ކުޅިވަރު / ބަޔާ ލޭވަކޫސަން

ހާވާޓްޒް ގާތު ބަލަކް އެދުނީ ގޯހެއް ނުހަދަން

މެޗެއްގެ ތެެރެއިން ހާވާޓްޒް: އޭނާ ހޯދަން ގިނަ ކްލަބްތަކުން ޝައުގުވެރިވޭ.-- ފޮޓޯ: އޭއެފްޕީ

ބާލިން (މެއި 14) - މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގައި ގޯހެއް ނުހަދަން ބަޔާ ލެވަކޫސަންގެ މިޑްފީލްޑަރު ކާއީ ހާވާޓްޒްގެ ގާތު ޖަރުމަނުގެ ކުރީގެ ތަރި މައިކަލް ބަލަކް އެދިއްޖެ އެވެ.

މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރު ހުރި އުމުރުން 20 އަހަރުގެ ހާވާޓްޒް ފަހަކަށް އައިސް ލެވަކޫސަން އާއި ޖަރުމަނު ގައުމީ ޓީމުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދަން ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެ ކްލަބްތަކުގެ ތެރޭގައި ބަޔާން މިއުނިކާއި ލިވަޕޫލާއި ޗެލްސީގެ އިތުރުން ބާސެލޯނާ ވެސް ހިމެނެ އެވެ.

ސަތޭކަ މިލިއަން ޔޫރޯ އަށް ވުރެން ކުޑަ އަގަކަށް ހާވާޓްޒް ނުވިއްކާނެ ކަމަށް މީގެ ކުރިން ލެވަކޫސަނުން ވަނީ ބުނެފަ އެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކުޅުންތެރިންގެ އަގުތައް ކުޑަވާނެ ކަމަށް ބެލެވިފައިވާއިރު، ހާވާޓްޒް ވެސް އަގުހެޔޮކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.

ޒުވާން އުމުރުގައި ބަލަކް ވަނީ 1999 އިން 2002 އަށް ލެވަކޫސަނަށް ކުޅެފަ އެވެ. ބަލަކް ކްލަބް ބަދަލުކުރީ ޒުވާން އުމުރުގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ. އޭނާ ކެރިއަރު ނިންމާލީ ވެސް ފަހު ދެ އަހަރު ލެވަކޫސަނުގައި ހޭދަކޮށްފަ އެވެ. ދާދި ފަހުން ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބަލަކް ވަނީ ހާވާޓްޒްއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"ހާވާޓްޒްގެ އެ ހުރި ކޮލިޓީގެ ކުޅުންތެރިންނަށް ޑިމާންޑް އޮންނާނެކަން ޔަގީން. އަހަރެންގެ ނަޒަރުގައި ލެވަކޫސަނުގައި އޭނާ އަދި މަޑުކުރަން ޖެހޭ. އަވަސް އަރުވާލައިގެން ގޯހެއް ހެދުމަކީ އެ އުމުރުގައި ކޮށްގެންވާނެ ކަމެއް ނޫން،" ބަލަކް ބުންޏެވެ.

ބަޔާން ލެވަކޫސަންގެ މެޗެއްގެެ ތެރެއިން ބަލަކް

ޒުވާން ކުޅުންތެރިންނަށް އެންމެ މުހިއްމު ކަމަކީ ރަނގަޅު ޓީމެއްގައި މޮޅަށް ކުޅެވޭނެމަަ އެ ޓީމެއްގައި ހުރެ ރަނގަޅު ލެވެލެއްގައި ކުޅެވެންދެން މަޑުކުރުންކަން ބަލަކް ފާހަގަކުރި އެވެ. އަދި އެއީ ކުޅުންތެރިޔެއްގެ ޑިވެލޮޕްމަންޓުގައި ވެސް މުހިއްމު ރޯލެއް އަދާކުރާނެ ކަމެއް ކަމަށް ބަލަކް ބުންޏެވެ.

"ހާވާޓްޒް ކަހަލަ ޒުވާން ކުޅުންތެރިޔެއްގެ ޑިވެލޮޕްމަންޓުގައި އެންމެ މުހިއްމު ކަމަކީ އެއް ގްރޫޕެއްގައި ހުރެ މޮޅަށް ކުޅުން ގިނަ ދުވަހު. މިސާލަކަށް ބޮޑު ޓީމަކަށް ގޮސް ބެންޗުގައި ހުރުމަކީ ކެރިއަރުގައި ފަހަތަށް އެޅޭނެ ފިޔަވަޅެއް،" ބަލަކް ބުންޏެވެ.

ލެވަކޫސަނުގައި ހުރެ ބަލަކް ވަނީ ކެރިއަރުގައި ރަނގަޅު ތަޖުރިބާތަކެއް ކޮށްފަ އެވެ. ބޮޑެތި މުބާރާތްތަކުގައި ވެސް ވާދަކުރި އެވެ. ބަލަކް ބުނީ ހާވާޓްޒަށް ވެސް މި ވަގުތު ލެވަކޫސަނުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ލެވަކޫސަން މި ވަގުތު އެ ކުޅެނީ އެޓޭކިން ފުޓްބޯޅަ އެއް. މިއީ ހާވާޓްޒް އަށް ބޭނުންވާނެ ފުޓްބޯޅަ. ތެދެއް ޗެމްޕިއަންސް ލީގުގައި އަބަދު ކުޅެވޭ ޓީމަކަށް ބަދަލުވާން ބޭނުންވާނެ. އެކަމަކު އަހަރެންގެ ނަޒަރުގައި ލެވަކޫސަނުގައި ހުރެގެން ހާވާޓްޒް އަށް ޗެމްޕިއަންސް ލީގުގައި ފެންވަރު ސާބިތުކޮށްދެވޭނެ،" ބަލަކް ބުންޏެވެ.

ހާވާޓްޒް މި ވަގުތު ލެވަކޫސަނުގައި މަޑުކުރުން މުހިއްމު ނަމަވެސް ކެރިއަރުގެ ކޮންމެވެސް ހިސާބަކުން އެކި ޗެލެންޖް ނަގަން ޖެހޭނެކަން ބަލަކް ފާހަގަކުރި އެވެ.

ޖަރުމަނުގެ ކޯޗު ޔަކީމް ލޯވްގެ ނަޒަރުގައި ގިނަ އަހަރުތަކެއް ވަންދެން ޖަރުމަނު ގައުމީ ޓީމުގެ އެޓޭކްގައި މުހިއްމު ރޯލެއް ކުޅެވޭނެ ފެންވަރު ހާވާޓްޒްގެ ކިބައިގައި އެބަހުއްޓެވެ. ފަހަކަށް އައިސް ޖަރުމަނު ކުޅޭ ގިނަ މެޗުތަކެއްގައި ހާވާޓްޒް އަންނަނީ ކުޅެމުންނެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454