ވިޔަފާރި / އެސްޓީއޯ

ބޮޑު އިނާމުތަކާއި ޑިސްކައުންޓްތަކާއެކު އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ބޮޑު ތިން ޕްރޮމޯޝަނެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސް: ފުރަތަމަ ފްލޯ އަންނަ އަހަރު ހުޅުވަނީ ---ފޮޓޯ: މިހާރު

އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ބޮޑު ތިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންތަކުގެ ތެރޭގައި ރެސްޓޯރަންޓާއި ކެފޭތަކަށް ހާއްސަ ޕްރޮމޯޝަނަކާއި ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އަދި އަލަށް އެޕާޓްމަންޓުތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ހިމެނެ އެވެ.

ރެސްޓޯރަންޓުތަކާއި ކެފޭތަކަށް ހާއްސަކޮށް އެސްޓީއޯއިން ފެށި ޕްރޮމޯޝަނުގައި އެތަންތަނުން ވިޔަފާރި ކުރުމަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަހަޅާ ކަސްޓަމަރުންނަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން ތިން މަސް ތެރޭގައި އެސްޓީއޯއިން އެންމެ ގިނައިން ވިޔަފާރިކުރާ 10 ކެފޭ، ރެސްޓޯރަންޓުތަކަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެންމެ ގިނައިން ވިޔަފާރިކޮށްގެން އެއް ވަނައަށް ދާ ކަސްޓަމަރަކަށް 150،000ރ. ގެ ކްރެޑިޓް އަދި ދެވަނަ އިނާމަކަށް 100،000ރ. ގެ ކްރެޑިޓް އަދި ތިން ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް ވަނީ ހުށަހަޅައިފަ އެވެ. އަދި ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުގަ އެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކުރި ޕްރޮމޯޝަނަކީ ވެސް ތިން މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ފަސޭހައިން ކްރެޑިޓް ފެސިލިޓީ ހަމަޖެހުމުގެ އިތުރުން އެ ކުންފުނީގެ އެޖެންޓަކަށްވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ކްރެޑިޓަށް މުދާ ނަގައިގެން އަދި އެޖެންޓުންގެ ގޮތުގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ލަކީޑްރޯގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ އެއް ލައްކަ ރުފިޔާގެ ކްރެޑިޓެވެ. އަދި ދެވަނަ އަށް 75،000ރ. ގެ ކްރެޑިޓް ހުށަހަޅާފައި ވާއިރު ތިން ވަނައަށް ހުށަހަޅާފައި ވަނީ 50،000ރ. ގެ ކްރެޑިޓް ފެސިލިޓީ އެކެވެ.

މި ޕްރޮމޯޝަން ވެސް ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުގަ އެވެ.

އެޕާޓްމަންޓުތަކަށް ބަދަލުވާ ކަސްޓަމަރުންނަށް ހާއްސަކޮށް ފެށި ޕްރޮމޯޝަނަކީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާޓުމަންޓްތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި، އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ވިއްކާ ހޯމް އެޕްލަޔަންސް ގަތުމަށް 15،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް 12 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. އަދި 25،000ރ. އާއި 35،000ރ. އާ ދެމެދުގެ އަދަދަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް 15 ޕަސެންޓު ޑިސްކައުންޓް އަދި 35،000ރ. އިން މަތީގެ ވިޔަފާރިތަކަށް 18 ޕަސެންޓް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ހިޓާޗީ އެއާކޮންޑިޝަންއިން 2.5 ޕަސެންޓުގެ ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެސްޓީއޯއިން ވިޔަފާރި ކުރާއިރު އެޕާޓްމަންޓު ލިބުނުކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ. އެ ޕްރޮމޯޝަނަކީ މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454