10 މެއި 2024 - 08:55
ހެއާ ރިމޫވްކޮށް މެއިންޓެއިންކޮށް، ބެލެހެއްޓުމަކީ އުނދަގޫ ކަމެކެވެ. ޝޭވް ކުރާ ނަމަ އަބަދު އެ ކަމުގައި އުޅެން ޖެހުމާއި ވެކްސްކުރާ ނަމަ އެތައް ހަރަދެއް އެކަމަށް ކުރަން ޖެހުމަކީ ދަތި ކަމެކެވެ. ގިނަ ފަހަރު އެތައް ވަގުތެއް މިކަމުގައި ހޭދަކުރަން ޖެހުމަކީ ހެއާ ރިމޫވްކޮށް، ހަންގަނޑު ރަނގަޅަށް ބަލަހައްޓަން އޮތް ހުރަހެކެވެ. މިއީ އަންހެނުންގެ މެދުގައި އާންމު, އެކަމެއްގެ ޝަކުވާ އަބަދުވެސް އިވޭ ކަމެކެވެ.
ނަަމވެސް ރާއްޖޭގެ މާކެޓަށް 2021 ވަނަ އަހަރު ތައާރަފްކޮށް ވިއްކަން ފެށި އުފެއްދުމަކީ އޭގެ ހައްލެވެ. އެއީ ދެ ޖިންސުގެ މީހުންނަށް ވެސް އޮތް ހައްލެކެވެ.
އެލެންޒާ އިން ވިއްކާ މި ބްރޭންޑުގެ ދެ ޕްރޮޑަކްޓެއް މާކެޓަށް ވަނީ 2021 ވަނަ އަހަރު ނެރެފަ އެވެ. މި ދެ ޕްރޮޑަކްޓަކީ ވެސް ކޮންމެ މީހަކަށް ވެސް އެކަނި, ފަސޭހައިން ބޭނުން ކުރެވޭނެ ރައްކާތެރި ދެ ޕްރޮޑަކްޓެވެ.
އެލެންޒާގެ ހެއާ ރިމޫވަލް ޕްރޮޑަކްޓު.
އެލެންޒާ ކްރިސްޓަލް ހެއާ ރިމޫވަލް ޑިވައިސް އަކީ އަތުން ހިފައިގެން ގެންގުޅެން ފަސޭހަ ޝޭޕަކަށް ފަރުމާކޮށްފައިވާ, ކުޑަ ޑިވައިސް އެކެވެ. އެ ޑިވައިސް ގައި ހިމެނޭ ކްރިސްޓަލް ޑިސްކް އިން މަޑުމަޑުން އިސްތަށިތަކާއި ޑެޑް ސްކިން ސެލްތައް ރިމޫވްކޮށްދީ، ހަންގަނޑު އޮމާން ކޮށްދެ އެވެ. އެއީ އިސްތަށިތަކުގެ ބުޑުން އިސްތަށި ނައްތާލައި ދޭ ޑިވައިސް އެކެވެ.
އެއީ ރޭޒާ ބޭނުންކުރުމުން އަންނަ ހުރިހާ އުނދަގޫތަކަކުން ދުރުހެލި ކޮށްދޭނެ ރޭޒާ ބާން ވެސް ނުވާނެ ޕްރޮޑަކްޓެކެވެ. އެކްސްފޯލިއޭޓް ކޮށްދޭ ޑިވައިސްއަކަށް ވާއިރު މިއީ ސްޓްރޯބެރީ ލެގްސް އަދި ޑްރައި ސްކިން ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ޑިވައިސް އެކެވެ.
މި ޑިވައިސް ބޭނުން ކުރުމުގައި މާ ބާރަށް ޕްރެޝަރު ލައި, ޑިވައިސް ބާރަށް ހަމުގައި ޖެހިއްޖެ ނަމަ ތަދު އިހުސާސްކުރެވި ދާނެ އެވެ. އަދި މާ ބޯކޮށް އިސްތަށި ފަޅާފައި ހުރި ތަންތަނާއި ސެންސިޓިވް ހަމުގައި ބޭނުން ކޮށްފި ނަމަ ތަދު އިހުސާސް ކުރެވި ދާނެ އެވެ. އާއްމުކޮށް ހުންނަ ހެއާ ރިމޫވަލް ޕްރޮޑަކްޓުތަކާ އަޅާ ބަލާއިރު މި ޕްރޮޑަކްޓަކީ ތަދު ކުޑަ, ތަދުވި ނަމަވެސް ގިނަ ވަގުތަށް އެ ތަދު ދެމިގެންނުދާނެ ޑިވައިސް އެކެވެ.
އެލެންޒާގެ އައިޕީއެލް ހެއާ ރިމޫވާ.
މި ޕްރޮޑަކްޓު މޫނާއި ކަހާ ހިރުވާ, އިރިޓޭޓްވެފައި ހުންނަ ހަމުގައި ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އަދި ސްކިން ކޮންސާން ނޫނީ ހަމުގެ ބައްޔެއް ތަހައްމަލުކުރާ ނަމަ ޕްރޮޑަކްޓު ބޭނުންކުރަން ވާނީ ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ފަހު އެވެ.
އެލެންޒާ އިން ވިއްކާ ދެ ވަނަ ޕްރޮޑަކްޓަކީ އިންޓެންސް ޕަލްސްޑް ލައިޓް (އައިޕީއެލް) ޑިވައިސް އެކެވެ. އައިޕީއެލް އަކީ ލޭޒާ ހެއާ ރިމޫވަލް އަށް ކްލިނިކްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހިމަނައިގެން, ފަސޭހައިން އަމިއްލަ އަށް ގޭގައި ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސް އެކެވެ.
އައިޕީއެލް އަކީ ހެއާ ގްރޯތް ކުޑަކުރުމަށް ހެއާ ފޮލިކަލްތަކަށް އަމާޒުކޮށް ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ޑިވައިސް އެކެވެ. މިއީ ބިކިނީގެ ހިސާބުގަނޑާއި ކިހިލިފަތްދޮށާއި މޫނާއި ފައިގައި ވެސް ރައްކާތެރިކަމާ އެކު ބޭނުން ކުރެވޭނެ ޕްރޮޑަކްޓެކެވެ.
އައިޕީއެލް ހެއާ ރިމޫވަލް ޑިވައިސް އެންމެ ފުރަތަމަ ބޭނުންކުރާ މަހުގައި ހަފްތާއަކު އެއް ފަހަރު ބޭނުން ކުރަން ޖެހޭނެ އެވެ. ދެ ވަނަ މަހުގައި ދެ ހަފްތާ އިން އެއް ހަފްތާ ބޭނުން ކުރުމަށް ފަހު ތިން ވަނަ މަހުން ފެށިގެން ބޭނުން ކުރަން ޖެހޭނީ މަހަކު އެއް ފަހަރު ނޫނީ ދެ މަހުން އެއް މަހު އެވެ. އެއީ މި ޕްރޮޑަކްޓުން އިސްތަށި ފެޅުން ލަސްކޮށްދޭތީ އެވެ.
މިއީ ހައި އިންޓެންސިޓީ ލެވަލްގައި ބޭނުންކޮށްފި ނަމަ އުނދަގޫ އިހުސާސް ކުރެވިދާނެ ޕްރޮޑަކްޓެކެވެ. މި ޕްރޮޑަކްޓު ބޭނުން ކުރުމުގައި އިންޓެންސިޓީ ސެޓްކުރަން ޖެހޭނީ އެއްވެސް އުނދަގުލެއް ތަދެއް އިހުސާސް ނުކުރެވޭ ލެވަލްގަ އެވެ.
މި ޕްރޮޑަކްޓު ބޭނުން ކުރުމަށް ފަހު އަވީގައި އުޅުން ރަނގަޅެއް ނޫނެވެ. އަވީގައި އުޅޭ ނަމަ ސަންސްކްރީން ބޭނުންކުރަން ވާނެ އެވެ. މި ޕްރޮޑަކްޓު ބޭނުންކުރުމަށް ފަހު 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދަށް ހޫނުކޮށް ފެންވެރުމާއި ގަދަޔަށް ދާ ހިތްލާ ފަދަ ކަސްރަތުތައް ކުރުން ރަނގަޅެއް ނޫނެވެ. މިއީ ހަންގަނޑު ހިރުވުން ފަދަ ކަންކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަމެކެވެ.
މި ދެ ޕްރޮޑަކްޓަކީ ވެސް ހެއާ ރިމޫވަލް އަށް އަބަދު ކުރަން ޖެހޭ ހޭދަ ކުޑަކޮށްދޭ, ދިގު މުއްތަކަށް ބޭނުން ކުރެވޭނެ ދެ ޕްރޮޑަކްޓެވެ. އެލެންޒާ ކްރިސްޓަލް ހެއާ ރިމޫވަލް ޑިވައިސް ތިން އަހަރާއި ހަތަރު އަހަރާއި ދެމެދުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ އެވެ. އައިޕީއެލް ޑިވައިސް އަށް އަހަރާއި 10 އަހަރުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ އެވެ.
ellenza.mv
ellenza.mv
ellenza.mv
އެލެންޒާގެ ވެބްސައިޓު
އެލެންޒާގެ ޕްރޮޑަކްޓުތަކަކީ ހެއާ ރިމޫވަލް އަށް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އޮތް ރަނގަޅު ހައްލެކެވެ. މި ޕްރޮޑަކްޓުތަކާ ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓު އަދި ފޭސްބުކް އާއި އިންސްޓަގްރާމްގެ "އެލެންޒާ.އެމްވީ" ޕޭޖުން ލިބޭނެ އެވެ.
ނޯޓު: މިއީ އެލެންޒާފެ އެޑްވަޓޯރިއަލް އާޓިކަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy