04 އޯގަސްޓް 2025 - 14:40
ހައްވަ، އަހަރެމެންނާ ފުރަތަމަ ބައްދަލުކުރީ މީގެ 12 އަހަރު ކުރިން ވަތަނިއްޔާގެ "ލިވް އަންލިމިޓެޑް" އިޝްތިހާރުންނެވެ. އޭރު ވެސް ހައްވަ ދިޔައީ މި ޝިއާރުގައި، ގުޅުންތައް ބަދަހިކުރަމުންނެވެ. ރަހުމަތްތެރިޔާގެ ކައިވެނި ޕާޓީގެ ކަންކަން ރާވައި ވީ އެންމެ ފުރިހަމައަކަށް ގެންގޮސްދެވޭތޯ ބެލި އެވެ. އެކަން ހައްވަ އަށް ކުރެވުނީ ވަތަނިއްޔާގެ "އަންލިމިޓެޑް" ކޯލް އަދި އެސްއެމްސް ޕެކޭޖުތަކުންނެވެ.
އޭގެ ފަހުން ވަތަނިއްޔާ "އުރީދޫ މޯލްޑިވްސް"އަށް ރިބްރޭންޑުވެ, ކުންފުންޏަށް އެކި ބަދަލުތަކެއް އަތުވެއްޖެ އެވެ. އެކަމަކު، ބަދަލުނުވެ އޮތީ އެއް މޮޓޯއެކެވެ. އެކަކު އަނެކަކާ ގުޅުވާލަދިން، "ލިވް އަންލިމިޓެޑް" އެވެ. މި ޝިއާރުގެ ދަށުން އަދިވެސް އުރީދޫން އަންނަނީ ލިމިޓެއް ނެތި ފޯންކޯލާއި އެސްއެމްއެސް އަދި ޑޭޓާގެ ހިދުމަތާ އެކު އެންމެންގެ ދިރިއުޅުން ފަސޭހަކޮށްދެމުންނެވެ.
ހައްވަގެ ދިރިއުޅުމަށް އައި ބަދަލު، މިފަހުން އުރީދޫން ފާހަގަކުރި 20 ވަނަ އަހަރާ ގުޅުވައިގެން ވަނީ ސްކްރީނަށް ގެނެސްދީފަ އެވެ. އޭނާގެ އެންމެ ފޮނި ހަނދާންތައް އަދިވެސް ގުޅިފައި ވަނީ ކުރީގެ ޝިއާރު، "ލިވް އަންލިމިޓެޑް"އާ އެވެ.
ހައްވަގެ ރަހުމަތްތެރިޔާގެ ކައިވެނި ޕާޓީން ދިމާވި ބައިވެރިޔާއާ އެކު ޒަވާޖީ ހަޔާތެއް ފެށީ އެވެ. ފިރިމީހާ މަސައްކަތަށް ކަނޑުމައްޗަށް ދިއުމުން އޭނާގެ ދިރިއުޅުމަށް އަންނަ އެކަނިވެރިކަމާއި ފަޅުކަން ފިލުވައި ދިނީ ފިރިމީހާގެ ކޯލުތަކެވެ.
އެއީ ހައްވަގެ ދިރިއުޅުމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ؛ ކިތަންމެ ދުރުގައި ތިއްބަސް އުރީދޫގެ އެހީގައި އެ ދެމަފިރިންނަށް ދިރިއުޅުމުގެ ކަންކަން ހިއްސާކުރެވުނެވެ. އޭގެ ފަހުން، ޒަމާނާ އެއްކޮށް އުރީދޫގެ ފޯނު ކޯލުތައް ވީޑިއޯ ކޯލުތަކަށް ބަދަލުވެ, ހައްވަ އާއި އޭނާގެ ދަރިފުޅުގެ ދިރިއުޅުން ވެސް ފިރިމީހާއާ ހިއްސާކުރުމުގެ ފުރުސަތު ލިބުނެވެ. މެސެޖާއި ކޯލުން ދެ މީހުން ތިބީ އަބަދު ގުޅިފަ އެވެ.
މިއީ، އުރީދޫގެ ކަސްޓަމަރުންނަށް ދޭން ބޭނުންވާ "ލިވް އަންލިމިޓަޑް" ތަޖުރިބާ އެވެ. ކޮންމެ ތަނެއްގައި, ކޮންމެ ވަގުތަކު ހުރެގެން ވެސް އާއިލާއާ އެކު ބޭނުން ވަރަށް ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
އަދި ދިރިއުޅުމުގެ މުހިންމު ހުރިހާ ވަގުތުތަކެއް އެންމެ ފުރިހަމައަށް ފޯނު މެދުވެރިކޮށް ހިއްސާކުރުމުގެ ފުރުސަތު ދިނުމެވެ. ހައްވަ، އޭނާގެ ފިރިމީހާ ދުނިޔޭގައި ހުރި އިރުގެ އެންމެ ފޮނި ހަނދާންތަކަކީ ފޯނުކޯލާއި މެސެޖު މެދުވެރިކޮށް ހުރި ހަނދާންތަކެވެ. ދުރުގައި ތިބި ނަމަވެސް އެކުގައި ހުރިހާ ކަމެއް ހިއްސާކޮށް ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނީ އުރީދޫންނެވެ.
އިސްތިހާރުގައި ހައްވަގެ ދިރިއުޅުން ބަދަލުވެ, ދަރިފުޅު ކައިވެނިކޮށް, މާމަ ދަރިން ލިބުނުއިރު ވެސް ބަދަލުނުވެ އޮތީ އެންމެ ކަމެކެވެ. އުރީދޫން އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ގުޅުވައިލަ ދިން ގުޅުވާލުމެވެ.
އެ ވީޑިއޯ ނިންމާލަމުން ދޭ މެސެޖަކީ ވެސް އެއީ އެވެ. ހަޔާތަކީ ވަގުތީ އެއްޗެއް ނަމަވެސް ހަޔާތުގެ މުހިންމު ހިނދުކޮޅުތައް ކޮންމެ ފޯންކޯލަކާއި ކޮންމެ މެސެޖަކުން ދެމިގެން ދާކަމެވެ. އުރީދޫގެ "ލިވް އަންލަމިޓަޑް" ޝިއާރުގެ ދަށުން އެކަން ފަހިކޮށްދޭ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy