ތަފާތު ގިނަ ބްރޭންޑުތަކުގެ ކޮސްމެޓިކްސް ބިޔޯންޑް ޓްރޭޑިންގައި ހުރޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 އޯގަސްޓް 2022 - 10:03
ބިޔޯންޑް ޓްރޭޑިން އަކީ ފުޅާދާއިރާއެއްގައި ފާއިތުވި ދެ އަހަރު، ރާއްޖެއިން ބޭރުގެ ގިނަ ބާވަތްތަކެއްގެ ކޮސްމެޓިކްސް މުދާ އިމްޕޯޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ފޮނުވަމުންދާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ އިތުބާރާއި ލޯބި ލިބިފައިވާ ކުންފުންޏެކެވެ. އެ ކުންފުނި ހާއްސަވެފައި ވަނީ ކޮސްމެޓިސްގެ މަގުބޫލު ގިނަ ބްރޭންޑްތަކުގެ ޑިސްޓިބިއުޓާގެ ގޮތުގަ އެވެ.
އެ ކުންފުނީގެ ޕްރީމިއަމް ބްރޭންޑްތަކުގެ ތެރޭގައި ހޯމްޑީ އަދި ތައިސިއާމްގެ ރޫމް ސްޕްރޭ، ޕެންޑޯރާ ޕާފިއުމް، އެލީޓް އޮރިޖިނަލް ބޮޑީ ސްޕްރޭ، ޒަރާ ޕާފިއުމްސް، ޖެކްލިން ބޮޑީމިސްޓް އަދި ދުނިޔޭގެ އެއްވަން އައިސްޓީ ބްރޭންޑް ކަމަށްވާ ލިޕްޓަން އައިސްޓީ ހިމެނެއެވެ.
ރޫމް ސްޕްރޭ
ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ ތައިލެންޑްގެ މޮޅު ދެ ބްރޭންޑެއްކަމަށްވާ "ހޯމްޑީ" އަދި "ތައިސިއާމް ސްޕާ"ގެ ރުމްސްޕްރޭ އަކީ ގިނަ އިރު ގޭތެރޭގައި ވަސް ހިފަހައްޓައިދީ ދިރިއުޅޭ މާހައުލުން ހިތްއުފާކަން ލިއްބައިދޭނެ މޮޅު އުފެއްދުމެކެވެ. ހޯމްޑީ ރޫމް ސްޕްރޭގެ 27 ވައްތަރެއް ބިޔޯންޑް އިން ލިބެން ހުންނައިރު ބަންދު ކުރެވިފައި ވަނީ 85 އެމް.އްލް ބިއްލޫރި ފުޅީގަ އެވެ. "ތައިސިއާމް ސްޕާރ" ރޫމް ސްޕްރޭ 120 އެމް.އެލް ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ އިރު ޖުމްލަ 12 ވަހުގެ ރޫމް ސްޕްރޭ ލިބެން ހުރެއެވެ.
ގިނަ ގިނަ ވަސްތަކެއްގެ ރޫމް ސްޕްރޭ ބިޔޯންޑް ޓްރޭޑިންއިން ލިބެން ހުރޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޕެންޑޯރާ ޕާފިއުމްސް
މަޝްހޫރު ސެންޓް ބްރޭޑްތަކުގެ ވަސް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ޕެންޑޯރާ ސެންޓަކީ 8 ގަޑިއިރާ ހަމައަށް ވަސް އޭގެ ހިފަހައްޓަދޭ ކޮލެޓީ އުފެއްދުމެކެވެ. މީގެ 50 އަށް ވުރެ ގިނަ ވައްތަރުގެ ސެންޓް ހޯލްސޭލް ކޮށް 160 އަށް އަދި ރީޓެއިލްކޮށް 230 އަށް ބިޔޯންޑް ޓްރޭޑިންގް އިން ލިބެންހުރެއެވެ.
އެލީޓް އޮރިޖިނަލް ބޮޑީ ސްޕްރޭ އަދި ސެންޓް
ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓް އަދި ބޮޑީ ސްޕްރޭ އަށް ހާއްސަ އެލީޓްގެ އެންމެ ގިނަ ވައްތަރުތަކުގެ އުފެއްދުންތައް ލިބެން ހުންނަނީ ބިޔޯންޑް ޓްރޭޑިން އިންނެވެ. އެގޮތުން ދެ ޖިންސުގެ މީހުންނާ ގުޅޭ 30 އަށް ވުރެ ގިނަ ބޮޑީ ސްޕްރޭ ލިބެން ހުރިއިރު ހޯލްސޭލްކޮށް ގަންނަ ކޮންމެ ޑަޒަންކަށް ހިލޭ ޓެސްޓާއެއް ލިބޭނެ އެވެ.
ޒާރާ
ޒާރާ އަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ބްރޭޑެކެވެ. ޒާރާގެ ސެންޓް، ބޮޑީ ސްޕްރޭ، ލޯޝަން، ޝަވާ ޖެލް، ރީޑް ޑިފިއުޒާ ގެ އެކިވައްތަރުތައް އެތެކޮށް ވިއްކަމުން ދަނީ ބިޔޯންޑް ޓްރޭޑިން އިންނެވެ. އަދި ޒާރާގެ ކުޑަކުދިންނަށް ހާއްސަ ސެންޓާއި އަންހެނުންނަށް ހާއްސަ ގިފްޓު ސެޓް ވަނީ ދާދިފަހުން އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށް ވިއްކަން ފަށައިފަ އެވެ.
ޖެކްލިން ބޮޑީ މިސްޓް
ޖެކްލިން ހާއްސަ ވެފައި ވަނީ ބްރޭންޑެޑް ސެންޓުތަކުގެ ވަސް އެކުލެވިގެންދާ ބޮޑީ މިސްޓް ބްރޭންޑެއްގެ ގޮތުގައެވެ. ބާރަ ވައްތަރު ހިމެނޭ، ދެ ޖިންސުގެ މީހުންނާ ގުޅޭ ތަފާތު ވަސްތައް ހިމެނޭ އެ އުފެއްދުން ހޯލްސޭލްކޮށް 45.83 ރުފިޔާ އަށް ފުޅިއެއް އަދި ރީޓެއިލްކޮށް 65.00 ރުފިޔާ އަށް އެ ކުންފުނިން ވިއްކަމުން ދެ އެވެ. އަދި ހޯލްސޭލްކޮށް ގަންނަ ކޮންމެ ޑަޒަންކަށް ހިލޭ ޓެސްޓާއެއް ލިބެ އެވެ.
އާންމުކޮށް ހުންނަ ހޯލްސޭލް ވިޔަފާރިތަކާއި ހިލާފަށް ބިޔޯންޑް ޓްރޭޑިން އަކީ ޒަމާނީ ވިޔަފާރިއާ ގުޅޭގޮތަށް ކަސްޓަމަރުން ފިހާރަ އަށް ޒިޔާރަތްކޮށް ހަރުތައް ބަލައިލާ އެ މީހެއް ހިޔާރު ކުރާ މުދާ ސީދާ އަމިއްލައަށް ތަޖުރިބާކޮށް ނެގޭނެ ގޮތަށް ފަރުމާކޮށްފައިވާ ފިހާރައެކެވެ.
އާއްމު އުސޫލެއްގެ ގޮތުން އިރުއޮއްސުމުން ހޯލްސޭލް ވިޔަފާރިތައް ބަންދުކުރަމުން ދިޔަ ނަމަވެސް ގަނޑުކޮށް މުދާ ނަގާ ފަރާތްތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުންނަށް ބިޔޯންޑް ޓްރޭޑިންގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ވެއެވެ. ކާރުބާރު ބޮޑު މާލޭގެ ހޯލްސޭލް ބާޒާރު ސަރަހައްދާއި ދުރުގައި ޖަންބުމަގުގައި، މ. ރޯސްބަޑް، ސެންޓްރަލް ކްލިނިކް ކައިރީގައި ހުންނަ ބިޔޯންޑް ޓްރޭޑިން ހިދުމަތްދެމުން ގެންދަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން 12 އަށް އަދި މެންދުރުފަހު 1:30 އިން އިން ހަވީރު 6 އަށް އަދި ރޭގަނޑު އިން 10:30 އަށެވެ.
ވިޔަފާރީގައި އަވަދިނެތި ރޭގަނޑުގެ ވަގުތު ވެސް އެތަނަށް ޒިޔާރަތްކޮށް ލުއިފަސޭހަކަމާ އެކު ވިޔާފާރިކުރުމުގެ ތަޖުރިބާކޮށްލެވޭނެ އެވެ. ހޯލްސޭލް ވިޔަފާރީގައި މަގުބޫލުކަން ހޯދަމުން އައި ނަމަވެސް އެ ކުންފުނިން އެތެރެކޮށް ވިކަމުންދާ ބްރޭންޑްތަކުގެ މުދާ ހެޔޮ އަގުގައި ރީޓެއިލްކޮށް އެ ކުންފުނީގެ ޝޯރޫމް އިން ލިބެން ހުރެއެވެ.
ބިޔޯންޑް ޓްރޭޑިންގް އަކީ މާލޭގެ ފިހާރަތަކުގެ އިތުރުން އަތޮޅުތެރޭގެ ފިހާރަތަކަށް މުދާ ފޮނުވުމުގައި ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ރަށުގައި ހުރެގެން ހޯލްސޭލްކޮށް މުދާ ގަނެވޭނެ ފަހި ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ބިޔޯންޑް ޓްރޭޑިން އިން ވިއްކާ ތަކެއްޗާއި އެ ތަކެތީގެ އަގު އެ ކުންފުނީގެ ވައިބާ ކޮމިއުނިޓީ https://buff.ly/316pPnT އިން ބަލައިލެވެން ހުންނަ އިރު 9444550/9444551 އަށް ގުޅައިގެން ނުވަތަ ވައިބަ ކޮށްގެން އޯޑަދެވުމާއި އޮންލައިން ކޮށް ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އަދި ހޯލްސޭލްކޮށް ނަގާ އޯޑަރުތައް މާލެ އާއި ހުޅުމާލެ އަދި ރަށު ބޯޓުތަކާއި ފެރީތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.
ނޯޓު: މިއީ ބިޔޯންޑް ޓްރޭޑިންގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުރު
01 August 2022
ނޯޓް: ކިޔާލުމުން ވަރަށް އުފާވެއްޖެއެވެ. ސަބަބަކީ ކުދިވިޔަފާރިތަކަށް ވެސް މިގޮތަށް ފަށުވި އިބާރާތުން މީހުންގެ ހިތްހަމަޖެއްސުމަށްޓަކައި ލިޔުންތެރީން ހުނަރު ވެރިކަމުންނެވެ.