29 މާޗް 2025 - 23:18
ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ވަރަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.
އެ އޮފާގެ ދަށުން، ދިރާގު ކަސްޓަމަރުންނަށް އީދު ހަދިޔާގެ ގޮތުގައި އާއިލާ ނުވަތަ ރަށްޓެހިންގެ ތެރެއިން 5 މީހަކަށް 12 މަސް ދުވަހުގެ މުއްދަތަށް 1ޖީބީ ޑޭޓާ ކޮންމެ މަހަކު ހިލޭ ލިބޭ ގޮތަށް ފޮނުވާލެވޭނެ އެވެ. މިއީ ދިރާގު ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭ އޮފާއެކެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އީދުގެ އުފާވެރި މުނާސަބަތުގައި ތައާރަފްކުރި އޮފާތައް މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންގެ އާއިލާ އާއި ރަހުމަތްތެރިންގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެހީތެރިވެދީ، އީދުގެ އުފަލުގައި އެންމެން ބައިވެރިކުރެވޭނެ ކަމަށެވެ.
ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް މާދަމާ އިން ފެށިގެން އޭޕްރީލް ހަތް ވަނަ ދުވަހުގެ ނިޔަލަށް އެ އޮފާގެ ދަށުން ދިރާގު އެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނެ އެވެ. އަދި، ކޮންމެ މަހަކު ލިބޭ 1ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ އެވެ.
ދިރާގުން އެކި މުނާސަބަތުތަކާ ގުޅިގެން މިފަދަ އެކި އޮފާތައް ދަނީ ތައާރަފް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy