ވިޔަފާރި / ބީއެމްއެލް

ވިޔަފާރިއެއް ފެށުމަށް ބީއެމްއެލްގެ ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ

ބީއެމްއެލްގެ އިމާރާތް

ބީއެމްއެލްއިން އަލަށް ފަށާ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ދޫކުރާ "ބީއެމްއެލް ސްޓާޓް އަޕް ގްރާންޓަށް" ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރިވިއު ކުރުމަށް ފަހު ދެ ވިޔަފާރިއެއް ހޮވައި، އެ ދެ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އެހީ ދޭނެ ކަމަށެވެ. މި އެހީ ދިނުމުގައި އެންމެ ފުރަތަމަ ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރާނެ އެވެ. އެހީ ލިބޭ ދެ ވިޔަފާރި ކަނޑައަޅާނީ ޝޯޓްލިސްޓް ވާ ފަރާތްތަކުން އިވެލުއޭޝަން ކޮމިޓީ އަށް ހުށަހަޅާ ޕްރެޒެންޓޭޝަންތަކަށް ބެލުމަށް ފަހު އެވެ.

"ސްޓާޓަޕް ގްރާންޓަށް" އެދި ހުށަހެޅޭނީ އުފެދެމުން އަންނަ ވިޔަފާރިވެރިތަކަށާއި، އަލަށް ފަށާ ވިޔަފަރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށެވެ.

މި ގްރާންޓަށް އެދި ހުށަހެޅޭނީ ޖުލައި މަހުގެ މެންދުރު 12 ޖަހަންދެނެވެ.

Startup Grant

Startup Grant

BML Startup Grant

އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސް އާ ބޭހޭ މައުލޫމާތު މި ލިންކުން ލިބޭނެ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީ އަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެގޮތުން އެހީ ލިބޭ ދެ ވިޔަފާރި އަށް ވެސް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ވެސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އެސްއެމްއީ ޓީމުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ސްޓާޓްޕް ގްރާންޓް ކާމިޔާބު ކުރި ވިޔަފާރިތައް އަންނަނީ ވިޔަފާރިތައް ފެށުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެދެނީ މި އަހަރު ވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅިގެންދިއުން." ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި ގްރާންޓުގެ ދަށުން މިދިޔަ އަހަރު ހަތަރު ވިޔަފާރިއަކަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިނެވެ.

6 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުނޭސް

28 May 2023

މިއަދު ރައްޔިތުން ބީއެމްއެލް އާއި ދުރަށް ދަނީ ނުވަތަ ދާން ވިސްނަނީ މަކަރު ހެދުމާއި އޮޅުވާލުމާއި ފަރުވާ ކުޑަކަމުގައި ހައްދެއް ނެތިގެންނެވެ.

The name is already taken The name is available. Register?

ސ‫ޫމައިކަލް

27 May 2023

އ‫ުމުރު ހުސްވަންދެން އުޅެން ޖެހޭނީ ތިޔަ ނުދެއްކިގެން

The name is already taken The name is available. Register?

ރަނާވަޓް

27 May 2023

ކުރިންވެސް 4 މީހަކަށް ތި އެހީދިން . އޭގެތެރޭގައި ގޭގައި ކޭކްއަޅާ މީހަކާއި، މާޖަހާ މީހަކާއި. ނިކުތް އެއްްވެސް ނަތީޖާއެއް ނެތް. އަނބުރާ ދައްކަން ނުޖެހޭގޮތައް ވަކި ބަޔަކަށް ލާރިގަޑެއް ދޭން ކުރާ ކަންކަން

The name is already taken The name is available. Register?

ދަރަނި ދަންތުރަ

27 May 2023

އިންޓަރެސްޓު ރޭޓު ކިހާވަރެއް ؟

The name is already taken The name is available. Register?

ނާޒިރާ

25 May 2023

ރައްޔިތުންގެ ބޭންކް. ކޮންމެ ރައްޔިތެްްގެ ބޮލުގައި ލޯނެއް. ޝުކުރިއްޔާ

The name is already taken The name is available. Register?

ޢަރުތަ

26 May 2023

ލޯނު ނުނެގިއަސް ބޮލުގަ ލޯނެއް އިންނާނެ އުތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454