03 އޯގަސްޓް 2019 - 08:49
މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީ" އަށް ފަހު، ބަތަލާ މަނީޝާ ކޮއިރަލާ އަނެއްކާ ވެސް އެ ޕްލެޓްފޯމްގެ އޮރިޖިނަލް ފިލްމަކަށް ސޮއިކޮށްފި އެވެ.
ނެޓްފްލިކްސް އިން ހަދާ ވެބް ސީރީޒް "ބޮމްބޭ ބޭގަމް" އަށް މިދިޔަ ހަފުތާގައި ސޮއިކުރި ބަތަލާ، މި ފަހަރު ސޮއިކޮށްފައިވާ ފިލްމުގެ ނަމަކީ "މަސާކާ" އެވެ. މިއީ މި ޒަމާނުގެ ޒުވާން ކުދިންތަކަކަށް ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާ އެއްޗެކެވެ.
"މަސާކާ" ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު މަނީޝާއާ އެކު ކާސްޓުންގެ ތެރޭގައި ހިމެނެނީ ދާދި ފަހުން ސަބީރު ހާން އިއުލާން ކުރި އަދި ޝިލްޕާ ޝެޓީ ވެސް ސޮއިކުރި ފިލްމު "ނިކައްމާ" ގެ ބަތަލާ ޝާލީ ސެތިއާ އާއި ނިކިތާ ދައްތާގެ އިތުރުން ޕްރިތު ކަމާނީ އެވެ.
މަނީޝާ ވަނީ "މަސާކާ" ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށް، އޭތި ވަރަށް އަވަހަށް ސްޓްރީމް ކުރަން ފަށާނެ ކަމަށް ބުނެފަ އެވެ. މިއުޓަންޓް ފިލްމްސް އިން ޕްރޮޑިއުސް ކުރާ ފިލްމުގެ ޑައިރެކްޓަރަކީ ނީރަޖް އުދަވާނީ އެވެ.
Maska a film I m proud of..coming soon on @NetflixIndia.
— Manisha Koirala (@mkoirala) July 31, 2019
Starring @mkoirala @ShirleySetia @pritkamani @nikifyinglife
Produced by Seher Latif @smwhtlatelatif and Shivani Saran @TheSaranFiles @mutant_India #Maska#netflixindia pic.twitter.com/w0yoP0F36O
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ މަނީޝާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 20 ގައި ރިލީޒް ކުރާ "ޕްރަސްތާނަމް" އާއި އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކުރާ "99 ސޯންގްސް" އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ސަންޖޫ" ގެ ރޯލަކުންނެވެ.
"މަސާކާ" ގެ މަސައްކަތް މަނީޝާ ފެށި އިރު، އޭނާ ސޮއިކޮށްފައި އޮތް "ބޮމްބޭ ބޭގަމް" އަކީ ފަސް އަންހެނެއްގެ މައްޗަށް ބިނާކޮށް އަލަންކްރިތާ ޝްރިވަސްތާ ޑައިރެކްޓް ކުރާ އެއްޗެކެވެ. އޭނާއަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ހޯދި ފިލްމު "ލިޕްސްޓިކް އަންޑަ މައި ބުރުގާ" ގެ ޑައިރެކްޓަރެވެ.
އަލަންކްރިތާ މިހާރު އަންނަނީ "ޑޯލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" ކިޔާ ފިލްމެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ. އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކުރާ އެ ފިލްމުގެ ތަރިންނަކީ ބޫމީ ޕެޑްނޭކަރާއި ކޮންކޮނާ ސެން ޝަރުމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy