16 އޯގަސްޓް 2024 - 20:57
ދިރާގުން ހިލޭ 5ޖީ ރައުޓަރެއް ލިބޭ ހާއްސަ ލިމިޓެޑް-ޓައިމް ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި އާ 5ޖީ ޓާބޯ 749 ޕްލޭނުން ފެށިގެން މަތީގެ ޕްލޭނަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ ލިބޭނެ އެވެ. ދިރާގުން ބުނީ ދިރާގު 5ޖީ ޓާބޯ ވައިފައި ޕްލޭންތަކާއެކު ކަސްޓަމަރުންނަށް 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެން ވެސް ލިބޭނެ ކަމަށެވެ.
5G Turbo Wifi | Dhiraagu
5G Turbo WifiExperience home internet at blazing speeds! Now with a Free Router for packages 749 & above. The Free Router promo is valid till 30 September 2024. APPLY NOW Experience Dhiraagu 5G Turbo WiFiWith our plug and play 5G Turbo WiFi, you can enjoy extremely fast 5G speeds internet connectivi...
Dhiraagu
ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތު ހިމެނޭ ލިންކެއް.
ދިރާގުގެ މެނޭޖަރު އެކުއިޒިޝަންސް އެންޑް ސީއެލްއެމް ޖަނާ އިބްރާހިމް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ތަފާތު ހިތްގައިމު އާ އޮފާތާކެއް ގެނެސްދިނުމަށް ކަމަށެވެ. މި ޕްރޮމޯޝަނަކީ ދިރާގު 5ޖީ ޓާބޯ ވައިފައިއާ އެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕްލޭންތައް ހިޔާރު ކުރެވޭނެ ރަނގަޅު އޮފާއެއް ކަމަށް ޖަނާ ވިދާޅުވި އެވެ. ޖަނާ ވިދާޅުވީ މި އޮފާއާ އެކު ކަސްޓަމަރުންގެ ހުރިހާ ސްޓްރީމިން އާއި ބްރައުސިން އަދި ގޭމިން ބޭނުންތަކަށް 500 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ސްޕީޑް ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.
5ޖީ ޓާބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާ އެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ އެވެ. އަދި މި ޕްލޭންތަކާއެކު ހާއްސަ 5ޖީ ބޫސްޓާތައް ވެސް ކަސްޓަމަރުންނަށް ނެގޭނެ އެވެ.
ދިރާގުން ވަނީ ދާދިފަހުން 549 ރުފިޔާގެ 5ޖީ ޓާބޯ ވައިފައި ޕްލޭނެއް ވެސް ތައާރަފްކޮށްފަ އެވެ.
ދިރާގުން ފެށި މި ލިމިޓަޑް-ޓައިމް އޮފާ ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަސި.
16 August 2024
އެއްޗެއް ހިލޭދޭ ވާހަކަ ލިޔަންވާނީ ހަމަ އަސްލުވެސް ހިލޭދޭނަމަ 750 ރުފިޔާއިން މަތިން ޕެކޭޖެ ނެގީމަ އެއީ ހިލޭދިނުމެއްނޫން.