ކްލެސިކް ފިހާރައިގެ ބޮޑު އީދު ސޭލް ކުރިއަށް ދަނީ ހާއްސަ ބޮޑު އިނާމަކާ ވެސް އެކު.--- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ޖޫން 2022 - 11:15
ޖިއަޑާނޯ އަދި ޖީ2000 ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކްލެސިކް އިން ބޮޑެތި ޑިސްކައުންޓުތަކަކާ އެކު ހާއްސަ އީދު ސޭލެއް ފަށައިފި އެވެ.
އެކި ކުލަކުލައިގެ ރީތި އޮފިޝަލްވެއާ ގަމީސް މި ތަނުން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޖުލައި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާ މި ސޭލްގައި 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި މި ސޭލްގައި 1،000ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް އިތުރު ޑިސްކައުންޓު ނުވަތަ ވަގުތުން ސަޕްރައިޒް އިނާމެއް ވެސް ދޭނެ އެވެ.
ކްލެސިކް އިން ބުނީ އެ ސޭލް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ހާއްސަ އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ. އެއީ 1،000ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓެވެ.
ކްލެސިކްގެ އީދު ސޭލް ޕްރޮމޯޝަނަލް ޕޯސްޓް. ކްލެސިކްގެ އިންސްޓަގްރާމް އެކައުންޓުން މި ފިހާރައިގެ ގިނަ ހެދުންތައް ބަލައިލެވޭނެ.
މަގުބޫލު ދެ ބްރޭންޑު ކަމަށްވާ ޖިއަޑާނޯ އާއި ޖީ2000ގެ އަންްހެން އަދި ފިރިހެން، ސްޓައިލިޝް ރީތި ހެދުންތައް މި ތަނުގައި ހުރެއެވެ. ހާއްސަކޮށް، އޮފިޝަލް ވެއާގެ ޖީ2000 ގެ ރީތި ސޫޓް، ގަމީސް އަދި ފަޓުލޫނުގެ ސްޓައިލިޝް ކަލެކްޝަނެއް މީގެ ތެރޭގައި ހިމެނެ އެވެ.
ޖިއަޑާނޯ ބްރޭންޑުގެ ކުރުތާ އާއި އަންހެން އަދި ފިރިހެންނުނަށް ހާއްސަ ޓީޝާޓާއި ޖީންސް އަދި ކެޝުއަލް ވެއާ އާއި ޕޯލޯ ފަދަ ތަފާތު އެތައް ހެދުމެއް ކްލަސިކުން ލިބޭނެ އެވެ. އަދި ޖީ2000 ގެ ފޯމަލް ވެއާގެ އިތުރުން، ކެޝުއަލް ވެއާ، ޓައީ، ބެލްޓު އަދި ކުރުތާ ވެސް ހުރެ އެވެ. މި ފިހާރައިން ވަނީ އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ކްލެސިކް ލުކްތަކަަކަށް ހެދުންތައް ނެރެދީފަ އެވެ.
މި ފިހާރައިން އަންހެން އަދި ފިރިހެން ކެޝުއަލް ވެއާ އާއި ފޯމަލް ވެއާ ލިބެން ހުންނާނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ކްލެސިކް ފިހާރަ ހުޅުވާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަމީރުއަހުމަދުމަގުގެ މިލޭނާ ޓަވަރުގައި ހުންނަ މި ފިހާރަ އަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިހާރައެކެވެ. މި ފިހާރައިގެ މަގުސަދަކީ ރާއްޖޭގައި ފެޝަނަށް ޝައުގު ހުންނަ ފަރާތްތަކަށް މޮޅު، ކޮލިޓީ ރަނގަޅު، ރީތި ބްރޭންޑުތަކެއްގެ ކްލޯތިން ލައިންތަކެއް ގެނެސް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުލެސިކް
26 June 2022
ތިޔަތާގަ މުދަލަށްވުރެއް މުވައްޒަފުން ގިނަ. ލޮލް
އަލީ ސައީދް
26 June 2022
ރަނގަޅު ހިދުމަތެއް ދެވޭނީ އެކަށީގެންވާ އަދަދަށް މުވައްޒަފުން ލައިގެން. ވަރަށްް ހިދުމަތް ރަނގަޅު ފިހާރަ އެއް