އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ އިސްބައެއް ބޭފުޅުންނާ އެކު ގަވަރުނަރު އަހުމަދު މުނައްވަރު -- ފޮޓޯ: މިހާރު
10 މާޗް 2025 - 12:16
އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އަންނަނީ ކުރަމުންނެވެ. އެ މަޝްވަރާތަކުގައި އެކި އަދަދުތަކާ މެދު މަޝްވަރާ ކޮށްފައިވީ ނަމަވެސް ސީދާ އަދަދެއް އަދި ސާފެއް ނުވެ އެވެ. އެ މަޝްވަރާތަކުގައި 8 ބިލިއަނާއި 14 ބިލިއަނާއި 20 ބިލިއަން ހޯދަން ވެސް ވާހަކަ ދެއްކެވުނު ކަމަށް ވެ އެވެ. އެކަމަކު، މިހާތަނަށް އެމްއެމްއޭގެ ބޯޑުން އެކަން ފާސްކޮށްފައިވާކަން ޔަގީނެއް ނުވެ އެވެ. އެފަދަ ބޮޑެތި ނިންމުންތައް އެމްއެމްއޭ އިން ނިންމާނީ ބޯޑު ބައްދަލުވުމަށް ފަހު އެވެ.
އެކަމާ ގުޅޭ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ، އެމްއެމްއޭ އިން ހުޅުމާލެ އިން ބިމެއް ގަނެ، އެ ފައިސާ ހޯދަނީ ބޭރުން ފައިނޭންސް ނުލިބޭ މި ދަނޑިވަޅުގައި، މި އަހަރުގެ ބާކީ ހުރި ދުވަސްތަކުގައި ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭ އިން އެޗްޑީސީ މެދުވެރިކޮށް ބިމެއް ގަތަސް، އެ ފައިސާ ދާނީ ސަރުކާރަށް ކަމަށް ވާތީ، އެއީ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެކޭ ބުނެވޭނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ އިން މިހާތަނަށް ޖަވާބެއް ނުދެ އެވެ.
މި މަހާއި އަންނަ މަހު ދަރަނި އަދާކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން އެބަހުއްޓެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ސަރުކާރުން ނެގި ސުކޫކުގެ ކޫޕަން ޕޭމެންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) އާއި އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ޓީބޮންޑަކަށްވާ ފައިސާ ވެސް ހިމެނެ އެވެ. އަދި ބައެއް ބޭރުގެ އެހެން ފަރާތްތަކަށް ވެސް މި އަހަރު ދަރަނި އަދާކުރުމަށް ފައިސާ ދައްކަން ޖެހެ އެވެ.
މި އަހަރު ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާއިން ދައްކަން ޖެހޭ އަދަދު 100 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ބަޖެޓު ސަޕޯޓަށް ބޭރުގެ ފަރާތްތަކުން 9.7 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
10 March 2025
މުނައްވަރު އިންގޮތަކުން ޝައްކުވެއްޖެ ގައުމުގެ އިގްތިސާދާމެދު. ކޮބައިތޯ އިގްތިސާދީ ވަޒީރު. އޭނާ އިންނަންވާނެ ނޫންތޯ ތިޔަތަނުގައި. ބަންކަރިންގ އިން މިދިޔަ އަހަރު 400 މިލިއަން ޑޮލަރު ވަދެފައި ނޫންތޯ ހުރީ. އެމްއެމްއޭ އިން ކީއްވެތޯ އެޑޮލަރު ބާޒާރަށް ނުނެރެ ހިފަހައްޓައިގެން ތިއުޅެނީ؟
ބުދާ
10 March 2025
ރަނގަޅު
ބިލިއަން
10 March 2025
އަދިވެސް ޑެޕިއުޓީ މިނިސްޓަރުންކޮޅަކާ މިނިސްޓަރަށްލަފާދޭ މިނިސްޓަރުންކޮޅަކާ ސްޓޭޓްމިނިސްޓަރުންކޮޅަކާ އިތުރު ކޮއްލާ. ޢެއަށްވުރެދަށުން އެކްޓވިސްޓަކަށްވެސްވަޒީފާ ނުދޭތި. ހިންގުންތެރިކަމެއް ނެތީމަ ޖެހޭހާ މުސީބާތްމީ.
ގުއްދޫސް
10 March 2025
ކޮބާ މައްސަލައަކީ؟؟؟ފައިސާ ހޯދައިގެން ވިޔަސް މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އަވަސް ހައްލެއް އެބަ ގެންނަން ޖެހޭ
މާމަަ
10 March 2025
ތީ ސަރުކާރުގެ ބޮޓެއް.
ޢެކްސިް
10 March 2025
އެމްއެމްއޭ އިން ކިތަންމެ ރުފިޔާއެއް ދިނަސް ތި ލޯނުތަކެއް ނުދެއްކޭނެދޯ. ތިއީ ބޭރިފައިސާ ގެ ލޯނު. އެމްއެމްއޭ އަށް ޑޮލަރެއް ޗާޕެއް ނުކުރެވޭނެދޯ :ޕ
އާދަނު33
10 March 2025
އަސްލުކުރަންއުޅޭމަކީ ފައިސާޗާޕްކުރުން ނޫނީ ފައިސާ އިންޖެކްޓްކުރުން. ރައްޔިތުންނަށް އޮޅުވާލަން ބިމެއްގަންނަނީ... މަނީ ލޯންޑަރ ކުރާމީހުންވެސް ފައިސާ ދައުރުކުރަނީ ކޮންމެވެސް އެއްޗެއް ވިއްކައިގެން. ތަފާތެއްނެތް!!
އަލީ!!
10 March 2025
އެމްއެމްއޭއަށް ހަމަ ބިމެއްބޭނުންވޭތޯމިހާރުން މިހާރަށް.. ނޫނީ ސަރުކާރަށް ފައިސާ ކޮޅެއްދޭން ކުރާކަމެއްތޯ؟؟!!
ބޮޑުބެގެ ބެއްޔާ
10 March 2025
ދަމާކަނޑާ ވިޔަފާރީގެެ ފެންވަރަށް އެމްއެމްއޭ ކަހަލަ މުވައްސަސާއެއް ވެއްޓުނީތީ ރައްޔިތެއްގެ ހައިސިއްޔަތުން ލަދުގަނެ އެކަމާ ކޮމެންޓެއް ނުކުރަން ނިންމައިފިން.
ފައިބާ
10 March 2025
އެމްއެމްއޭއަކީ ކުންފުންޏެއްކަމެއް ނެދެނެހުރިން.
އުދުހޭ
10 March 2025
ހަރަދު ކުޑަނުކޮށް އަނެއްކާވެސް ފައިސާ ޗާޕުކުރީމަ ޑޮލަރުގެ އަގު ދާނީ މައްޗަށް.