ވިޔަފާރި / މޯލްޑިވްސް އިސްލާމިކް ބޭންކް

އެމްއައިބީގެ ރިވޯޑް ކްލަބް، އެމްއައިބީ9 ބަދަލުތަކަކާ އެކު ރީލޯންޗްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފީސް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް މުސާރަ ޖަމާކުރާ ފަރާތްތަކަށް ހާއްސަ ބެނެފިޓްތަކާއި ތަފާތު އެކި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ އެމްއައިބީ9 ކްލަބަށް އާ ބަދަލުތަކެއް ގެނެސް ރީލޯންޗުކޮށްފި އެވެ.

އެމްއައިބީގެ އޮފިޝަލް ފޭސްބުކް ޕޭޖު މެދުވެރިކޮށް، މި ކްލަބް ރީލޯންޗްކުރަން ބޭއްވި އިވެންޓުގައި އެ ބޭންކުގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރު ހުސެއިން އާލިމް ޝަކޫރު ވިދާޅުވީ އެމްއައިބީ9 ކްލަބަކީ ހަމައެކަނި ރިވޯޑު ޕްރޮގްރާމެއް ނޫން ކަމަށެވެ. މިއީ ދިރިއުޅުމުގެ އެކި ކަންކަން ތަފާތު ގޮތަކަށް ތަޖުރިބާ ކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މި ކްލަބުގެ މެމްބަރުންނަށް ދިވެހި ރުފިޔާ ކާޑުން އޮންލައިން ވިޔަފާރިކުރުމަށާއި މަހުންމަހަށް ސަބްސްކްރިޕްޝަންތަކަށް ޑޮލަރުން ފައިސާ ދެއްކުން ފަދަ އޮންލައިން ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 250 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ. އުޖާލާ ދިރިއުޅުން މެދުވެރިކޮށް ކުޑަ އަގެއްގައި ފައިނޭންސްކުރުމަށް ކުޑަ އިންސްޓޯލްމަންޓް އަދަދަކާ އެކު އިތުރު ލިމިޓެއް ވެސް މި ކްލަބްގެ މެމްބަރުންނަށް ލިބޭނެ އެވެ.

މީގެއިތުރުން ކޮންސިއޭޖް ގުރޫޕް މެދުވެރިކޮށް، ބަޓިކް އެއާގެ ފްލައިޓްތަކުން މަގުބޫލު ޑެސްޓިނޭޝަންތަކަށް އަގުހެޔޮކޮށް ދަތުރުކުރުމަށް ޓިކެޓްތަކުން 12 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ވެސް ލިބޭނެ އެވެ.

ބައެއް ޖިމްތަކުން ވެސް އެމްއައިބީ9 ކްލަބްގެ މެމްބަރުންނަށް ޑިސްކައުންޓް ލިބެ އެވެ. ޓީއެފްޖީ އާއި ޖިމްނޭސިއާ އިން 30 ޕަސެންޓާ ހަމައަށް ޖެނެރަލް މެމްބާޝިޕުން ޑިސްކައުންޓު ލިބެ އެވެ. އަދި ފްލޭޝް ޑީލްސްގެ ނަމުގައި އެމްއައިބީގެ ޕާޓްނާ ފިހާރަ، ރެސްޓޯރެންޓް އަދި ގެސްޓުހައުސްތަކުން ކްލަބު މެމްބަރުންނަށް ހާއްސަ އެކި ޑިސްކައުންޓުތައް ވެސް ލިބޭނެ އެވެ.

އެމްއައިބީ އިން ބުނި ގޮތުގައި މި ކްލަބުގެ މެމްބަޝިޕާ އެކު ހުރިހާ ފައިދާތަކެއް، މުސާރަ ޖަމާކުރާ ފުރަތަމަ މަހުން ފެށިގެން ލިބޭނެ އެވެ.

މި ކްލަބް ރީލޯންޗުކުރުމާ ގުޅުވައި ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ.

އެ ޕްރޮމޯޝަނުގައި ކުރިއަށް އޮތް ތިންމަސްދުވަހު މި ކްލަބާ ގުޅޭ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ހަތަރު ފަރާތަކަށް ހާއްސަ އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ބަޓިކް އެއާގެ އެންމެ މަގުބޫލް ހަ ގައުމަކުން އެއް ގައުމަކަށް ދިއުމަށް 2 މީހުންގެ ދެކޮޅު ޓިކެޓާއި 1000 ޑޮލަރުގެ ފައިސާގެ އިނާމް ހިމެނެ އެވެ. އަދި ބޭންކުގެ ޕާޓްނާ ޖިމަކުން އެއް އަހަރު ދުވަހުގެ ހިލޭ މެމްބާޝިޕް އާއި އެޕަލް މެކްބުކް އެއާއެއް ވަނީ ހުށަހަޅައިފަ އެވެ.

އަންނަ އޮކްޓޯބަރު، 15 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ. މި އޮފާއާ ގުޅޭ އިތުރު މައުލޫމާތު އެމްއައިބީގެ ވެބްސައިޓުން ލިބޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454