މުނިފޫހިފިލުވުން / ބޮލީވުޑް

ސުޝާންތު ސިންގް ރާޖްޕޫތު 12 ކެރެކްޓާއެއް ކުޅެން ތައްޔާރު

ސުޝާންތު: އޭނާ 12 ކެރެކްޓާއެއް ކުޅޭ ސީރީޒެއް ހަދަން ވަނީ ނިންމާފައި.

ސުޝާންތު އެއް ޕްރޮޖެކްޓެއްގައި 12 ކެރެކްޓާއެއް ކުޅޭ ވާހަކަ ބުންޏަސް އެއީ އެހާ ހައިރާންވާ ކަހަލަ ވާހަކައަށް ނުވާނެ އެވެ.

މީގެ ކުރިން ޕްރިޔަންކާ ޗޯޕްޅާ ވަނީ ފިލްމެއްގައި ވަރަށް ތަފާތު 12 ކެރެކްޓާއެއް ކުޅެފަ އެވެ. އެއީ 2009 ގައި އަޝުތޯޝް ގޮވަރިކާ ޑައިރެކްޓް ކުރި "ވަޓްސް ޔުއާ ރާޝީ" ގަ އެވެ.

ރާހީގައި ހިމެނޭ 12 ނިޝާން ރަމްޒުކޮށްދޭ ތަފާތު އެތައް އަންހެނެއްގެ ރޯލް ޕްރިޔަންކާ ކުޅުނު އެ ފިލްމަކީ ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބުނަސް، ކްރިޓިކުން ޕްރިޔަންކާ ދެއްކި ހުނަރަށް ތައުރީފު ކުރި ފިލްމެކެވެ.

ސުޝާންތު 12 ކެރެކްޓާއެއް ކުޅޭ ޕްރޮޖެކްޓަކީ ސީރީޒެކެވެ. އެކަމަކު މިއީ އަދި ޓީވީ ސިލްސިލާއެއްތޯ ނުވަތަ ވެބް ސީރީޒެއްތޯ ކަށަވަރެއް ނުވެ އެވެ. ސުޝާންތާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ވަރުން މާތޫރުގެ އިންސައި ވެންޗާޒް އިން ގެނެސްދޭ މި ސީރީޒް ދެމިގެން ދާނީ 540-2015 އާ ހަމައަށެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވުނު ވަރުގަދަ 12 ޝަހުސިއްޔަތެއްގެ ރޯލް ސުޝާންތު ކުޅޭނެ އެވެ. މީގެ ތެރޭގައި ދާދި ފަހުން އަޖޭ ދޭވްގަންއާ އެކު ގެނެސް ދޭން އިއުލާން ކުރި ބައޮގްރަފިކަލް ޑްރާމާ ހާއްސަ ކުރި ސިޔާސީ ޝަހުސިއްޔަތު ޗަނަކިއާ (540 ބީސީ) އާއި މަޝްހޫރު ޅެންވެރިޔާ ރަބިންދުދަނާތު ޓެގޯރް (1941) އަދި އިންޑިއާގެ ރައީސްކަން ކުރެއްވި ޑރ. އޭޕީޖޭ އަބްދުލް ކަލާމް ހިމެނެ އެވެ،

މީގެ ކުރިން ވެސް ސުޝާންތު، 32، ވަނީ އިންޑިއާގެ މަގޫބުލު ޝަހުސިއްޔަތެއްގެ ރޯލް ބޮޑު ސްކްރީން ދައްކައިލަ ދީފަ އެވެ. އެއީ ކްރިކެތް ތަރި އެމްއެސް ދޯނީގެ ވާހަކަ ކިޔައި ދިން "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓްރީ" ގަ އެވެ.

އަދި ނަމެއް ދީފައި ނުވާ ޕްރޮޖެކްޓާ ބެހޭ ގޮތުން ވަރުން ބުނި ގޮތުގައި މިއީ އިންޑިއާގެ ހިދުމަތްތެރިންތަކެއްގެ ވާހަކަ ބެލުންތެރިންނަށް ގާތުން ތަޖުރިބާކޮށްލަން ލިބޭނެ އެއްޗެކެވެ. އޭނާ ވަނީ މިފަދަ މަސައްކަތެއް ކުރަން ސުޝާންތު ނިންމީތީ އެކަމަށް ހިތްވަރު ވެސް ދީފަ އެވެ.

ސުޝާންތަކީ ވަރަށް ހުނަރުވެރި ކާމިޔާބު އެކްޓަރެއް.

ވަރުން ބުނި ގޮތުގައި ބެލުންތެރިން ވަރަށް ޝައުގުވެރިވާ އަދި ވަރަށް ފުރިހަމަ އެއްޗަކަށް ސުޝާންތު 12 ކެރެކްޓާއެއް ކުޅޭ ސީރީޒްވެގެން ދާނެ އެވެ.

ސުޝާންތާއި ވަރުން ދާދި ފަހުން ވަނީ ޖައްވީ ފިލްމެއް ގެނެސް ދޭން ވެސް ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

މިދިޔަ އަހަރު "ރާބްތާ" އިން ފެނުނު އެކްޓަރު ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ "ޑްރައިވް" އިންނެވެ.

"ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކިން "ކިޒީ އޯރް މެނީ" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ ސުޝާންތުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ނޮވެމްބަރު 30 ގައި ރިލީޒް ކުރާ "ކެދަރްނާތު" އާއި ފެބްރުއަރީ، 8، 2019 ގައި ރިލީޒް ކުރާ "ސޯން ޗިޅިޔާ" ހިމެނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454