ވިޔަފާރި / އުރީދޫ

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުޅުވާލައިގެން ބާއްވާ އުރީދޫ ނޭޝަންގެ އެޓޯލް ލީގު ފޯރިގަދަކޮށް ކުރިއަށް ދަނީ

27 އޯގަސްޓް 2025 - 11:42

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އީސްޕޯޓްސް ލީގު، އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 ފޯރިގަދަކޮށް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި މަހުގެ 20 ވަނަ ދުވަހު ފެށި އެ ލީގުގައި 16 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 49 ޓީމު ވާދަކުރެ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި މުބާރާތުގައި ކުޅެނީ ޕަބްޖީ މޮބައިލް ގޭމެވެ.

މި ލީގަށް ޖުމްލަ ބައިލައްކަ ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ 25،000ރ. އާއި ދެ ވަނަ ޓީމަށް ހުށަހަޅާފައިވާ 12،000ރ. އާއި ތިން ވަނަ ޓީމަށް ހުށަހަޅާފައިވާ 6،000ރ. އާއި ހަތަރު ވަނަ ޓީމަށް ހުށަހަޅާފައިވާ 3،000ރ. އާއި މުބާރާތުގެ އެމްވީޕީއަށް ހުށަހަޅާފައިވާ 4،000ރ. އެވެ.

އުރީދޫ ނޭޝަންއިން ބުނީ އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ ގޭމް ކުޅޭ ކުޅުންތެރިން ގައުމީ ފެންވަރުގައި ގުޅާލައި، ވާދަކޮށް، ގޭމަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭނެހެން ރާވާފައިވާ މިލީގަކީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އީސްޕޯޓްސް ކޮމިއުނިޓީ އެއްތަންކޮށް، ޒުވާނުންނަށް ކުރިއަށްދެވޭނެ އިތުރު މަގުތައް ހޯދައިދޭނެ ލީގެއްގެ ގޮތުގައި ސިފަކުރި އެވެ.

މި ލީގުގައި ބައިވެރިވާ އަތޮޅުތަކާއި އެ އަތޮޅުތަކުގެ ޓީމުތަކުގެ ތެރޭގައި ހިމެނެނީ:

- އއ. އަތޮޅު: މާޅޮސް އެމްއެސްސީ، ތޮއްޑޫ އެޕެކްސް ލެޖެންޑްސް، އުކުޅަސް އެޗްއެންޓީއާރް

- އދ. އަތޮޅު: އޮމަދޫ ޑާކް ކޭމްޕާ، އޮމަދޫ އައިސް، އޮމަދޫ ސްނޭކް

- ބ. އަތޮޅު: ގޮއިދޫ ގަބުޅި، ގޮއިދޫ ކުރޯޅި، ކުޑަރިކިލު ސީއެންޑީ އެޕެކްސް، ކުޑަރިކިލު ކަމިކާޒޭ، ޓީމް ކުޑަރިކިލު، ތުޅާދޫ އެފް12

- ދ. އެތޮޅު: ބަނޑިދޫ ޑީއެމްޓީ، ހުޅުދެލި ބީއެލްކޭ، ހުޅުދެލި އީކިއުޒެޑް

- ފ. އަތޮޅު: ފީއަލީ އޭޑީވީވައި، ފީއަލިއަންސް، ޓީމް ބިލެއްދޫ

- ޏ/ގއ އަތޮޅު: އައްޑޫ ސިޓީ އެސްއޯއެލް، އެފްވީއެމް ސިޓީ އޭކޭޒެޑް، އެފްވީއެމް ސިޓީ އަންޓެއިކޫ، އެފްވީއެމް ސިޓީ ޓީއާރްއެފް ޓައިޓަންސް، ގެމަނަ ލީޖިއަންސް

- ހއ އެޓޯލް: ދިއްދޫ އެލްއެފް، މާރަންދޫ، މުރައިދޫ ޓީއެމް4 ، ޓީމް އުލިގަމް

- ހދ. އަތޮޅު: ނޭކުރެންދޫ ، ޓީމު ހިރި

- ކ. އަތޮޅު: އެޗް އެލް އެމް އެލް ނެޗުރަލީ ލީތަލް، ހުރާ ފެނެޓިކް، މާލެ މޮރިގަން، ތުލުސްދޫ ފެލްކަންސް

- ލ. އަތޮޅު: ފޮނަދޫ ޑީއެމްޒެޑް، އިސްދޫ ސީއެލްއެކްސް

- ޅ. އަތޮޅު: ހިންނަވަރު ސީއެންޑީ، ނައިފަރު ބެސާކް، ނައިފަރު ޔޫރަޕް، ޓީމް ނައިފަރު

- ރ. އަތޮޅު: މާކުރަތު އެކްސްއެންޓީއާރްއެކްސް، މަޑުއްވަރީ ކެޒް ކްރޫ، މަޑުއްވަރީ އެކްސްއެލްއެން

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025ގެ އެންމެ ފަހުގެ މައުލޫމާތާއި މެޗު ޝެޑިއުލްތަކާއި ހައިލައިޓްސްތަކާ އެކު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ އިން ލިބޭނެ އެވެ. އަދި ހުރިހާ މެޗެއް ވެސް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ރިއަލް ޓައިމްގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454