01 ފެބުރުއަރީ 2023 - 14:51
ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ކީނޯޓް ތަގުރީރު ދެއްވާފައިވާ ރާއްޖޭގެ ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު އަފީފް ހުސެއިންގެ، ހާއްސަ އިވެންޓެއް މިމަހުގެ 11 ވަނަ ދުވަހު މާލޭގައި އޮންނާނެ އެވެ.
މި އިވެންޓުގައި، އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކަނޑައަޅާ ޓާގެޓްތައް ހާސިލްކުރުމަށް ބޭނުންވާ އެކްޝަން ޕްލޭނެއް އެކުލަވާލާނެ ގޮތާއި އެކަންކަން ހާސިލްކުރަން ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، އަފީފް ސެޝަންތަކެއް ނަންގަވައިދެއްވާނެ އެވެ.
އެމްއެންޔޫ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި ބާއްވާ މި އިވެންޓުގައި، އެތަނަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. އިވެންޓް އޮންނާނީ ހެނދުނު 9 އިން ހަވީރު 5 އަށެވެ.
'ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިޑްސެޓް' ގެ ނަމުގައި ރެޒޫމޯ މޯލްޑިވްސް އިން ބާއްވާ މި އިވެންޓުގައި އަފީފް ޖުމްލަ ތިން ސެޝަނެއް ނަންގަވައިދެއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުމުގައި ކުރިއަރައިދާނެ މަގެއް ހިޔާރުކުރާނެ ގޮތާއި އެފަދަ ޕްލޭނެއް ތައްޔާރުކުރާނެ ގޮތާއި އެފަދަ ކަމަކަށް ކުރިމަތިލާއިރު އަމަލުކުރަން ޖެހޭނެ ގޮތްތަކާ ބެހޭ ކުރިއަށްގެންދާ އިލްމީ ސެޝަންތަކެވެ.
ދުނިޔޭގެ މަޝްހޫރު ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަފީފް މި ސެޝަނުގައި ޖޯން މެކްސްވެލްގެ "ފިފްޓީން ލޯސް އޮފް ގްރޯތު" ކިޔަވައިދެއްވާނެ އެވެ. އަދި މި ސެޝަންތައް ފުރިހަމަކުރައްވާ ފަރާތްތަކަށް ޖޯން މެކްސްވެލްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޓްފިކެޓެއް ލިބޭނެ އެވެ.
ރެޒޫމޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފީއެއް ދައްކައިގެން ބައިވެރިވެވޭ މި އިވެންޓަކީ ތިމާގެ ގާބިލްކަން ދެނެގަނެ، އެ ގާބިލްކަމުގެ ބޭނުންކޮށްގެން މި އަހަރާއި ކުރިއަށް އަހަރުތަކަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާނެ ގޮތްތައް ދަސްކުރަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.
"އަހަރެމެން ވިސްނާ ގޮތާއި ދަސްކުރާ ގޮތާއި ހާސިލްކުރާ ގޮތް، އެހެން ހަރުފަތަކަށް ގެންދެވޭނެ އުކުޅުތައް، އަފީފްގެ އިލްމާއި ތަޖުރިބާ އިން ކިޔައިދެއްވާނެ،" އޭނާ ވިދާޅުވި އެވެ.
މި އިވެންޓަކީ ކޯޕަރޭޓް ދާއިރާގެ މީހުންނާއި ސިވިލް ސާވަންޓުންނާއި ޔުނިވާސިޓީ ދަރިވަރުންގެ އިތުރުން ކުރިއަށްދާނެ ވަކި ދާއިރާއެއް އަދި ހިޔާކޮށްފައި ނުވާ މީހުންނަށް ވެސް ނުހަނު ބޭނުންތެރި އިވެންޓަކަށް ވާނެ ކަމަށް ރެޒޫމޯ އިން ބުނެ އެވެ. މި އިވެންޓުގައި ކުންފުނިތަކާއި އޮފީސްތަކަށް، އެތަނުގެ މުވައްޒަފުން ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
މި ސެޝަންތައް ނަންގަވައިދެއްވާ އަފީފަކީ އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ މި ސަރަހައްދުގެ ޓްރެއިނިން، ޑިވެލޮޕްމަންޓް އަދި ކުއަލިޓީ އެޝުއަރެންސްގެ ޑިރެކްޓަރެވެ. އޭނާ އަކީ ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ރައީސް ވެސް މެ އެވެ.
އަފީފް ވަނީ ބައިނަލްއަގްވާމީ ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވުމުގެ އިތުރުން ބައިނަލްއަގްވާމީ އޯޑިއަންސްތަކަށް ޓްރެއިނިން ސެޝަންތައް ވެސް ނަގައިދެއްވައިފަ އެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފް އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރު ވެސް މެ އެވެ. އޭނާ އަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއް ވެސް މެ އެވެ.
އިވެންޓް ރަޖިސްޓްރޭޝަން ލިންކް: https://rb.gy/35ggo6
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލާކީނު
02 February 2023
ކާފަރުން ދުނިޔެ ހޯދަން ހުރޭ ކާމިޔާބު ވަރަށް ގިނަ އުކުޅުތައް ފަތްފުއްތަކުގައި ލިޔެފައި ނަމަވެސް މުސްލިމުންނަށް އޮތީ ދުނެއާއި އާޚިރަތް ހޯދުމަތް ގަދައަޅާ މަސައކަތް ކުރުން
ކާމިޔާބު މީހާ
02 February 2023
ދުނިޔެ މަތީގައިވެސް ކާމިޔާބު މީހަކަށް ވާނީ ފަރުޞު ފަސް ނަމާދު ކުރާމީހާ. ފަތިސް ނަމާދު ޖަމާއަތުގައި ކުރާ މީހާ. ނިކަން ތެދުވެ ފަތިސް ނަމާދު ޖަމާއަތުގައި ކޮށް އޭގެ ފަހުން ނުނިދާ މަސައްކަތާގެން އުޅެބަލަ ކާމިޔާބު މީހަކަށް ނުވޭތޯ ބަލަން.
ކަންއޮތްގޮތް
02 February 2023
އަދި ތިގޮތައް ތިކަން ވޯކްނުކުރާ ކަމުގެ ބައިވަރު ފެންނަންހުރި ހެކި އެބަހުރި
ޢާއިޝާ މ
01 February 2023
ކާމިޔާބު މީހަކީ ފަސްނަމާދަށް ރައްކާތެރިވެ މާތްވެގެންވާ އިސްލާމްދީނުގެ ހުކުމްތަކަށް ފުރިހަމައަށް އަމަލުކޮށް އާހިރަތައްޓަކާ ގަދައަޅާ މަސައްކަތްކުރާ މީހާއެވެ.
ޖުލައި2021
01 February 2023
ކާމިޔާބު މީހަކަށް ވާން އެންމެފަސޭހަވާނީ، ރާއްޖޭގަ ވިއްޔާ ސިޔާސީ އެކްޓިވިސްޓަކަށް ވެގެން ، ސިޔާސީ ބޮޑުން ފަހަތުން އެނބުރުނީމަ، ބޮޑެތި މަގާމުތަކާ ހަދިޔާތަށް ލައްގާނެ.
ޖޫންޖުލައި
02 February 2023
އެކަމު އެއީ އަސްލު ވަގުތީ ކަމެއް. ފަހުން އޭގެ ގެއްލުން ދައްކާނެ.
މާހިލު
01 February 2023
އަފީފުމެން ހީކުރަނީ ތި ސެމިނަރ އަށް ދާއެންމެން ގަދައަޅާ މަސަތްކުރީމަ ހެސްކިޔާފަ ކާމިޔާބުވާނެކަމަށް.. އަހަރުމެން ކުރިޔަށްނުދަނީ ނިޒާމުގެ މައްސަލަޔަކުން...
އަފީފު ސޯ
01 February 2023
ހިސާބަށްވުރެ ކަންނެތްވީމައިވެސް ކުރިއަކަށް ނުދާނެ.
ސަންޕަތު
01 February 2023
ކުލީ އަޅުންނަށް ވީމަ އަހަރުން ތިބެން ޖެހެނީ ގަނަ ތެޅެން.