23 މާޗް 2025 - 15:05
މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެހީވާން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" ޕްރޮގްރާމުގައި ދިރާގުގެ ސީއެސްއާރުގެ ދަށުން ބައިވެރިވެ އެހީތެރިކަން ދީފި އެވެ.
"ބެކް ޓު ސްކޫލް 2025" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން، ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން އެހީވުމެވެ. އެހީ ދޭ މީހުންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މައިން ހިމެނެ އެވެ.
މި ޕްރޮގްރާމްގެ ދަށުން، ދިރާސީ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ދަރިވަރުންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން، ދިރާގުން ވަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން މަމްސް އެއިޑުން ކުރިއަށް ގެންދިޔަ "ރަމަޟާން އެއިޑް" އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. "ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ. "ރަމަޟާން އެއިޑް" އަދި "ބެކް ޓު ސްކޫލް" ގެ ދަށުން ދިރާގުން ވަނީ 140 އާއިލާއަކަށް އެހީތެރިވެފަ އެވެ.
މަމްސް އެއިޑަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަކަށް އެހީ ދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާ އެކު ދިރާގުން ކުރިއަށްގެންދާ މި ޕާޓްނާޝިޕްގެ މަގްސަދަކީ، މި އާއިލާތަކަށް އެއްބާރުލުން ދިނުމާއި ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑިޓު ބުރޯ
23 March 2025
މަމްސްގެ އޮޑިޓް ކޮބާބާ؟