23 ނޮވެމްބަރ 2023 - 18:50
އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ހާއްސަކޮށް ބާއްވާ "އަންކާރާ ނައިޓް" ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ އެ އިވެންޓު އޮންނާނީ އެމްއެންޔޫގައި ކަމަށެވެ.
"އަންކާރާ ނައިޓް" ބާއްވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެންނެވެ. މި އިވެންޓުގައި "އަންކާރާ" ޕާސްތާ ފްރީ ޓޭސްޓިން އަދި ލައިވް މިއުޒިކް ކުރިއަށް ދާނެ އެވެ. އަދި ބައިވެރިންނަށް އިނާމެއް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުންޏެވެ.
މި އިވެންޓު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 އިން 10:30 އަށެވެ.
"އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. "އަންކާރާ" ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު،ތަރުކާރީ، ބުރޭން، ހޯލް ވީޓް ފަދަ އެކި ވެރައިޓީތަކުގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސްގައި ހުރެއެވެ.
"އަންކާރާ" ވިޓަމިން ސީރީޒް އަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެކެވެ. އަދި ކުޑަކުދިންނަށް ކަމުދާނެގޮތަށް އުފައްދައިފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ޗޮއިސްއެއް ކަމަށް އެސްޓީއޯއިން ފާހަގަކުރެ އެވެ.
މި ބްރޭންޑަކީ ތުރުކީއިން އެތެރެ ކުރާ ބްރޭންޑެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
25 November 2023
"ނައިޓް" އަށް ކިޔާނެ ދިވެހި ބަހެއް ނެތީތަ؟ ކޮބާ ދިވެހިވަންތަކަން ކުރިއަރުވާ މިނިޝްޓަރު؟
ނައިޓް
25 November 2023
އެއީ މިނިސްޓަރު ބާއްވާ ކަމެއްތަ؟ ބަޔަކު ތަނެއްގަ ބާއްވާހާ ކަމެއްގަ ބޭނުންކުރާ ނަމަކާ ކޮންމެ ފަހަރަކު މިނިސްޓަރު ބެހެންވެއްޖެނަމަ ކިހިނެތްބާވާނީ؟
އޮނަރަބްލް އަފީފު ދީދީ
23 November 2023
ޗިކެންރިންގް ފަދަ ސްނެކްސް އާއި ޗޮކޮލެޓް ނުވަތަ ކޮންފެކްޝަނަރީގެ ބާވަތްތަކާއި Stable food ވިއްކުން ދައުލަތާއި ރައްޔަތް ޙިއްސާވާ ސްޓޭޓް ވިޔަފާރި ކުންފުނިން ހުއްޓާލާފައި އެސްޓީއޯ އިން ކުރާންޖެހޭ ވިޔަފާރިއަކީ ދައުލަތުގެ ހޮސްޕިޓަލްތަކަށްބޭނުންވާ ބޭސް އަދި މެޑިކަލް އިކްއިޕްމަންޓްސްގެ އިތުރުން ކާޑުގެ ބާވަތްތަކާއި، ޑީސަލް ޕެޓްރޯލް ޖެޓްފިއުލް ކަރާސީނު އާއި Building and Construction Materials ފަދަ ވިޔަފާރި. އެހެންކަންކަން އާންމު ވިޔަފާރިތަކަށް ދޫކޮށްލާ.
ތުންޑާގެ ނަސީމު
25 November 2023
އިސްޓޭޕަލް ފުޑާއި ކާދުގެ ބާވަތްތަކާއި ހުރި ތަފާތަކީ ކޮބައިތޯ؟؟ އައްޑޫ މޮޅުމީހާ