މާލޭގައި ހުންނަ އެމްއެޗްއޭގެ ފިހާރައެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
08 ޖެނުއަރީ 2023 - 12:05
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމްއެޗްއޭ އިން ރިވޯޑްސް ޕްރޮގްރާމް ތައާރަފުކޮށް، ފެށި ޕްރޮމޯޝަން ނިންމައި ލަކީޑްރޯ ނަގައިފި އެވެ.
އައިފޯން 14 ޕްރޯއެއް އިނާމަކަށް ހުށަހަޅައިގެން، ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގެ ލަކީޑްރޯގައި އެ މުއްދަތުގައި ވިޔަފާރި ކުރި ހުރިހާ ކަސްޓަމަރުން ވަނީ ހިމަނައިފަ އެވެ.
ފޯނު ލިބުނު އަހުމަދު ފަތީއަށް ފޯނު ހަވާލު ކުރަނީ.
އެ ލަކީޑްރޯ އަށް ހޮވުނީ އަހުމަދު ފަތީ އެވެ. އޭނާ އަށް އިނާމެއްގެ ގޮތުން ލިބުނު އައިފޯން 14 ޕްރޯ ވަނީ ހަވާލުކޮށްފަ އެވެ.
އެމްއެޗްއޭއިން ތައާރަފުކުރި ރިވޯޑްސް ޕްރޮގްރާމަކީ ވިޔަފާރި ކޮށްގެން ޕޮއިންޓް ހޯދާ، ޕޮއިންޓު ރިޑީމް ކުރުމުން ރިޑީމް ކުރާ އަދަދަށް ކޭޝްބެކް ލިބޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުން ލިބޭ ޕޮއިންޓުތައް މުޅި އަހަރަށް ބަހާލައިގެން ވެސް ރިޑީމް ކުރެވޭނެ އެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވެވެނީ ޗެކްއައުޓް ވާއިރު ކައުންޓަރަށް ފޯނު ނަމްބަރު ދީ، ނަމްބަރު ރެޖިސްޓްރީ ކުރުމުންނެވެ. ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ކަސްޓަމަރަށް ޕޮއިންޓް ލިބޭ އަދަދުގެ ތަފްސީލު ފޯނަށް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy