ވިޔަފާރި / ޓެކްނޮލޮޖީ

"ޖަވާބު" ގެ ދިވެހި ދަންނަ އޭއައި އެޖެންޓު ހައްޖަ ތައާރަފްކޮށްފި

ޖަވާބުގެ އޭއައި އޭޖެންޓު "ހައްޖަ" އާ ވާހަކަ ދައްކަނީ: މިއީ ދިވެހި ބަހުން ވާހަކަ ދައްކާ އޭޖެންޓެއް. -- ފޮޓޯ: ޖަވާބު

ރާއްޖޭގެ ކުރިއަރަމުން އަންނަ ޓެކްނޮލަޖީ ކުންފުނި "ޖަވާބު" އިން އެ ކުންފުނީގެ އޭއައި އެޖެންޓު "ހައްޖަ" ތައާރަފްކޮށްފި އެވެ.

"ހައްޖަ" އާއްމުންނަށް ދައްކާލާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮތް "ތާނަވާ" އިވެންޓުގަ އެވެ.

"ހައްޖަ" އަށް ދިވެހި ބަހުން ދައްކާ ވާހަކަ އެނގެ އެވެ. އެހެންވެ ދިވެހި ބަހުން ބުނާ ޕްރޮމްޕްޓުތަކާއި ކޮމާންޑުތައް އެނގޭނެ އެވެ. އަދި ދިވެހި ބަހުން ޖަވާބު ދޭނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި "ހައްޖަ" އަކީ ވަރަށް އުއްމީދީ އޭއައި އެޖެންޓެކެވެ. އަދި މިއީ ދިވެހިބަހާ ޓެކްނޮލަޖީގެ ގުޅުން ބަދަހިކުރުމަށް އެޅުނު ބިންގަލެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ.

@javaabu.academy

checkout our AI Assistant at Central Park Thaanava

♬ original sound - Javaabu Academy

ޖަވާބުގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވީ އެ ކުންފުނީގެ އަމިއްލަ ސްޕީޗް ޓު ޓެކްސްޓް (އެސްޓީޓީ) އާއި ޓެކްސްޓް ޓު ސްޕީޗް (ޓީޓީއެސް) ޓެކްނޮލޮޖީތައް އުފައްދައި، ދިވެހި ބަހުގައި މެދުކެނޑުމެއް ނެތި މުއާމަލާތް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން "ހައްޖަ" އަށް އިންޓަގްރޭޓް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގްރައުންޑް ބްރޭކިން ޓެކްނޮލޮޖީ މެދުވެރިކޮށް ސިލްސިލާ ޕްރޮޑަކްޓުތަކެއް ނެރުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖައިލަމް ވިދާޅުވީ މި ފަދަ ޓެކްނޮލަޖީތަކުގެ ސަބަބުން ރާއްޖޭގެ އޭއައި ސިސްޓަމްތަކާ މީހުން މުއާމަލާތްކުރާގޮތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ޖަވާބު ކުންފުނީގެ "ހައްޖަ" އަކީ އެ ކުންފުނިން ތަރައްގީކޮށްފައިވާ ފަހުގެ އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕްލިކޭޝަނެވެ. ޓެކްނޮލޮޖީގެ ތެރެއިން ފަސޭހަތައް ހޯދައިދިނުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

9 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 4%
icon angry icon angry 15%
icon wow icon wow 8%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާތު

24 July 2023

ކަތްދަ އަކަށް ވުރެން މި ގޮއްޔެ ވައްތަރީ ދޮންތަ އަކާ...

The name is already taken The name is available. Register?

ކަނއިތުރު

23 July 2023

ގައިމު މީނަ އަށް ކަތްދަ ކީނަމަ ވަރަށް ގުޅޭނެ.

The name is already taken The name is available. Register?

ނަންއިތުރު

23 July 2023

ހާދަ ރީތި ކުއްޖެކޭ.. މި މަނޖެއަށް ހައްޖަ ގެ ބަދަލުގަ ގޮއްޔެ ކިޔިނަމަ މާ ފުރިހަމަވީސް.

The name is already taken The name is available. Register?

ހައްޕު

22 July 2023

ޖަވާބަކީ ކުޅުދުއްފުށީ ފަރާތެއްބާ! ހައްޖަ އެންމެ ގިނައީ އެރަށުގަވިއްޔަ!

The name is already taken The name is available. Register?

ބަސަނު

22 July 2023

ހާދަ ރީތި ކުއްޖެކޭ. ހިތް ދެވިއްޖެ. މާޝާﷲ. މިއީ އަޞްލު ކުއްޖަކަށް ބަލައިގެން ހަދާފައިން އޭއައި އެއް ތަ

The name is already taken The name is available. Register?

ހާސަރު

22 July 2023

ހައްޖަ ކަހަލަ އާްންމުކޮށް މީސްމީހުނަށް ކިޔާ ނަމެއްގެ ބަދަލުގައި "ކަމަނަ" ކަހަލަ ނަމެއް ކިޔާނުލީ ކީއްވެބާ؟

The name is already taken The name is available. Register?

ޝުކުރު

22 July 2023

ޖަވާބުގެ ވަރަށް ގިނަ އުފެއްދުންތަކުގައި ޓެކްނޮލޮޖީއާ ދިވެހިބަސް ގުޅުވަން އިސްކަންދޭކަން ފާހަގަކޮށް ހިތްވަރުދެން. ދުނިޔޭގައިވެސް ނަން ހިނގާ ކުންފުންޏަކަށް ވުމަށް އެދެން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

22 July 2023

ތިއީ ވަރައް ރަނގަޅު ކަމެއްކަމުކަ ދެކެން އެމަކު ހައްޖަ ތަންކޮޅެއް ޒަމާނީ ރީތި ހެދުމެއްގަ ހުރިނަމަ ސަލީންބެ މާގަޔާވީސް ތި ހީވަނީ އީދު ކުޅިވަރުތަކުގަ ފެރޭޑު ތަކުގަ ބޭނުންކުރާ ހެދުމެއްހެން

The name is already taken The name is available. Register?

ސާލެމް

24 July 2023

އެއްކަލަ ފިކުރު ފާޅުކުރާ ބޭފުޅެއްގެ ފަރާތުން ތި ކޮމެންޓު އައުމުން ހައިރާނެއްނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454