"މާވީ ޑެކޯ" ފިހާރައިގެ ބޭރު. -- ފޮޓޯ:މާވީ ޑެކޯ
20 އޯގަސްޓް 2023 - 10:40
ހަފްލާތަކަށާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ އާޓިފިޝަލް މަލަށް ހާއްސަ ފިހާރައެއް ހުޅުވައިފި އެވެ.
"މާވީ ޑެކޯ"ގެ ނަމުގައި ހުޅުވި މި ފިހާރައިން ބުނީ އާޓިފިޝަލް މަލުން ގެސްޓްހައުސް، ރިސޯޓު އަދި ކެފޭ ރެސްޓޯރަންޓު ޒީނަތްތެރިކުރުމުގެ ހިދުމަތް ދޭ ކަމަށެވެ.
އެ ތަނުން ވިއްކާ އާޓިފިޝަލް މާ ބޭނުންކޮށްގެން އިވެންޓާއި ޕާޓިތައް ފަދަ ހަފްލާތައް ތައްޔާރުކޮށްދިނުމުގެ ހިދުމަތް ދޭ ކަމަށް ވެސް ބުންޏެވެ.
"މާވީ ޑެކޯ"ގެ ފޭސްބުކް ޕޭޖުގެ ޕޯސްޓެއް.
"މާވީ ޑެކޯ" އަކީ އާޓިފިޝަލް މަލުގެ އިތުރުން މާ ޖަހާނެ އެކި ވައްތަރުގެ، އެކި ސައިޒުތަކުގެ ވާސް ވެސް ވިއްކާ ފިހާރައެކެވެ. މި ފިހާރައިގައި ވިއްކާ މާތަކަކީ ވެޑިންތަކާ ގުޅޭ، ވެޑިން ބުކޭ އާއި ސެންޓާ ޕީސް އަދި ޑެކަރޭޝަންގައި ވެސް ބޭނުން ކުރެވޭނެ މާ ކަމަށް އެ ފިހާރައިން ބުންޏެވެ.
ޑެކަރޭޝަނަށް ބޭނުންކުރާ އައިޓަމްތަކުގެ އިތުރުން މި ތަނުން އިލެކްޓްރޯނިކްސް އާއި ބަދިގެ އައިޓަމްތައް ވެސް ވިއްކަ އެވެ. މި ފިހާރައިގައި ޖަޕާންގެ މަޝްހޫރު "ޑައިސޯ" ބްރޭންޑުގެ ޕްރޮޑަކްޓުތަކާއި "ޖީޕާސް" ބްރޭންޑުގެ، ބަދިގެއަށް ހާއްސަ ތަކެތި ހުރެ އެވެ.
މި ފިހާރައިން ވިއްކާ ޕްރޮޑަކްޓުތަކުގެ އިތުރު މައުލޫމާތު 7725959 އިން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިފެންމާ ލަވަރ
21 August 2023
ބަލާލިން ތި ފިހާރަ. ތަފާތު ފިހާރައެއް. ވަރަށް މަލާއި ވާސް އެބަހުރި. ވަރަށް ޗާލު. ދާނަން މުސާރަ ނަގައިގެން.
ލޯލޮ
20 August 2023
ތިޔައް އަހަރުން ކިޔަނީ ޑަސްޓް ކަލެކްޓާރް
މާބޮނޑި
20 August 2023
ބްރޯ ކައޭ ތިއުޅެނީ 90 ގެ އަހަރުތަކުގެ ތެރޭގައި. ސޭލް ފިހާރަތަކުން ފޮތި މާ ގަތް ޒަމާން ފައިތުވެއްޖެ. މީ އާ ޒަމާނެއް.
ބަސަންޓޭ
20 August 2023
މާބޮނޑިއެއް ދެންޔާ ނުބުނާން ނޫނެކޭ!
ބާބީ
20 August 2023
ރަނގަޅު ގޮތަކީ މާބޮނޑިއެއް ދެންޔާ ނުބުނާން ނޯ އޭ!