މިއީ ހިތްގައިމު މީރު ރަހަތަކެއް އެކުލެވޭ، ސިއްހަތަށް ފައިދާ ހުރި ބުއިމެއް. - ފޮޓޯ: ފަޔާޒް މޫސާ، މިހާރު
23 މެއި 2022 - 08:44
ދިހަ މީހަކަށް، އެއް އަހަރު ދުވަހުގެ ލިޕްޓަން އައިސްޓީ ލިބޭ ޕްރޮމޯޝަނެއް ލިޕްޓަން އައިސްޓީ މޯލްޑިވްސް އިން ފަށައިފި އެވެ.
އެ ޕްރޮމޯޝަނަކީ ލިޕްޓަން އައިސްޓީ ލޯންޗިންގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ލިޕްޓަން އައިސްޓީ މޯލްޑިވްސްގެ ފޭސްބުކާއި، އިންސްޓަގްރާމުގެ އޮފިޝަލް ޕޭޖުގައި މި ޕްރޮމޯޝަނާއާ ގުޅޭ ޕޯސްޓް ލައިކްކޮށް، ޝެއާ ކުރުމަށް ފަހު، ޓެގްކޮށް، ޕޭޖަށް ފޮލޯކުރަން ޖެހެއެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 20 އިން ޖޫން 20 އާ ހަމައަށެވެ.
ލިޕްޓަން އައިސް ޓީ މޯލްޑިވްސްގެ ފޭސްބުކް ޕޯސްޓު.
ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ވާނީ ލިޕްޓަންގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ތެރެއިން ފޭސްބުކުން ފަސް ބައިވެރިންނާއި އިންސްޓަގްރާމުން ފަސް ބައިވެރިންނެވެ.
ލިޕްޓަން އައިސްޓީ މޯލްޑިވްސްގެ އިންސްޓަގްރާމް ޕޯސްޓް.
ލިޕްޓަން އައިސްޓީ އަކީ ކެލޮރީ މަދު ސޮފްޓް ޑްރިންކެކެވެ. މިއީ ދިވެހިންގެ މަގުބޫލުކަން މީގެ ކުރިން ވެސް ހޯދާފައިވާ މަޝްހޫރު މޮޅު ބްރޭންޑެކެވެ. ދާދިފަހުން މި ބްރޭންޑުގެ އާ ރަހަތަކެއް ވަނީ ތައާރަފުކޮށްފަ އެވެ. އެއީ ލެމަން، ޕީޗް އަދި މިކްސްޑް ބެރީޒް އެވެ. މީގެ އިތުރުން ދިވެހިންނަށް މުޅިން އާ ބްރޭންޑެއް ކަމަށްވާ ރުއީބޮސް އައިސްޓީ ވެސް ވަނީ މާކެޓަށް ނެރެފަ އެވެ. މިއީ ސައުތު އެފްރިކާ އަށް ހާއްސަ، ހަކުރު ހުންނަ މިންވަރު ނުވަތަ ކެލޮރީޒް މަދު ކަމަށް ސެޓިފައި ވެފައިވާ ބުއިމެކެވެ.
ރުއީބޮސް އަކީ މީގެ ގަރުނެއްހާ ދުވަސް ކުރިން ސައުތު އެފްރިކާގެ ހުޅަނގު އައްސޭރި ފަށަށް ތައާރަފުވި އެ ގައުމަށް ހާއްސަ ސައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަގުބޫލުކަން ލިބިފައިވާ މި އައިސްޓީ އަކީ ކަޅު ސަޔާއި ގްރީން ޓީ އާ ހިލާފަށް ކެފެއިންގެ އެއްވެސް މިންވަރެއް ނުހިމެނޭ ސައެކެވެ. މި ބުއިމުގައި ހިމެނޭ އޮކްސިޑެންޓުތަކުން އެކި ސެލްތަކަށް ލިބިދޭ ގެއްލުން ކުޑަކޮށް، ހިތުގެ ބައްޔާއި ކެންސަރަށް ހުށައެޅިގެންދާ މިންވަރު ކުޑަ ކޮށްދެ އެވެ. އަދި ހަކުރު ބީގެ (ޓައިޕް 2) ބަލި މީހުންނަށް އެ މީހުންގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެންސްކޮށް އެ ބައްޔަށް އޮންނަ ނުރައްކާ ކުޑަކޮށްދިނުމަށް ވެސް މި ބުއިން އެހީ ވެދެއެވެ.
ލިޕްޓަން އައިސްޓީ އަކީ ކޮލަރީ މަދު، ރަހަ މީރު ބުއިމެއް. - ފޮޓޯ: ފަޔާޒް މޫސާ، މިހާރު
ލިޕްޓަން އައިސް ޓީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑުތަކުގެ ބޮޑީ ސްޕްރޭ، ސެންޓު އަދި ކާބޯތަކެތި ހޯލްސޭލްކޮށް ރީޓެއިލް ކުރާ މަޝްހޫރި ކުންފުނި ބިޔޯންޑް ޓްރޭޑިން އެވެ.
- ބަންދުކޮށްފައި ވަނީ 300 އެމް.އެލް. ހިމަ ދިގު ދަޅުގައި
- 1 ކޭސް ހޯލްސޭލް ކުރަނީ 280ރ. އަށް
- 10 ކޭހުން މަތި ހޯލްސޭލް ކުރަނީ 270ރ. އަށް
- 50 ކޭހުން މަތި ހޯލްސޭލް ކުރަނީ 260ރ. އަށް
ބިޔޯންޑް ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުން އެންމެ ގަޔާވާ އުފެއްދުންތަކާއި، އާއްމުކޮށް ރާއްޖެއިން ލިބެން ނުހުންނަ ތަފާތު ގިނަ ޕްރޮޑަކްޓުތަކެއް މާކެޓަށް ނެރުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. މި ކުންފުނިން ދާދިފަހުން ވަނީ ސްޕެއިންގެ މަޝްހޫރު ބިއުޓީ ބްރޭންޑް ޒާރާ އާއި އެލީޓު ވެސް މާކެޓަށް ނެރެ، ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފަ އެވެ.
ބިޔޯންޑް ޓްރޭޑިން އިން ވިއްކާ ތަކެތި އެ ކުންފުނީގެ ޝޯރޫމުން ލިބެން ހުންނާނެ އެވެ. އަދި ކުންފުނީގެ ވައިބާ ނަންބަރު 9444550 ނުވަތަ 9444551 އަށް ވައިބާ މެސެޖު ނުވަތަ ކޯލު ކޮށްގެން ވެސް ތަކެތި ގަނެވޭނެއެވެ. ބިޔޯންޑް ޓްރޭޑިން އިން ހޯލްސޭލް ކޮށް ގަންނަ ޕްރޮޑަކްޓުތައް މާލެ އާއި ހުޅުމާލެ އާއި، ރަށްރަށުގެ ބޯޓާއި ފެރީތަކަށް ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ބިއޯންޑް ޓްރޭޑިންގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy