2016/2017 ގެ ސީޒަނުގައި 15 މެޗު ކުޅެދީފައިވަ އެވެ. އެގޮތުން އެ ސީޒަނުގައި އަޔަކްސް ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރިއިރު ނޫރީ ތިން މެޗު ކުޅެދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެން ޔ
27 March 2020
ހޭ އެރީކީނޫން... ގެޔައް ބަދަލުކުރީ
ހެޔޮ ދުއާ ކުރަމެވެ
27 March 2020
ﷲ ގެ ކުޅަދުން ވަންތަ ވެރި ކަމާއެވެ. ހުރި ޢަޖާއިބުގެ ބޮޑު ކަމާއެވެ.ޒުވާން ޕޮރޮފިޝަނަލް ކުޅުންތެރިޔަކު ކުޅޭ ދަނޑުމައްޗަށް ހޭނެތުން. ފަރުވާ އާއި މެދު އުއްމީދު ކަޑާފައި ތިއްބާ ހޭ އެރުން. ކިހާ އާޖާއިބު ތޯއެވެ؟ ޔާ ﷲ! ނޫރީއަށް ޝިފާ ދެއްވާށި އެވެއާމީން.
އިބުރާހިމު
27 March 2020
އުންމީދުކަޑައެއްނުލާ
ރީތި މޫސަ
27 March 2020
އާމީން