01 ސެޕްޓެމްބަރ 2025 - 12:54
ރާއްޖޭގެ ރަށްތަކުގައި އިންޓަނެޓުގެ ހިދުމަތްދޭ ސެޓްލިންކުން ފައިބާ ކޭބަލް މެދުވެރިކޮށް ރ. ފައިނުގައި އިންޓަނެޓުގެ ހިދުމަތާއި މީޑިއާ ނެޓް އައިޕީޓީވީގެ ހިދުމަތް ދޭން ފަށައިފި އެވެ.
ސެޓްލިންކުން ފައިނުގައި އަލަށް މި ހިދުމަތް ދޭން ފެށުމާ ގުޅިގެން މި މަހުގެ ނިޔަލަށް ސެޓްލިންކުގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ފައިބާ އަޅައިދީ، އިންޓަނެޓު ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ.
ސެޓްލިންކުން ބުނީ، އެ ކުންފުނީގެ ފައިބާ ކޭބަލްއާ އެކު، އެއް ނެޓްވޯކަކުން އިންޓަނެޓާއި މީޑިއާނެޓް ހިދުމަތް ލިބުމަކީ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއް ކަމަށެވެ. އަދި މިއީ ފައިނުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ދޭ ހިދުމަތެއް ކަމަށާއި އިތުރު ރަށްރަށަށް މި ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ސެޓްލިންކުން ބުނި ގޮތުގައި އެ ކުންފުނިން ފޯރުކޮށްދޭ އިންޓަނެޓު ހިދުމަތަކީ ޕްރިޕެއިޑް ހިދުމަތަކަށް ވުމުން ހެޔޮ އަގުގައި އަދި ހަލުވި ސްޕީޑުގެ އިންޓަނެޓް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ އެވެ. އަދި އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން ޓެކްނީޝަނުން ތިބޭނެ ކަމަށް ބުންޏެވެ.
ސެޓްލިންކުގެ އިންޓަނެޓް ހިދުމަތަށް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އެދެވޭނެ އެވެ. އަދި ކުންފުނީގެ ފޯނު ނަންބަރު 300048 އިން ހިދުމަތްތަކުގެ އިތުރު މައުލޫމާތު ލިބޭނެ އެވެ.
ސެޓްލިންކަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރަށްތަކަށް އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
01 September 2025
އެރަށަށް ފައިނުބަރު ކިޔަންވީނުން؟