އުރީދޫގެ ހެޑް އޮފީސް ބިލްޑިން: އުރީދޫއިން ބާއްވާ އަތޮޅު ދުވުން ގޭމުގައި މިމަހުގެ އިނާމަކަށް ހައިބްރިޑް ބައިސްކަލެއް ވަނީ ހުށަހަޅާފައި
03 އޯގަސްޓް 2025 - 19:09
އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.
މި މަހުގެ ނިޔަލަށް ހިލޭ ލިބޭ މި ޕެކޭޖުން ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލް ކުރުމުން އިންޝުއާ ކުރެވޭނެ އެވެ. ހޯމް އެސެޓް އިންޝުއަރަންސްގެ ކަވަރޭޖް ލިބޭނީ ފަރުނީޗަރާއި ފިޓިންސް، އިލެކްޓްރޯނިކް ސާމާނާއި ފޭރާމާއި އަމިއްލަ ސާމާނާއި ކުޅިވަރު އިކުއިޕްމަންޓާއި ޕެޓްސްއާ ގުޅުން ހުރި ތަކެއްޗަށެވެ.
އޮގަސްޓް މަހު އަލަށް ސުޕަނެޓް ނަގާ މީހުންނަށް ސުޕަނެޓް އެކްޓިވޭޓް ކުރުމަށް ފަހު މި ހިދުމަތަށް ރިކުއެސްޓުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy