13 އޯގަސްޓް 2025 - 11:24
ދިރާގުޕޭ ޑައުންލޯޑުކޮށް އެއަށް ރަޖިސްޓަރީކޮށްގެން 50،000ރ. ހޯދުމުގެ ފުރުސަތު ދިރާގު ފިންޓެކް އިން ހުޅުވައިލައިފި އެވެ.
ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީ ކުރާ ކަސްޓަމަރުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަނުގައި ދޭ ބައިލައްކަ ރުފިޔާ ލިބޭ ފަރާތް ހޮވާނީ ހާއްސަ ލަކީޑްރޯއަކުންނެވެ.
ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.
މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންނަށް ރައްކާތެރި، ހަލުވި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު ފިންޓެކީ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy