އުރީދޫއިން ތިން ރަށަކަށް ވަނީ ސުޕަނެޓު ތައާރަފު ކޮށްފަ. މިއީ އޭގެތެރެއިން އެއް ރަށް. ފޮޓޯ: އުރީދޫ
23 އޯގަސްޓް 2022 - 19:56
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ޅ. އޮޅުވެލިފުށި، ށ. ކަނޑިތީމު އަދި ލ. ދަނބިދޫއަށް މިއަދު ތައާރަފުކޮށްފި އެވެ.
އުރީދޫއިން އެ ހިދުމަތް ތައާރަފު ކޮށްފައި ވަނީ އެ ރަށްރަށުގެ ރައްޔިތުންނަށް ހާއްސަ ޕްރޮމޯޝަނާ އެކު އެވެ. އެގޮތުން، އެ ހިދުމަތަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް 300 ޖީބީގެ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫއިން އޮޅުވެލިފުއްޓަށް ވެސް ވަނީ ސުޕަނެޓު ތައާރަފު ކޮށްފަ. ފޮޓޯ: އުރީދޫ
އެ ހިދުމަތް ތައާރަފު ކުރުމާއި ގުޅިގެން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ފައިބާ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތާއި އެކު މިވަގުތު މާކެޓްގައި ހުރި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ. އަދި އެ ޕްލޭންތައް، އަލަށް އެ ހިދުމަތް ތައާރަފްވި ރަށްރަށުގެ ރައްޔިތުންނަށް ލިބިގެން ދިޔުމަކީ އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
އުރީދޫއިން ބުނީ އެ ކުންފުނިން ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާކަން ފާހަގަ ކުރެެއްވި އެވެ.
އުރީދޫއިން ތިން ރަށަކަށް ވަނީ ސުޕަނެޓު ތައާރަފު ކޮށްފަ. މިއީ އޭގެތެރެއިން އެއް ރަށް. ފޮޓޯ: އުރީދޫ
އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އާއި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ. އަދި ސުޕަނެޓް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަގެ ހިދުމަތާއި، މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy