ލަވިސްތާ ރެސްޓޯރެންޓު ހުޅުވާފައި ވަނީ ރާޅުގަނޑު ސަރަހައްދުގައި. ފޮޓޯ: ލަވިސްތާ
06 ސެޕްޓެމްބަރ 2022 - 10:41
މާލޭގެ އެންމެ ހިތްގައިމު އެއް ލޮކޭޝަން، ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި، ތަފާތު ގިނަ ބާވަތްތަކުުގެ ރަހަތައް އެކުލެވޭ ގިނަ ކެއުންތަކަކާ އެކު "ލަވިސްތާ" ރެސްޓޯރެންޓު އިއްޔެ ހުޅުވައިފި އެވެ.
ރެސްޓޯރެންޓުގެ އޮފިޝަލަކު ބުނީ އެ ސަރަހައްދުގައި ރެސްޓޯރެންޓު ހުޅުވީ އެ ސަރަހައްދަކީ އެ ފަދަ ވިޔަފާރިތަކަށް ޑިމާންޑު އޮންނަ ހިސާބަކަށް ވެފައި ކަސްޓަމަރުންނަށް ވެސް ހިތްފަސޭހަ ސަރަހައްދަކަށް ވާތީ ކަމަށެވެ. އަދި އެ ރެސްޓޯރެންޓަކީ، އެ ސަރަހައްދުގެ ހިތްގައިމުކަން ރެސްޓޯރެންޓުގެ ތެރޭގައި ވެސް ތަޖުރިބާ ކޮށްލެވޭނެ، ޖާގަ ތަނަވަސް ތަނެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ރެސްޓޯރެންޓުގެ އެތެރެ. އެ ރެސްޓޯރަންޓަކީ ޖާގަ ތަނަވަސް ރެސްޓޯރެންޓެއް. ފޮޓޯ: ލަވިސްތާ
ލަވިސްތާގައި ރާއްޖޭގައި އާއްމުކޮށް ގިނަ ބަޔަކަށް ކަމުދާ ހުރިހާ ކެއުމެއްހެން ވެސް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ފްރައިޑް ރައިސް އާއި ނޫޑްލްސް އަދި ނާސި ގޮރެންގް ފަދަ ޑިޝްތައް ހިމެނެއެވެ. އެ ރެސްޓޯރެންޓުގައި އިންޑިއާގެ ރަހަތައް އެކުލެވޭ ޗިލީ ޗިކަން އާއި ތަންދޫރީ ޗިކަން ފަދަ ޑިޝްތައް ހުރި އިރު ގިނަ ތައި ޑިޝްތަކެއް ވެސް މެނޫގައި ހިމެނެއެވެ. އޭގެ ތެރެއިން ތޮމް ޔަމް ސީފުޑް ސޫޕް އާއި ޗިކަން ސާޓޭ، ސީފުޑް ޗޮޕް ސުއޭ ފާހަގަ ކޮށްލެވެ އެވެ.
އެ ރެސްޓޯރެންޓުގައި ގިނަ ބާވަތްތަކެއް ހުރި އިރު، ސިއްހަތަ ފައިދާ ހުރި އެކި ވައްތަރުގެ ސެލެޑު ވެސް މެނޫގައި ވަނީ ހިމަނައިފަ އެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށް އައިސްކްރީމް، ޓިރަމިސޫ އަދި މޫސް ފަދަ ޑެޒާޓާއި ތަފާތު އެކި ވައްތަރުގެ ސޭންޑްވިޗް، ޕިއްޒާ އަދި ބާގާ ވެސް މެނޫގައި ހިމެނެ އެވެ.
ލަވިސްތާގެ އިންސްޓަގްރާމް ޕޯސްޓެއް.
އެ ރެސްޓޯރެންޓުގައި ހެނދުނުގެ ނާސްތާ އަށް ރާއްޖޭގެ ގިނަ ރަހަތަކަކާއި ބޭރުގެ ރަހަތައް ތަޖުރިބާ ކޮށްލެވޭނެ ގިނަ ކެއުންތައް ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ. އަދި ކޮފީގެ ގިނަ ވައްތަރުތަކާއި ފްރެޝް ޖޫސް، މިލްކްޝޭކް އަދި މޮހީޓުގެ ގިނަ ރަހަތަކެއް ވެސް ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ލަވިސްތާ ރެސްޓޯރެންޓުގައި އިސްކޮށް ހަރަކާތްތެރިވާ ޝެފުންގެ ޓީމް. ފޮޓޯ: ލަވިސްތާ
އެ ރެސްޓޯރެންޓު ހުޅުވާފައި ވަނީ ޓޭކްއަވޭ އަށް ހާއްސަ ބައެއް ވެސް ރެސްޓޯރެންޓުގެ ތިރީގައި ހިމަނައިގެންނެވެ. ޓޭކްއަވޭ ތަނުން ގިނަ ވައްތަރުގެ އައިސްކްރީމާއި ކޮފީ އަދި ރަހަ މީރު ގިނަ ބުއިންތައް ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ.
ލަވިސްތާ ރެސްޓޯރެންޓަކީ ދެ ބުރީގެ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓުގެ މަތީގައި އޭސީ ބައެއްގެ އިތުރުން އައުޓް ޑޯ ސަރަހައްދެއް ވެސް ހިމެނެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސީބަތު
08 September 2022
ބިޒްނަސް ހިންގާމީހުން އަދިވެސް ދިވެހިންނަށް ވަޒީފާދޭކަށް ނުވިސްނާ މަދު ލާރިކޮޅެއްދާނޭހިތާ ބޭރު މީހުންގެނެސް އުޅެނީ. ކިޔަވައިގެން ނިކުންނަ ދިވެހިން ވަޒީފާތަކަށް ދާނެ މިނިމަމްވޭޖްއާ އެއްގޮތައް މުސާރަދޭނަމަ. ތަން ހުޅުވާ ދުވަސްކޮޅު ތަންރީކޮން ބާއްވާނެ 2 އަހަރެްވާއިރު އޮންނަނީ ކޮންމެތަނެއްވެސް ގޮންޑުވެފަ މެއިންޓަނަސް ހަރަދެއް ކުރާކަށް ނުކެރޭ.
ޙަސަން އަޙްމަދު
06 September 2022
ރާއްޖޭ ރެސްޓޯރަންޓުތަކުގެ މައްސަލައަކީ ޚިދުމަތްލަސްކަން. އޯޑަރުދިނީމާ ކުކުޅު ކަތިލަނީވެސް އެހާ ފްރެޝްމެ. ބަޔަކު ލަސް ނުވާނެނަމަ މިކިޔާ ފާސްޓްފުޑް ތަންތަން އަވަސްވީސް. ބައެއް ފަހަރު ހިހޫވެ ރާމާވެފައި އޮންނަ ކުކުޅުފައެއް ލިބެނީ ކޮޅައް ހުންނަތާ ބައިގަޑިއިރުން ފިލިޕީން އިންގްލިޝްއިން ނޫނީ އަނގައިންބުނެވޭ ކަމަކަށްނުވޭ. ނަސީބެއް ނައިޖީރިއަން އިންގްލިޝްއަށް ނުވިކަން. ދިވެހި ބަހުން ވާހަކަދައްކައިފިއްޔާ ކަސްޓަމަރުގެ އިހްތިރާމް ވެސް ގެެއްލެނީ.
ޝެފު
06 September 2022
ޚިދުމަތެްނޫން ލަހީކީ. ކަސްޓަމަރުންގެ ކެތްތެރިކަން ކުޑައީ. ކާން އައިސް އުޅެނީ ބަނޑަށް ޖެހިފަތިބި ބަޔަކު އުޅޭގޮތަށް ބައެއްފަހަރު. މަހުސަރުދުވަހުވެސް ހަމަ އެހާ ސަކުވާ ގިނަކުރައްވަން އުޅޭނެބާއޭ ހިތައްއަރާ މި ކަހަލަ ބޭފުޅުން ކޮޅަށް ހުންނަން ޖެހުނީމަ ގިނައިރު.
ޙަސަން އަޙްމަދު
06 September 2022
ކަލޯ އަހަރެން ދުނިޔޭގެ އެހެން ތަންތާ ރެސްޓޯރަންޓު ލޮލުން ދެކިފަ ވާހަކަ މި ދައްކަނީ. ދިވެހި ކަސްޓަމަރުން ކެތްމަދުވެގެންނެއްވެސް ނޫޅޭ. މިވާހަކަ މިތާ މިލިޔުނީ އަލަށްހުޅުވި ތަނެއްވީމާ އެކަހަލަ ކަންކަމާމެދު ވިސްނާނެކަމުގެ އުއްމީދުގައި. ރާއްޖޭގެ ގިނަ ތަންތާ އެތައް މޭޒެއް ހުންނައިރު އެންމެ ޝެފެއް ހުންނާނީ. ވޭޓަރުން ތިބެނީ ނީސްތައްޓަށް އަރާފަ. ކަލޭ ފެންވަރުނެތި މި ކަހަލަ ބިޒްނަސްއެއް ހިނގާތީ ތޯޗެ މިވާހަކަ ކަމު ނުދިޔައީ. ނޫނީ ގާދޫކޮލުން ބޭރު ނުވެވެނީ އަދި
ހުވާ
06 September 2022
ވަރަށް ސަޅި.
ޢޯނަރ
06 September 2022
މަގޭ ކޮމެންަޓެކޭ އެބަކިޔާތަ؟