20 ފެބުރުއަރީ 2024 - 19:49
ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީއެލް)ޢިން ހިންގަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.
މި އޭޕްރަން ބޭނުންކުރަން ފެށުމުގެ ގޮތުން އެ ތަނަށް ފުރަތަމަ ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. މި ތަނަކީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގައި މާކެޓުކުރަން ހަމަޖެހިފައިވާ ތަނެއް ކަމަށް އާރުއޭސީއެލްއިން ބުންޏެވެ. އަދި އެ އެއާޕޯޓުގެ އަޕްގްރޭޑިންގް ޕްރޮޖެކްޓް ނިމުމުން އައިސޮލޭޝަން ހަބެއްގެ ގޮތުގައި އެ ސަރަހައްދު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އާރް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ އޭޕްރަންގެ މަސައްކަތަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑިންގް ޕްރޮޖެކްޓުގެ މަސައްކަތެއް ނޫން ކަމަށެވެ. އަދި މި މަސައްކަތަކީ ރައީސްގެ އިރުޝާދުގެ ދަށުން އެ ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށް މުބީން ވިދާޅުވި އެވެ.
އަލަށް ތަރައްގީ ކުރި އޭޕްރަންގެ ބޮޑުމިނަކީ 42،000 އަކަފޫޓެވެ. މި ތަނަކީ އެއްފަހަރާ ހަ ޖެޓް ޕާކުކުރެވޭ ޖާގައިގެ ތަނެކެވެ.
މި އެއާޕޯޓު އަޕްގްރޭޑިން މަސައްކަތް ނިމޭއިރު އޭ 320 އާއި ބޮއިންގް 737 ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ރަންވޭ ނިމި، އަހަރަކު 1.3 މިލިއަން ޕެސެންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ އެއާޕޯޓު ޓާމިނަލްއަކާއި ފިއުލް ރައްކާކުރެވޭނެ އިންތިޒާމު ހުންނާނެ ކަމަށް އާރްއޭސީއެލްއިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
21 February 2024
ހަނިމާދޫ އަދި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކ.އަތޮޅު މާލޭގެ ވެރިކަންހޯދުމަށްޓަކާ އެރަށުމީހުން އިންތިޙާބީ މޫސުންތަކުގައި ފުމެން ބޭނުންކުރާ ބެރު ދުންމާރި ފަދަ އާލާތެއްގެގޮތުގައި އެމީހުން ބޭނުންކުރާ ތަންތަން. # އައްޑޫ އެއަރޕޯޓަކީ A-380 ބޯޓްޖެއްސޭވަރުގެ ބޮޑުރަންވޭއެއް އޮތް އެއަރޕޯޓަކަށްވިޔަސް އެމީހުންގެރަށު (ކ.މާލޭ) އެއަރޕޯޓަށް އަންނަބޯޓްތައްމަދުވެ އެރަށު ގޭގެތަކުގެކުލި ތިރިވެދާނެތީ އެތިބެނީ ހަނިމާދުއާއި ގޭންއެއަރޕޯޓްގައި "މަރުތަޅު" އަޅުވައިގެން.
ކަނބުރުގެ
20 February 2024
އާރްސީއޭއެލް އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައިގަޔުމަށްޓަކާ ތިޕްލޭން ކިތަންމެހާވެސް ރަނގަޅު. މައްސަލައަކަށް ވަނީ ޕްލޭން ރަނގަޅަށް މެނޭޖް ނުކުރެވިގެން އުޅެނިކޮށް އެހެންބަޔަކު އައިސް ޕްލޭން އޮޅާލާތީ.