ރޯދައަށް ހާއްސަކޮށް ތައާރަފު ކުރި ޕެކުގައި މާރީ ބިސްކޯދާއި ކުކިން ޗޮކްލެޓް ހިމެނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
27 ފެބުރުއަރީ 2023 - 15:09
ރޯދަ މަހަށް ހާއްސަކޮށް ޕިރަމިޑުން މަންޗީ މާރީ ބިސްކޯދު ބަންޑްލް ޕެކުތަކެއް ތައާރަފް ކޮށްފި އެވެ.
ޕިރަމިޑުން ބުނީ ރޯދަ ޕްރޮމޯޝަނުގެ ދަށުން މި ފަދަ ބަންޑްލް ޕެކުތަކެއް ތައާރަފް ކުރީ ރޯދަ މަހަކީ ފޮނިކާއެއްޗެހި ތައްޔާރުކުރުމަށް ގިނަ ބަޔަކު ބޮޑެތި ހަރަދުތަކެއް ކުރާ މަހަކަށް ވާތީ، ކަސްޓަމަރުންނަށް ފަސޭހަ އަގުހެޔޮ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ޕެކުތަކަކާ އެކު، އޭގައި ހިމެނޭ މާރީ ބިސްކޯދާއި ކުކިން ޗޮކްލެޓް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރު ކުރެވޭ ތިން ރެސިޕީއެއް ވެސް ހިމަނާފައި ވާނެ ކަމަށް ބުންޏެވެ.
ޕިރަމިޑުގެ ބިސްކޯދު ބަންޑަލްތަކުގައި ހިމަނާފައި ވަނީ 400 ގްރާމުގެ މަންޗީ މާރީ ޕެކަކާއި 400 ގްރާމުގެ ރިޓްޒްބަރީ ކުކިން ޗޮކްލެޓުގެ ޑާކް ޗޮކްލެޓެވެ. އެތަނުން ބުނީ މި ދެ ޕްރޮޑަކްޓަކީ ވެސް ރޯދަ މަހަށް ޑިމާންޑު ބޮޑު ދެ ޕްރޮޑަކްޓުތަކެއް ކަމަށެވެ.
މި ބިސްކޯދު ޕެކުގެ އަގަކީ 65ރ. އެވެ.
ތަފާތު ގިނަ ބްރޭންޑުތަކުގެ އުފެއްދުންތައް ވިއްކާ ޕިރަމިޑުން ރޯދަ އަށް ހާއްސަކޮށް، އެ ކުންފުނިން ވިއްކާ މަންޗީ ބްރޭންޑުތަކުގެ އެކި ވައްޒަރުގެ ބިސްކޯދާއި ޒީބާ ބާސްމަތީ ރައިސް ބޭނުން ކޮށްގެން ރެސިޕީ ބުކްލެޓެއް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ރެސިޕީތަކަކީ "ޝުހާނާގެ ބަދިގެ" އާ ގުޅިގެން ތައްޔަރުކޮށް ނެރޭ ރެސިޕީތަކެކެވެ.
އޭގެ އިތުރުން 400 ގްރާމުގެ މާރީ ބިސްކޯދު ހިމެނޭ ޕެކުތަކެއް ވެސް ވަރަށް އަވަހަށް މާކެޓަށް ނެރޭނެ ކަމަށް ޕިރަމިޑުން ބުންޏެވެ.
މި ޕެކަކީ 65ރ. އަށް ދޭ ޕެކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތައް ދިވެހިންނާ ހަމައަށް ގެނެސްދޭ ޕިރަމިޑުން ވަނީ ތުރުކީގެ މަޝްހޫރު "ކްރައުން" ބްރެންޑުގެ ތަފާތު ހަ ރަހައެއްގެ ކޮފީ ވެސް ތައާރަފްކޮށްފަ އެވެ. މި ކޮފީ އަކީ އެ ގައުމުގެ ނަމްބާ ވަން ކޮފީގެ ގޮތުގައި މަޝްހޫރުވެފައިވާ ކޮފީއެއް ކަމަށް ޕިރަމިޑުން ބުނެ އެވެ.
ޕިރަމިޑުން ލިބެން ހުރި "ކްރައުން" ބްރޭންޑުގެ ކޮފީގެ ތެރޭގައި ލާޓޭ އަދި ޗާއި ލާޓޭ ހިމެނެ އެވެ.
ޕިރަމިޑުން ބުނީ އެ ކުންފުނީގެ ބިސްކޯދު ޕެކާއި އިތުރު އުފެއްދުންތައް ޕިރަމިޑުގެ ފިހާރަތަކާއި، އެކި ރީޓެއިލް ފިހާރަތަކުން ވެސް ލިބޭނެ ކަމަށެވެ. އަދި އެ ފިހާރައިގެ ވެބްސައިޓާއި ސަޕްލައި.އެމްވީ މެދުވެރިކޮށް ވެސް ބޭނުންވާ ޕްރޮޑަކްޓުތަކަށް އޯޑަރުދީ އޮންލައިންކޮށް ފައިސާ ދެއްކެނެ އެވެ، ވަދި އަދަދަކަށް ވުރެ ގިނައިން އޯޑަރު ދިނުމުން ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.
ޕިރަމިޑުގައި "މަންޗީ" ބިސްކޯދު ގެ 36 ވައްތަރެއް ލިބެން ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy