އުރީދޫގެ ކަލަންޑަރު: މިއަހަރުގެ ކަލަންޑަރު ހާއްސަ ކުރީ ކަނޑުގެ ދިރުންތަކަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު
24 ޖެނުއަރީ 2022 - 12:15
ވޭލް ޝާކް ނުވަތަ ފެހުރިހި ކާ އެއްޗެއް ދިމާކޮށްގެން އުރީދޫގެ މިއަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު އުރީދޫން ހުޅުވާލީ ޓްވިޓާ އާއި ފޭސްބުކްގަ އެވެ. އެ ކުންފުނިން ކުރި ޓްވީޓުގައި ވަނީ ތިން އިހްތިޔާރެއް ދިނުމަށް ފަހު ރަނގަޅު ޖަވާބު ހިޔާރުކޮށް އެ ޓްވީޓަށް ރިޕްލައި ކުރުމަށް އެދިފަ އެވެ.
ރަނގަޅު ޖަވާބު ފޮނުވާއިރު #OMMageyRaajje2022 ބޭނުން ކުރަން ޖެހޭނެ އެވެ. ޖަވާބު ދިމާކޮށް ޓްވީޓްކުރާ މީހުންގެ ތެރެއިން އެކަކަށް އުރީދޫގެ ކަލަންޑަރު ލިބޭނެ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ.
✨Stand a chance to WIN the exciting #OMMageyRaajje2022 Calendar.
— Ooredoo Maldives (@OoredooMaldives) January 20, 2022
What do Whale Sharks usually eat? 🐋
a) Krabby Patties
b) Planktons
c) Manta Rays
Reply your answer with #OMMageyRaajje2022 before 27th Jan, 11:59pm and test your luck. 🤩 pic.twitter.com/yQbdkH2Foe
އުރީދޫގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލައި އެ ކުންފުނިން ކުރި ޕޯސްޓް--
އުރީދޫގެ މިއަހަރުގެ ކަލަންޑަރަކީ އޮގްމެންޓެޑް ރިއަލިޓީ ބޭނުންކޮށްގެން ކަނޑުގެ ދިރުންތައް ފެންނަ ގޮތަށް ހަދާފައިވާ ކަލަންޑަރެކެވެ. މި ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާ އެކު، ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެ އެވެ.
މީގެ އިތުރުން ކަލަންޑަރުގައި ކޮންމެ މަހަކަށް ހާއްސަކޮށްފައިވާ ދިރުންތައް ތައްޔާރު ކޮށްލެވޭ އޮރިގާމީ ކަރުދާހެއް ވެސް ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޮލިނި
24 January 2022
ކަލަންޑަރެއް ގަންނަން ލިބޭ އަގު އެބަދޭ ކޮމެންޓް ކުރަން ޑާޓާ އަށްވެސް. ހިލޭ ޑާޓާ ދިނީމަ ކޮމެންޓް ކޮށްލަ ދީފާނަން.
ޕުލާންކްޓަންސް
24 January 2022
ރަނގަޅު ޖަވާބަކީ ބީ ގައި އިން ޖަވާބު.
ސައީދު އަހުމަދު
24 January 2022
ކަލަންޑަރު އިންނާނެ ފޯނުގަ. ކީކުރާ އެއްޗެއް!