21 އެޕްރީލް 2025 - 15:24
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކޮންމެ މަހަކު ޕްލޭސްޓޭޝަން 5 ޕްރޯއެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޑީޖީޖީއަށް ސައިންއަޕްކޮށް ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް ފޮލޯކޮށްގެންނެވެ.
ދިރާގުން ބުނީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ހުރެގެން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި މިއީ ގޭމަރުންނަށް ޕީއެސް އާ ކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ތިން މަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ޖުމްލަ ތިން ޕީއެސް5 ޕްރޯ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަނުން ޕީއެސް 5 ޕްރޯ ލިބޭ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާގައި އިއުލާނު ކުރާނެ އެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. ޑީޖީޖީއިން އަންނަނީ އަގުހުރި އިނާމުތައް ހުށަހަޅައި ވާދަވެރި މުބާރާތްތައް ބާއްވާ ގޭމަރުންގެ ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy