21 އެޕްރީލް 2025 - 11:00
އެމްޓީސީސީން ވަޒީފާގެ 60 ފުރުސަތު ހުޅުވާލައިފި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޓެކްނިކަލް އެސިސްޓެންޓުގެ މަގާމަށް ހުޅުވާލާފައިވާ 20 ފުރުސަތާއި ކާޕެންޓަރުންގެ މަގާމަށް ހުޅުވާލާފައިވާ 20 ފުރުސަތާއި މޭސަންގެ މަގާމަށް ހުޅުވާލާފައިވާ 20 ފުރުސަތެވެ.
އެ ކުންފުނިން ހުޅުވާލާފައިވާ ޓެކްނިކަލް އެސިސްޓަންޓުގެ މަގާމަށް، އަސާސީ ތައުލީމު ހާސިލްކޮށްފައިވާ ނަމަ ޝަރުތު ހަމަވާނެ އެވެ. އެ މަގާމަށް ހުށަހަޅާފައިވާ މުސާރަ އަކީ 10،000ރ. އެވެ. ކާޕެންޓަ އާއި މޭސަންގެ މަގާމަށް ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރެއްޖެ ނަމަ އެ މަގާމަށް ޝަރުތު ހަމަވާނެ އެވެ. އެ ދެ މަގާމަށް ހުށަހަޅާފައި ވަނީ 11،400ރ. އެވެ.
އެމްޓީސީސީން ބުނީ އެ ތިން މަގާމަށް ވެސް އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދޭނެ ކަމަށާއި ސްޓާފް މެޑިކަލް އިންޝުއަރެންސްގެ އިތުރުން ޕެންޝަން ސްކީމުގައި ހިމަނާނެ ކަމަށެވެ. އަދި ކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ހަރަދުގައި ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ.
މި ތިން މަގާމަށް މާދަމާގެ ނިޔަލަށް އެމްޓީސީސީގެ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުގެ ދިވެހިންގެ އިހްސާސް 2
21 April 2025
ދަނޑުވެރިކަން ފަދަ މަސައްކަތްތައް ދިވެހިންގެ އަތްމަތިންދޫވެ ، ބޭރުމީހުން އެމައްކަތްތަކަށް އަތްގަދަކޮށް ، މިގައުމުން ބޭރުވާ ފައިސާ އެތައް ގުނައަކަށް މަތިވެއްޖެ، ދިވެހިންނަށް ޙިދްމަތްލިބުން އަގުބޮޑުވެއްޖެ. ހަމަހަޤީގަތުގަވެސް އަހަރުން ދުވަހަކު ހިތައްވެސް ނާރާ ދިވެހި ދޯނިތަކުގަ ބޭރުމީހުން މަސްވެރިކަން ކުރަން ނިކުމެފާނޭ. މިއަދު އެކަންވެސް މިދަނި ފެންނަމުން،
ފަރަންޖީ
23 April 2025
ދިވެހިންގެ އަތްމަތިން ދޫވީކީ ނޫން . ދޫކޮށްލީ.. ދިވެހިން ކަންނެތްވީ. އެހެން މަސައްކަތްތަކުން ލިބޭއެއްޗަކުން ފުދޭތީ ބުރަމަސައްކަތް ދޫކޮށްލީ. ދަނޑުތަކަށް ބޭރުމީހުން ލީ ނޫނީ އެމީހުންނަށް ކުއްޔަށްދިނީ ދަނޑުހެއްދިމީހާ ގޭގައި ނިދާފަ އޮންނަން އޭނައަށް ބޭރުމީހާ ފައިސާދޭތީ. މަހަށް ބޭރުމީހުންލީ ޒުވާނުންގެ އިތުބާރުގެއްލި ޑިސިޕްލިން ގެއްލިގެން. ޒަމާން ބަދަލުވީ. ދިވެހިންގެ ފުދުންތެރިކަން ބޮޑުވީ. މިކަމުގައި އަޑީގައިވެސް ތިބީ ހަމަ ގްރީޑީ ދިވެހިން.
އަދުގެ ދިވެހިންގެ އިހްސާސް
21 April 2025
ވަރަށްވެސް ދެރަ މައްސަލައެއް، ދިވެހި މަސައްކަތު މީޙުން ގެއްލިއްޖެ، ބިދޭސީން ލޭބަރުންގެ ގޮތުގަ ގެނެސް މަސައްކަތް ދަސްކޮށްދިނުމުން މުޅި މަސައްކަތުގެ އިންޑަސްޓްރީ އެއްކޮށް ހިސޯރުކޮށްފި، ވަކިކަމެއްނެތް ، ހުރިހާ ދާއިރާތަކެއްވެސް ހަމަ އެވެރިންގެ އަތްމަތީގައި، ސިޔާސި ބޭނުމަށް އެކި އެކި ސަރުކާރުތަކުން މުއައްސަސާތަކަށް ނުކަތާވަރަށް ވަޒީފާ ދިންދިނުން މިއަދު މިއަދު ވޯކްޝޮޕް، ކާޕެންޓްރީ، ކޮންސްޓްރަކްޝަން، ދަނޑުވެރިކަން ފަދަ މަސައްކަތްތައް،
ސޭކުބެ
21 April 2025
ދިވެހިން ބުނާއަޑު އިވެނީ ވަޒީފާއަށް ދިވެހިން ނުލިބެނީ ކެއުމާ ހުރުމާ، މެޑިކަލްސް އާ އިތުރުގަޑި ބޭރުމީހުންނެކޭ އެއްގޮތަށް ނުލިބޭތީއޭ. އެގިދާނެތާ މިފަހަރު ވާގޮތެއް!
ވަޒީފާ
21 April 2025
ދިވެހިން ދެން ވަޒީފާއަށް ނެރެވެން އޮތީ ވަޒީފާއާބެހޭ ގާނޫނު އިސްލާހުވެގެން. ޔޫއޭއީގައި އޮންނަ ފަދަ ގޮތަކަށް ސަލާމާއި ޗުއްޓީގެ ކަންތައްތައް ހަމަޖެހިގެން. މިހާރު މިއޮންނަ ގޮތުން ދިވެހިންނަށް ދިވެހިންނަށް ވަޒީފާ ދީގެން ތަންތަން ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން.
ކޮރަލް
21 April 2025
ބިދޭސީ ކާޕެންޓަރެއް ނޫނީ މޭސަން އެއް ދުވާލަކަށް 600 ރުފިޔާ އަށް ވުރެ ކުޑަކޮށް މަސައްކަތު ނުދާނެ އެވެ. އެއީ މަހަކަށް 18 ހާސް ރުފިޔާ އެވެ. ދިވެހި މަސައްކަތު މީޙުން ގެއްލިއްޖެ އެވެ. ބިދޭސީން ލޭބަރުންގެ ގޮތުގަ ގެނެސް މަސައްކަތް ދަސް ކޮށްދީފި އެވެ. ހޮޓާ ކެފޭ ފިހާރަ ވޯކް ޝޮޕް ފަދަ ތަންތަނައް ދިވެއްސަކު ފެންނަން ނެތި އެއްވެސް ވިަޔފާރި އެއް ނުކުރެވޭ ގޮތަށް ހަދަން ވީ އެވެ. . ޓީވީ ކަންމަތީ ހުރި ދިވެހި ސާމާނު ވިއްކާ ތަނުގަ ވެސް ހުސް ބިދޭސީނެވެ.
އަލުންގިރި
21 April 2025
ދައްތަމެން ތިބޭ އަރާމުކޮށް ބޮޑު ގޮޑީގަ ފައި ދަމައިގެން، އަހަރުމެން މަސައްކަތްކުރާނަން
ގގސސ
21 April 2025
ފަޤީރުންގެ ލިސްޓުގައި އެބަތިބި 75 ރުފިޔާ ނުލިބޭ މީހުން. އެމީހުންނަށް ކޮންމެވެސް ރަނގަޅު ގޮތެއް ވެދާނެ މިފަދަ މަޤާމެއް ލިބިއްޖިއްޔާ. މާ މަތިން ވިސްނާތީ ކަންކަން ނުވަނީ. މާސްޓަސް ހަދާފައި ހުންނަ މީހަކަށް ވެސް ކިރިޔާ 18،000 ރުފިޔާ މިލިބެނީ،ް×
މޯޑް
21 April 2025
ހުރިހާ ފިހާރައެއްގަ ބޭރު އަންހެންކުދިން . ދިވެއްސަކައް އެއްވެސް ފުރުސަތެއް ނެއް.
ސޭތް
22 April 2025
ބައެއް ދިވެހިން ހިތް މާ މަތީގައި އޮންނަނީ. ފިހާރައެއްގައި ސޭޓަކަށް އިންނަން ލަދުގަންނަނީ. އަނބިމީހާއި ދަރިން ބިކަވިޔަސް ކޮންމެކޮންމެ ވަޒީފާއަކަށް ނުދާން ވިސްނުން ހުންނަނީ.