ލޭޒާ ތެރަޕީގެ ހިދުމަތް ހޯދަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
30 ޖޫން 2025 - 11:43
ފިޒިއޮތެރަޕީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ޓޯޓަލް ފިޒިއޯއިން ގޭގެއަށް ޒިޔާރަތްކޮށް ފިޒިއޮތެރަޕީގެ ހިދުމަތް ދެމުން އަންނަ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.
ޓޯޓަލްފިޒިއޯއިން ބުނީ އެ ހިދުމަތް ތައާރަފްކުރީ ފިޒިއޮތެރަޕީ ހޯދުމަށް އެ ސެންޓަރަށް ޒިޔާރަތް ކުރުމުގައި، ބަލިހާލަތުގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފުތަކަށް ލުޔެއް ހޯދައިދޭން ކަމަށެވެ.
ޓޯޓަލްފިޒިއޯއިން ބުނީ އެ ކްލިނިކުގައި ގެންގުޅޭ އިކުއިޕްމަންޓާއި މެޝިނަރީޒް އަކީ ޕޯޓަބަލް ތަކެތި ކަމަށެވެ. އަދި ހޯމްފިޒޯގައި މެޝިނަރީއެއް މެދުވެރިކޮށް ފަރުވާދޭން ޖެހޭ ނަމަ, އެ މެޝިނެއް ނުވަތަ އިކުއިޕްމަންޓެއް ފަރުވާ ދިނުމަށް ގެންދާނެ ކަމަށް ބުންޏެވެ.
ޓޯޓަލްފިޒިއޯ. ޒަމާނީ އެޑްވާންސް ފިޒިއޯތެރަޕީގެ ހިދުމަތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޓޯޓަލްފިޒިއޯއިން ކޮންމެ ޕޭޝަންޓަކަށް ވެސް ފަރުވާ ދެނީ ކޮންސަލްޓޭޝަން އާއި އެސެސްމަންޓު ހެދުމަށް ފަހު އެވެ. އަދި ކޮންމެ ޕޭޝަންޓަކަށް ވެސް ފަރުވާ ދިނުމަށް ވަކި ޓްރީޓްމަންޓު ޕްލޭނެއް އެކުލަވާލަ އެވެ.
ހޯމްފިޒިއޯ ދިނުމުގައި އެ ކްލިނިކުން އިސްކަން ދެނީ ބަލިހާލުގެ ސަބަބުން އެ ކްލިނިކުން ފަރުވާ ހޯދުމަށް ދަތިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި އޮޕަރޭޝަނަކަށް ފަހު ނުވަތަ ސްޓްރޯކް ފަދަ ބައްޔަކާ ގުޅިގެން ހެލިފެލިވެ އުޅުމަށް ދަތިވާ ފަރާތްތައް ހިމެނެ އެވެ. ޓޯޓަލްފިޒިއޯއިން ބުނީ ޕޭޝަންޓުންނަށް ހޯމްފިޒިއޯ ދިނުމަށް ފަހު ޕޭޝަންޓު މޮބަލައިޒްވުމުން, ފަރުވާ އިތުރަށް ފުރިހަމަކުރުމަށް އެ ކްލިނިކުގައި ހުންނަ ރީހެބް ޖިމަށް ޕޭޝަންޓު ގެންދާ ކަމަށެވެ.
ޓޯޓަލްފިޒިއޯ ކައުންޓަރު: އެ އެ ކްލިނިކުން 600 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޓޯޓަލްފިޒިއޯ ކްލިނިކުން ގޭގެއަށް ޒިޔާރަތްކޮށްދޭ އިތުރު ފަރުވާތަކުގެ ތެރޭގައި އެނދުމަތިވެފައިވާ ބަލިމީހުންނާއި ސްޓްރޯކް ޕޭޝަންޓުންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ ސްޓްރެންތެނިން އެކްސަސައިޒްތައް ދިނުން ހިމެނެ އެވެ. އެ ކަސްރަތުތަކުގެ ތެރޭގައި ވެއިޓް ޓްރެއިނިން ފަދަ ޕްރޮގުރާމުތައް ހިމެނެ އެވެ.
އެ ކްލިނިކުގެ މެނޭޖިން ޑިރެކްޓަރު އަރީން އަހުމަދު ވިދާޅުވީ މިހާތަނަށް ދީފައިވާ ހޯމްފިޒިއޯ ހިދުމަތާ މެދު ޕޭޝަންޓުންނާއި ޕޭޝަންޓުންގެ އާއިލާތަކުގެ ފަރާތުން ރަނގަޅު ފީޑްބެކެއް ލިބިފައިވާ ކަމަށެވެ. އަދި ފާއިތުވި ކުޑަދުވަސްކޮޅުގެ 40 އަށް ވުރެ ގިނަ ޕޭޝަންޓުންނަށް ގޭގެއަށް ގޮސް ފަރުވާ ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
ހޯމް ފިޒިއޯގެ ހިދުމަތް މާލޭގެ އިތުރުން ވިލިނގިލި އަދި ހުޅުމާލެ 1 އާއި 2 ގައި އުޅޭ ފަރާތްތަކަށް ފޯރުކޮށްދެ އެވެ.
ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ޓޯޓަލްފިޒިއޯއިން ފިޒިއޮތެރަޕީގެ ހުރިހާ ހިދުމަތެއްހެން ލިބޭނެ އެވެ. އޭގެ ތެރޭގައި އޭސީއެލް އަދި މިނިސްކަސް އިންޖަރީތަކާއި ކަކުލާއި ކޮނޑާއި ހުޅުތަކުގެ ތަދުތަކުގެ އިތުރުން މަސްގަނޑަށް ވާ ތަދުތަކުގެ ފަރުވާ ހިމެނެ އެވެ. އަދި އާތުރައިޓިސް ފަދަ ބަލިތަކާއި ނާރުގެ މައްސަލައާ ގުޅުން ހުރި ތަދުތަކަށް ވެސް ހާއްސަ ފަރުވާ އެތަނުން ދެ އެވެ. އޭގެ އިތުރުން ސްޓްރޯކް ޕޭޝަންޓުންނާއި އުމުރުން ދުވަސްވީ މީހުންނާއި ފިޒިއޮތެރަޕީގެ ހިދުމަތް ބޭނުންވާ ޕޭޝަންޓުންނަށް އެތަނުން ހިދުމަތް ލިބޭނެ އެވެ.
ޓޯޓަލްފިޒިއޯއިން ދޭ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 3301700 އަދި 7661700 އިން ލިބޭނެ އެވެ. އަދި ވައިބާ މެދުވެރިކޮށް ވެސް އެޕޮއިންޓުމަންޓު ހެއްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy