ސްޕާ ތެރަޕީ ދޭ ފުޓް ރެސްޓުގެ ބޭރު. އެ ތަނުން ސްކޯ "މިހާރު" ސްކޯ ޕްރިޑިކްޓާގައި އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
08 ޑިސެމްބަރ 2022 - 12:02
"މިހާރު"ގެ ސްކޯ ޕްރިޑިކްޓާގައި ހިމެނޭ "ޕްރިޑިކްޓް އެންޑް ފައި ދަމާލާ އެޓް ފުޓް ރެސްޓް" ގުރޫޕްގައި ސްކޯ ދިމާ ކުރާ އެންމެ މޮޅު ތިން މީހަކަށް އެ ތަނުގެ ހިދުމަތްތައް އެކި މުއްދަތަށް ލިބޭ އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ.
Predict & Fai dhamalaa at Footrest - Mihaaru Score Predictor
Guess the score of each World Cup fixture and stand a chance to win exciting prizes from Footrest. We'll be drawing from the Top 3 in the leaderboard at the end of FIFA World Cup Qatar 22"Prize 1: 1 Month Spa Getaway Package for 2.Prize 2: 10 Foot Pamper Sessions from FootrestPrize 3: Luxury Spa Ret...
Mihaaru
މި ލިންކުން ފުޓް ރެސްޓް ގުރޫޕަށް ޖޮއިން ކުރެވޭނެ.
އެ ގްރޫޕުގައި ސްކޯ ދިމާކޮށްގެން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައި ވަނީ އެއް މަސް ދުވަހުގެ ސްޕާ "ގެޓްއަވޭ" ޕެކޭޖެކެވެ. އެ ޕެކޭޖްގައި، އެ މީހަކު ބޭނުންވާ ވައްތަރެއްގެ މޭނީ ޕެޑީ އާއި ފުޓް ޓްރީޓްމަންޓް އަދި ބޮޑީ ޓްރީޓްމަންޓެއް ލިބޭނެ އެވެ. އެ ހިދުމަތްތަކުގެ ފަސް ސެޝަނެއް އެ ޕެކޭޖުގައި ހިމެނެ އެވެ. މިއީ 6،000ރ.ގެ ޕެކޭޖެކެވެ.
ދެ ވަނައަށް ފުޓް ރެސްޓުން ހުށަހަޅާފައި ވަނީ 10 ފުޓް ޕެމްޕާ ސެޝަނެވެ. އެ ސެޝަންތަކުގައި އެ މީހަކު ބޭނުން ވައެއްތަރެއްގެ ފައި މަސާޖެއް ނުވަތަ ފެޑީއެއް ހިޔާރު ކުރެވޭނެ އެވެ. އެ ސެޝަންތަކަކީ 4،000ރ. ގެ ސެޝަންތަކެކެވެ.
ފުޓްރެސްޓުން ސްކޯ ޕްރިޑިކްޓާއާ ގުޅޭގޮތުން ކުރި ޕޯސްޓު.
އެ ތަނުން ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ލަގްޒަރީ ސްޕާ ރިޓްރީޓެކެވެ. އެ ރިޓްރީޓްގައި މޭނީ ޕެޑީ އަދި ހޮޓް ސްޓޯން ސެޝަނަކާ އެކު އަރޯމާތެރަޕީ ޕެމްޕާ ސެޝަނެއް ލިބޭނެ އެވެ. އެ ސެޝަންތަކަކީ 3،500ރ. ގެ ރިޓްރީޓެކެވެ.
ފުޓް ރެސްޓަކީ ގިނަ ސްޕާ ޓްރީޓްމަންޓުތަކެއް ދޭ ތަނެކެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
09 December 2022
އެންމެ ފައިދާ ހުރި އެއް ފުޓް މަސާޖް އަކީ ހުޅުމާލޭ ބީޗް ސަރހައްދު ދޮންވެލިގަނޑުގަ ހުސްފަޔާ ހިނގާލުމެވެ.
މިރޭ...
08 December 2022
އަސްލުވެސް ތަ ؟ އަހަރެން ވަރަށް ޝައުޤުވެރިކަން އެބަހުރި. ދުވަހަކުވެސް އަދި ތިކަހަލަ ކަމެއްގައި ބައިވެރިނުވަން. އެކަމަކު މިޗާންސް ދޫކޮށްލާކަށް ބޭނުމެއްނޫން.
ފޮނިފޮނިޓައްޕު ކުމާރު
08 December 2022
ސްކޯ ދިމާކޮށްފިއްޔާ މިހާރު ނުލިބޭ ޚިދުމަތެއް ނެތް.