04 އެޕްރީލް 2025 - 17:48
ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ގުޅުވައިގެން ރާއްޖޭގައި ބާއްވާ އީދު ބައިބަލާ ޗެލެންޖުގެ މި އަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މި މަހުގެ އެއް ވަނަ ދުވަހު ފެށު އެ މުބާރާތް ކުރިއަށް ދާނީ އާދިއްތަ ދުވަޖުގެ ނިޔަލަށެވެ. ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށް ދާ އެ މުބާރާތަކީ ރާއްޖޭގެ ގިނަ ކްލަބްތަކުން ދުރާލާ ތައްޔާރުވެގެން ބައިވެރިވެ ވަރަށް ފޯރީގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.
ދިރާގަކީ، ރާއްޖޭގައި އެކިއެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy