23 މާޗް 2023 - 07:37
ހޮޓް ޗޮކްލެޓަކީ އާއްމުންގެ ތެރޭގައި ވަރަށް މަގުބޫލު ބުއިމެކެވެ. މި ބުއިން މިހާރު ގޭގައި ތިބެގެން މިނެޓެއްގެ ތެރޭގައި ވެސް ތައްޔާރުކޮށްލެވި ދާނެ އެވެ. ބޭނުން ވާނީ "އަރޫބާ" ހޮޓް ޗޮކްލެޓް 26 ގްރާމްގެ ކުޑަ ޕެކެޓެކެވެ. ޕެކެޓު ކަނޑާލުމަށް ފަހު، ހޫނު ފެން އަޅާ ގިރާލުމުން ހޮޓް ޗޮކްލެޓު ތައްޔާރުވީ އެވެ. ހަމައެކަނި ކޮށްލަންޖެހޭނެ ކަމަކީ ފެންފޮދެއް ހޫނުކޮށްލުމެވެ.
ރާއްޖެ އަށް ތައާރަފް ކޮށްފައިވާ "އަރޫބާ" ބްރޭންޑަކީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދަމުން އަންނަ ލެބަނާންގެ ހޯމް ރެސިޕީ ބްރޭންޑެކެވެ.
އަރޫބާ ހާއްސަކޮށްފައި ވަނީ ފްރާންސާއި ޔޫރަޕްގެ މާކެޓަށް ކަމަށް ވާއިރު، މި ބްރޭންޑުގެ އުފެއްދުންތައް ދުނިޔޭގެ 24 ގައުމެއްގައި އަންނަނީ ވިއްކަމުންނެވެ. އޭގެތެރޭގައި ޔޫރަޕާއި، މެދުއިރުމައްޗާއި، ސައުތު އޭޝިއާގެ ގިނަ ގައުމުތަކެއް ހިމެނެއެވެ.
އަރޫބާގެ ޕްރޮޑަކްޓުތަކެއް. -- ފޮޓޯ: ސަމަން ޓްރޭޑާސް
އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ކޮލިޓީގައި ތައްޔާރުކުރަމުންދާ އަރޫބާގެ ގިނަ އުފެއްދުންތަކެއް ދަނީ މާކެޓަށް ނެރެމުންނެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް އުފެއްދުންތަކަކީ؛
- 8 ފްލޭވާގެ އިންސްޓަންޓް ޖޫސް ޕައުޑާ ޕެކެޓް އަދި ދަޅު (ޝުގާ ފްރީ ހިމެނޭ ގޮތަށް)
- އައިސް ޓީ ( ޕީޗް އަދި ލެމަން ފްލޭވާ)
- ތަފާތު 3 ކުލައެއްގެ ކަސްޓަޑް
- އައިސްކްރީމް މިކްސް
- ވިޕް ކްރީމް
- ޑެޒާޓް / ބްރައުނީ / ކޭކް / ޓިރަމިޒޫ / ކުކީ މިކްސާސް
- ޕޭން ކޭކް އެންޑް ކްރެޕޭ
- އިންގްލިޝް ކޭކް
- ބޭކިން ޕައުޑާ އަދި ބޭކިން ސޮޑާ
އަރޫބާ ޕްރޮޑަކްޓްތަކުގެ ހާއްސަކަމުގެ ތެރޭގައި، ހޯމް ރެސިޕީ މޮޑެލްއަށް ހުރިހާ ޕްރޮޑަކްޓެއް ބައްޓަން ކޮށްފައިވުމާއި، ހަމައެކަނި މީރުވުމުގެ އިތުރަށް، ލަސްނުވެ ވަގުތުން ތައްޔާރުކޮށްލެވުން ހިމެނެއެވެ. އެގޮތުން، އައިސްކްރީމް މިކްސް ބޭނުންކޮށްގެން ގޭގައި އައިސްކްރީމް ތައްޔާރުކޮށްލެވުމާއި، ފެށުނީއްސުރެ އަހަރެމެން އެންމެންނަށް އެނގިފައި އޮންނަ ރީނދޫ ކަސްޓަޑްގެ ބަދަލުގައި ފިޔާތޮށި (ސްޓްރޯބެރީ) ކަސްޓަޑާއި، ޗޮކްލެޓް ކަސްޓަޑް ތައްޔާރުކޮށްލެވުމާއި، ބްރައުނީ، ޕޭންކޭކް، ޓިރަމިޒޫ ފަދަ ދިވެހި ޒުވާނުންގެ ތެރޭގައި މަގުބޫލު ރެސިޕީތައް ހަމައެކަނި ކެފޭ އަދި ރެސްޓޯރަންޓުން ލިބުމުގެ ބަދަލުގައި، އަމިއްލަ ގޭގައި ވަގުތުން ތައްޔާރުކޮށްލެވޭނެ މެވެ.
މީގެ އިތުރުން، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ މޯނިންގް ބުފޭ ބްރެކްފަސްޓަށް އެންމެ 900 ގްރާމްގް ޕެކެޓަކުން 35 ތަށި ޖޫސް 8 ފްލޭވާއެއްގައި ތައްޔާރުކޮށްލުމުގެ ފުރުސަތު ލިބުމަކީ ހަމަ ގައިމު ވެސް މިފަދަ ވިޔަފާރިތަކަށް ހަރަދު ކުޑަކުރަން ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ.
"އަރޫބާ" އަކީ ޔޫރަޕިއަން ޔޫނިއަން އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޕްރޮޑަކްޓުތައް އުފައްދަމުންދާ، އީޔޫގެ އައިއެސްއޯ ސެޓިފައިޑް ބްރޭންޑެކެވެ.
މި ބްރޭންޑްގެ ވަރަށްގިނަ ޕްރޮޑަކްޓްތައް ބާޒާރުމަތީގައި ހުންނަ ސަމަން ޓްރޭޑާސްއިންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު ލިބެން ހުންނާނެއެވެ.
އަރޫބާގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ، މިފަދަ އެތައް މަޝްހޫރު ބްރޭންޑެއް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުންދާ ސަމަން ޓްރޭޑިންގް ޕްރައިވެޓް ލިމިޓަޑް އެވެ.
ހޮޓްލައިން: 7240011 - 3331111
ނޯޓު: މިއީ ސަމަން ޓްރޭޑާސްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy