މާ ފިހާރައެއް: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ވަނީ ކުންފުންޏެއް އުފައްދައިފަ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
20 މާޗް 2017 - 21:18
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުންފުންޏެއް ރައީސް އަބްދުﷲ ޔާމީން މިއަދު އުފައްދަވައިފި އެވެ.
ރައީސް ނެރުއްވި ގަރާރެއްގައި ވިދާޅުވީ "ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި އުފެއްދި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނީގެ މަގުސަދަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ސެންޓަރުތައް ހިންގައި އަދި އެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމެވެ.
އެ ކުންފުނީގެ ހުއްދަކޮށްފައިވާ ރައުސްމާލަކީ 10 ރުފިޔާގެ، ފަސް މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 50،000،000ރ. ކަމަށް ބަޔާނުގައި ވެ އެވެ.
އެއީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަދި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމުގެ ހައްގު އޮންނަ ކުންފުންޏެއް ކަމަަށް ވެސް ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ އަހާލީ
21 March 2017
މީ ކޮން މާ ވިއްކާ ފިހާރައެއްތަ؟
އުމަރު
21 March 2017
ހުރިހައި ބޮޑެތި ވިޔަފާރިތަށް ސަރުކާރުން ހިންގައި މިހާރު ކަންމަތީ ފިހާރަތަށްވެސް ހިންގަން ކުންފުންޏެއް އުފެއްދެވީ، ދެން ޕްރައިވަޓް ސެކްޓަރުން ކީއްކުރަންދޭ ޓެކުހެއްތޯ؟ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ރަނގަޅަށް ވަދެއްޖެ، ސާބަސް އިކޮނޮމިސްޓައް
މެންޓަލިސްޓް
21 March 2017
ތިޔަހެން ހެދި އެމްއެމްޕީއާރސީވެސް ،،، އެންމެ ފަހުން ކަންނިމުނުއިރު ގައުމުގެ މުއްސަނދިކަން ޖީބަށް ޖަހާލާ ބަހާހުސްކުރީމައި ރައީސްމީހާ 2 އަހަރުފަހުން ބުނީ ތިމަންނާ ނުދެނެހުރީމޭ އެކަމު ތިމަންނާ މީ ރައީސޭ ،،،،،، ވަރަށްވެދުން
ދިވެއްސެއް
21 March 2017
ޖުމްލަގޮތެއްގައި ރާއްޖެއަށް ބޭނުންވަނީ އެންމެ ކަމެކެވެ. ރަށްތަކުން ޓެކްސް / ޖިޒީގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ދައުލަތް ހިންގުމަށް ހުރިހާ ފައިސާއެއް ނެގުމުގެ ބަދަލުގައި އެ ފައިސާއިން ބައެއް ސީދާ އަތޮޅުގެ ރަށްތަކަށް ރޭޝިއޯއެއް ކަނޑައަޅައި ދެމުން ގެންގޮސްބަލާށެވެ. ގާތްގަޑަކަށް 5 ވަރަކަށް އަހަރުތެރޭގައި ކޮންމެ ރަށެއްގައިވެސް އެރަށެއްގެ އަމިއްލަ ފެންވަރުން ޕްރޮޖެކްޓާއި ކުދިވިޔަފާރިއާއި ބޮޑެތި ވިޔަފާރިތައް ހިންގޭނެ ކެޕޭސިޓީ ކިޔާއެއްޗެއް ހުންނާނެއެވެ. މިހާރު ނަގާހާ ފައިސާއެއް "މީރާ" ކިޔާތަނަކަށް ވައްދައިގެން އެއަށް ހަދާނަހަދާއެއް ދަންނަ ބައެއް އަދި ތަނެއްވެސް ހުންނަ ކަމަކަށް ނުވެއެވެ. ތިޔަ އިތުރުކޮށްލެވުނީ މިދެންނެވި ޖިޒީގެގޮތުގައި ލިބޭއެއްޗެހި ބައްކޮށް މާލެއިން ރެގިޔުލޭޓްކުރުމަށް މިހާރުވެސް ޤާޢިމްވެފައިވާ ސިސްޓަމަށް އިތުރު ބޮޅެކެވެ. ނިކަމެތި މީހާ އިތުރަށް ނިކަމެއްޗެވެ. މުއްސަނދި މީހާ 7 އުޑުމަތީގައި ހަމަ ފިޔަޖަހާލަ ޖަހާލައެވެ. ހަމަ ބުނެލީ...!
ދާމީ
21 March 2017
ކިއްލި ވިއްކަންވެސް ފެށީ ؟؟
ޤައުމު
21 March 2017
"ސައްޕު" އަށް ދަންނަވާލަން އޮތީ ރާއްޖެތެރޭ މީހުން ބޮޑެތި މަޤާމުތަކުގައި ތިބީމާ ރާއްޖެތެރެއަށް ނިކަންވާފައިދާއެއް ބުނެބަލަ؟ އެމީހުން ތިބެގެން އެބައިމީހުންގެ ރަށްތައް ތަރައްޤީ ނުކުރާތީއޭ ދެންވެސްތިބިއްޔާ ތިބިބަޔަކު މާލެއަށްއައިސް ގަނަތެޅެންޖެހެނީ އެމީހުންގެ ރަަށަށް އެއްވެސް ކަމެއް ނުކޮށްދޭތީއޭ މިހެން ބުނާންޖެހެނީ ލިބޭހާލާރިއެއް ކުއްޔަށްދީގެން ހާދަހާލަކުއޭ މިމާލޭގައި އުޅެންޖެހެނީ ވަޒީފާއެއް ރަށަކުން ނުލިބޭ އެހެންވެ މިމާލެއަށް އަންނަން މަޖުބޫރުވަނީ މިތަނުގައި އުޅޭން އެއްވެސް ހިތްފަސޭހައެއްނޫން އަހަރެމެންގެ ރަށުގައި މާހިތްފަސޭހަ ތަނަވަސް ބޮޑެތިގެތަށް ފަޅުކޮށްފައި މިމާލެއަށް އަންނަން މަޖުބޫރުކުރަނީވެސް ހަމަތިޔަބުނާ ރާއްޖެތެރޭ ބޮޑެތި މަޤާމުތަކުގައި ތިބިމީހުން އަދިވެސް ހޭލާކަށް ނުވޭތަ؟
ބޭބޭ
21 March 2017
މަޤްސަދު ވަރަށް ސާފް ... ޕާޓީގެ އެކްވިސްޓުންނަށް ވަޒީފާ އާއި މުސާރަ ލިބި ޕާޓީއަށް ތާއީދު ކުރާ ފަރާތް ތަކައް ވިޔާފާރީގެ ނާޖާއިޒް ފައިދާ ހޯދާ ދިނުމާއީ 2018 އަށް ކެމްޕެއިން ކޮއްދިނުމާއި މިހެން ގޮސް އަމިއްލަ އެދުން ފުއްދުމުގެ ދިގު ލިސްޓެއް. މިހުރިހާ ކަމެއް ދިވެހިން ޓެކްސް ލާރިން.
އަލީ
21 March 2017
ޕާޓީކުދިންނަށް ވަޒީފާދޭންވީމާ އަބަދުވެސް ކޮންމެވެސް ނަމެއްކިޔާފަ ކުންފުންޏެއްހަދާނީ ވެރިކަމަށް އެރީއްސުރެ އުފެއްދި ކުންފުނީގެ އަދަދުވެސް އުޅެނީ ހަމަ ރޮކެޓް ސްޕީޑްގަ ރައްޔިތަކަށް ވީފައިދާއެއް ހަރާން
ހަސަނު
21 March 2017
ބަލަ ވިޔަފާރި ކުރަން ފައިސާ ލިބޭނެ ގޮތް ނެތަސް ވިޔަފާރި އަށް އެހީވާނެ ކުންފުނި ދޯހަދައްވީ ޢަނެެއްކާވެސް އެމް އެމް ޕީ އާރު ސީ އެެއް އުފަންކުރުވީ ތީ ދެެން ޗައިނާ ބޭންކުން ވިޔަފާރި ހިންގަން ދަސް ކޮންދޭން ލޯނު ނަގާ
ކުދިވާ
20 March 2017
ޕީޕީވައި ނުވާ ކުދި ވިޔަފާރިތައް ބަނގުރޫޓު ކުރާނެ ކުންފުންޏެއް.