ކެއިތު އާއި ރޮޗެލް: ކައިވެނި ކުރީ މިދިޔަ އަހަރު އެންގޭޖްވުމަށް ފަހު.
06 މާޗް 2018 - 07:43
މިދިޔަ އަހަރު ސްޓާ ޕްލަސް އިން ދެއްކި ޓީވީ ސިލްސިލާ "ލަވް ކާ ހޭ އިންތިޒާރު" ގެ ބަތަލު ކެއިތު ސްކެއިރާ ކައިވެނިިކޮށް އެވެ.
ތިރީސް ހަތަރު އަހަރުގެ އެކްޓަރު ކައިވެނި ކުރީ 2015 އިން ފެށިގެން ރައްޓެހިވެގެން އުޅޭ މޮޑެލް/ޕްރެޒެންޓަރު ރޮޗެލް ރާއޯއާ އެވެ. ރޮޗެލް، 29، އަކީ 2012 ގައި ފެމިނާ މިސް އިންޑިއާ އިންޓަނޭޝަނަލްގެ ތާޖު ވެސް ހާސިލްކޮށްފައިވާ މޮޑެލްއެކެވެ. ކެއިތު އާއި ރޮޗެލް އެންގޭޖްވީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ. ނަމަވެސް އެ މީހުންގެ ކައިވެންޏާ ބެހޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މިއީ ކެއިތު ދެވަނަ ކައިވެންޏެވެ. ނަމަވެސް ރޮޗެލްގެ އަލަތު ކައިވެންޏެވެ. "ސިކްސްޓީން" އާއި "ކެލެންޑާ ގާލް" ފަދަ ބޮލީވުޑްގެ ފިލްމްތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރުގެ ފުރަތަމަ ކައިވެނި ރޫޅުނީ ކައިވެންޏަ ހަ އަހަރު ފަހުން 2011 ގަ އެވެ.
ކެއިތު އާއި ރޮޗެލް.
ރޮޗެލް އާއި ކެއިތު މީގެ ތިން އަހަރު ކުރިން ފެށިގެން ލޯބީގެ ގޮތުން ގުޅިފައިވާ އިރު، ދެ މީހުން ވަނީ އެކުގައި ކަލާޒް ޗެނަލްގެ "ބިގް ބޮސް 9" ގައި ވެސް ވާދަކޮށްފަ އެވެ.
"ބިގް ބޮސް" ގައި ވާދަ ކުރުމަށް ފަހު، ރޮޗެލް ވަނީ ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯގައި ވަރަށް "ހޫނު" ނަރުހެއްގެ ސްޓެންޑްއަޕް ކޮމެޑިއަންގެ ގޮތުގައި ވެސް ފެނިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމަތު އަނީސާ
06 March 2018
"ހޫނު" ލޮލް
މޯލްޑިންގްލިޝް
06 March 2018
ދެން "ހޮޓް" ދޯ ކިޔަން ޖެހެނީ ހަމަ؟!