18 އޯގަސްޓް 2025 - 18:09
ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ އަމަލީ މަސައްކަތް ނިންމައި ބޭނުންކުރަން ފަށައިފި އެވެ.
މިއީ، އެމްޑަބްލިއުއެސްސީން މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.
އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބޭނުން ކުރަން ފެށުން އިފްތިތާހު ކޮށްދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، ސީނިއާ މެނޭޖްމަންޓް އާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
ހުޅުމާލޭގައި ގާއިމުކުރި 10,000 ޓަނުގެ މި ތާނގީއަކީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީ އެވެ. ސައުވީސް މީޓަރު އުސް މި ތާނގީގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެެވެ. މި ތާނގީ ބޭނުން ކުރަން ފެށުމާ އެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22,600 ޓަނަށް ވަނީ އިތުރުވެފަ އެވެ. މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި ތާނގީ ބޭނުންކުރަން ފެށުމުން މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް ވަނީ އިތުރުވެފަ އެވެ. ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މި އަހަރުގެ ފެބުރުއަރީގައި މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ވަގުތީ ގޮތުން ވަނީ ގުޅާލައިފަ އެވެ. މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ހިދުމަތް ވެސް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން އަންނަނީ، އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ކެޕޭސިޓީ އިތުރުކޮށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންދިނާ
19 August 2025
ދެން ތިޔަށްވެސް ބުޅަލެއް ވެއްޓުނީމާ ހުންނާނީ ހުރިހާ ކަމެއް ހަމަވެފައި...
ވަތަނިއްޔަތު
19 August 2025
ޝުކުރީއްޔާ ރ.ސޯލިހް. މަނިކްފާން ގެ ވިޝަން އެބަ ތަސައްވަރުވޭ
ޢަނާ
19 August 2025
ގޯތިތައް ނިންމާލާފަ ހަވާލު ކޮށްލަބަލަ ތި ސްޕީޑުގައި
އެނގެޔޭ
19 August 2025
މިހާރު ކުންފުނިތަކުން މިނިންމާ އެއްވެސް ޕުރޮޖެކްޓެއް ނިމުން ފާހަނގަކުރާއިރު އެއިން އެއްވެސް ޕުރޮޖެކްޓެއް ފެށި ތާރީޚެއް ހާމަނުކުރާނެ. އޭގެ ސަބަބު ރައްޔިތުންނަށް އޮޅިފައިނުވާނެ.
މިންބަރު
19 August 2025
ވޯލްޑް ރިކޯޑްސް އިން ޖާގައެއް ނުލިބޭތޯ؟ ފެން ރައްކާކުރާ ތާނގީއެއް ހެދިއަސް ބޮޑު ރަސްމިއްޔާތެއް ބާއްވަންޖެހޭތޯ ހަމަ، ސިޔާސީން ޕްރޮމޯޓްވާން ކުންފުނިތަކުން ބޭކާރު ޚަރަދު ކުރުވަނީ، ހުރިހާ ގެއްލުމެއް ރައްޔިތުންނަށް
އިސްމާލި
19 August 2025
މިކަމުގެ ސަބަބުން ހިދުމަތް އިތުރަށް "ފުރިހަމަވެ"، "އުޖާލާވެ"، "ކުރިއަރައި"، ދިއުން ނޫން އެއްޗެއް ނުކިޔާ. ބަލަ އަހާލަން ރަނގަޅު ދޯ، އިތުރަށް ފުރިހަމަ ވަނީ ކޮން ގޮތަކުން ތޯ؟ މިސާލަކަށް މި ތާނގީގެ ސަބަބުން، ފެން އުފެއްދުން ހުއްޓޭ ހާލަތުގައި، މި ސަރަހައްދަށް، މިތައް ދުވަސް ވަންދެން ފޯރުކޮއްދެވޭނެ ރިޒަރވް އެއް ހެދުނިއްޔޭ؟؟؟؟