ބީއެމްއެލްއިން ނީލަމުގައި ވިއްކާލާ ގެ.
16 މާޗް 2025 - 15:42
ބެންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ނީލަމުގައި ވިއްކާލުމަށް މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވާލި މ. ނާއިންފަރުއާގެ ވިއްކުމަށް އަލުން އިއުލާނުކޮށްފި އެވެ.
ނާއިންފަރުއާގެ އަކީ 792 އަކަފޫޓުގެ ގެއެކެވެ. އެ ގެ ވިއްކާލުމަށް ނީލަން ފަށާ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަށް މިލިއަން ރުފިޔާ އެވެ. މީގެ ކުރިން އެ ގެ ވިއްކަން އިއުލާނުކުރި އިރު، ނީލަން ފަށާ އަގުގެ ގޮތުގައި ކަނޑައެޅީ 13 މިލިއަން ރުފިޔާ އެވެ.
ގެ ގަންނަން ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުއްދަތު ހަމަވާ ތާރީހާއާ ހަމައަށް އަގު ހުށަހަޅާ މީހުންގެ ތެރެއިން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި މީހުންގެ ހާޒިރުގައި ނީލަން ހުޅުވައި، އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނިގޮތުގައި ބޭންކުން އެ ގެ ވިއްކާލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އެންމެ ބޮޑު އަގެއް ހުށަހެޅި ކަމަށް ބަލާނީ ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލެއް ނައިސް، ފަސް ދުވަސް ވަންދެން އޮތުމުންނެވެ. ކޮންމެ ދުވަހެއްގެ ވެސް އެންމެ މަތީ އަގު ބީއެމްއެލް ވެބްސައިޓުގައި އިއުލާނުކުރާނެ އެވެ.
އެ ގެއާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/news-and-media/auctions ލިންކުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޫރޮޓް
17 March 2025
ތިގެ ގަނެފާނަން “2ރުފިޔާ ބަޔަށް”
ރަދީފްއޮފިޝަލް / 3 ނޮވެންބަރުގެ ހީރޯއެއް ޝިރަން
16 March 2025
ޝިރަން ބްރޯގެ ދޯ!!! އެގޭގެ އެހެން ބައެއް ؟؟/
އޮނަރަބްލް އަފީފު ދީދީ
16 March 2025
ދައުލަތް ދަރަނިކޮށް އެތައް ހާސް މިލިޔަން ރުދިޔާގެ ލޯނު ނަގައިގެން ހިއްކާފައިވާ ކ.އަތޮޅު ފަޅުތަކުގެ ބިންތައް ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން ކ.މާލޭ މީހުންގެ ޅަދަރިންގެ ބޯވެސް ގުނައިގެން ކޮންމެ ބޮލަކަށް 25މ ރުފިޔާގެ ބިމެއް ހިލޭ ދިނުމުން މިހާރު ތިރަށުގެ ބިމަކީ އަގެއް ހުރި އެއްޗެއްނޫން. ތިޔަ ބިމެއް ތިޔަ އަގަކަށް ނުވިކޭނެ. އިބްރާހިމް ހިލޭ ބިން ބަހާލުމުން ހުރިހާ ދެރައެއް މިލިބުނީ ބޭންކް ތަކަށާއި ރިއަލްއެސްޓޭޓް ވިޔަފާރި ކުރި ކުންފުނިތަކަށް.
ލަޟް
16 March 2025
ނުގަންނާނަން. ހިލޭ ދިނަސް ބޭނުމެއްވެސް ނޫން. އަވަހަށް ރައްދު ދީ މަަށަށް.
ރަދީފު ބިން ރަފައިދާ
16 March 2025
ބީއެމްއެލުންވެސް އަގުމިޖަހަނީ މާބޮޑުކޮށްލައިގެންވިއްޔަ. 800 އަކަ މިއަދު ކާކުތޯ 13 އަށް ގަންނާނީ. 800 8 އަށްވެސް ބޮޑު. ތިއަގު އަދިވެސް ތިރިކުރާންއުޅޭ.
ކަލޯބެއްޔާ
16 March 2025
10ހާސް އަކަފޫޓަކަށް. މޮޔައެއް ތިޔަ އަގުގައު ގަންނާނީ އަދި ގަންނަން އުޅޭނީވެސް. ހުޅުމާލެ ފ2 އިން އެޗްޑީސީން ހުޅުވާލުމުން ބީލަމުގައި ހުށަހަޅައިގެން އަކަފޫޓަކަށް 6ހާސް ރުފިޔާ އަށް މިހާރު އެބަ ލިބޭ އެންމެ ބޮޑުކޮށްވެސް.
އެޢީ
16 March 2025
ހަދާ ނިމިފަހުރިތަނެއް ނޫންތަ
ރަދީފްއޮފިޝަލް / ބޭންކް ބްރޯކަރެއް މިގެ ނަގާނެ
16 March 2025
މާލޭގަ އޮތް އެންމެ ހަނި ގޯޅިގަ މިގެ ހުންނަނީ.