ވިޔަފާރި / ޕްރޮމޯޝަނަލް ނިއުސް

ދިރާގުގެ އަހަރީ ދުވަހު މިފަހަރު ދެނީ ހައި ސްޕީޑް ލޯންޗެއް

ދިރާގުން އަންނަ މަހުގެ އެކެއްގައި ފާހަގަކުރާ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ސްޕީޑް ބޯޓެއް ދޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުގެ 400ރ. އިން މަތީގެ ޕޯސްޓްޕެއިޑް ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނާއި ފައިބާ 40އެމް ޕެކޭޖުން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށާއި 400ރ. އިން މަތިން ރީޗާޖުކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އަލަށް އެ ނެޓްވޯކާ ގުޅި މި އަގުތަކުން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނަށް ޝަރުތުހަމަވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވުމަށް "ވިން އަ ސްޕީޑްބޯޓް" ޕޯޓަލްއިން އެންރޯލްކުރެވޭނެ އެވެ.

Win a Speedboat

Win a Speedboat

"ވިން އަ ސްޕީޑްބޯޓު" ޕޯޓަލް. މި ޕޯޓަލްއިން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިދިޔަ އަހަރުގެ އަހަރީ ދުވަހުގެ ޕްރޮމޯޝަނަށް ލިބުނު ބޮޑު ތަރުހީބާ އެކު، މި ފަހަރުގެ ޕްރޮމޯޝަން އެ އަށް ވުރެ ފުރިހަމަ ވާނެ ކަމަށެވެ.

"މިދިޔަ އަހަރު ދިން ޓެސްލާ ކާރަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އެހެންވެ މި އަހަރު މި ދެނީ އެ އަށް ވުރެ އަގުހުރި، އެއަށް ވުރެ ފުރިހަމަ އިނާމެއް. އަދި މި ފަހަރު މި ޕްރޮމޯޝަނުގައި މި ލޯންޗުކުރަނީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް ބައިވެރި ވެސް ވެވޭ ގޮތަށް،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕީޑް ބޯޓާ ގުޅޭ ގޮތުން އަލްޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވީ މި ޕްރޮމޯޝަނުގައި ދޭ ބޯޓަކީ މިދިޔަ އަހަރު އެ ކުންފުނިން ފަރުމާކޮށް މާކެޓަށް ނެރުނު "މަގްލާން 32" ބްރޭންޑުގެ ބޯޓެއް ކަމަށެވެ. އަދި މިއީ އެކްސްކާޝަންތަކުގައި ބޭނުންކުރަން ހާއްސަކޮށް، ސޭންޑުބޭންކުތަކަށް ފަސޭހައިން ވަދެވޭ ގޮތަށް ފެނަށް ތިލަކޮށްކަމަށް ފަރުމާކޮށްފައިވާ އުޅަނދެއް ކަމަށް ވިދާޅުވި އެވެ.

މި ސްޕީޑު ބޯޓަކީ 12 މީހުންގެ ޖާގައިގެ، 32 ފޫޓުގެ ލޯންޗެކެވެ. ކެބިންއަކާ އެކު ފަރުމާކޮށްފައިވާ މި ލޯންޗުގައި ޕްރައިވެސީއަށް ބޮޑުކޮށް ފާހަނާއެއް ހުރެ އެވެ. އަދި ސޭންޑުވިޗު ފަދަ ލުއި ކާނާ އާއި ކޮފީ ހަދާނެ ޖާގައެއް ވެސް ހިމެނެ އެވެ.

މި ބޯޓުގައި އިންޖީނު އަޅާފައިވާ އެލިއާ ކުންފުނީގެ ފަރާތުން، މާކެޓިން މެނޭޖަރު އަހުމަދު އަސީލް ވިދާޅުވީ މީގައި އަޅާފައި ވަނީ 175 ހޯސްޕަވަރުގެ ޔަމަހާ ދެ އިންޖީނު ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު މޮޑެލްއެއް ކަމަށާއި މި އިންޖީނަކީ 2018 ވަނަ އަހަރު ދިވެހި ކަނޑުގައި ޓެސްޓުކޮށްފައިވާ އިންޖީނެއް ކަމަށް ވިދާޅުވި އެވެ.

ޔަމަހާ އިންޖީނު އަޅާފައިވާ މި ސްޕީޑުބޯޓުގެ ޖުމްލަ އަގު ގާތްގަނޑަކަށް 1.2 މިލިއަނަށް އަރަ އެވެ. މި ސްޕީޑު ބޯޓު ހޯދުމުގެ ފުރުސަތު މި ޑިސެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ބޯޓު ލިބޭ ފަރާތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޯޓު ހަވާލުކުރުމަށް ދިރާގުން ވަނީ ނިންމައިފަ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އެއްވެސް ކަސްޓަމަރެއް ބާކީ ނުކުރުމުގެ ގޮތުން މި ޕްރޮމޯޝަނުގެ މުއްދަތުގައި މަންތުލީ ގިވްއަވޭ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އޮޓަމެޓިކްކޮށް ބައިވެރިވެވޭ ޕްރޮމޯޝަނެއް ކަމަށް ވެސް ބުންޏެވެ. ގިވްއަވޭގެ ގޮތުގައި ކަސްޓަމަރުންނަށް ކޮމްޕްލީޓް ސްޕޯޓްސް ފިޝިން ގިއާ ސެޓަކާއި އެންމެ ފަހުގެ ގޯ ޕްރޯ ހީރޯއަކާއި މިނީ ޑްރޯންއެއް އަދި ފްރީ ޑައިވިން ވޮޗެއް ވަނީ ހުށަހަޅައިފަ އެވެ.

ދިރާގުން މި އަހަރު ފާހަގަކުރާނީ 37 ވަނަ އަހަރީ ދުވަހެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައިލީ (ކަންނެލި ރަސްގެފާނުގެ ހަގު ދަރި)

16 September 2024

ލަގްޒަރީ އެޕާޓްމަންޓެއް ލިބޭ ޕްރޮމޯޝަނެއްގަ އެކަނި ބައިވެރިވާނީ. އަދި ކަންނެލި އޮޑިއެއް ވެސް ދޫކޮށްލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454