13 އެޕްރީލް 2017 - 15:36
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ އަދަދު ހަތް މެމްބަރުންނަށް ކުޑަކުރަން އީޖީއެމްއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުގެ އަގުލަބިއްޔަތު ނުލިބިގެން ފެއިލްވެއްޖެ އެވެ.
އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވިދާޅުވީ ޑިރެކްޓަރުންގެ ބޯޑު ކުޑަ ކުރަން އީޖީއެމްއަށް ހުށަހެޅުމަށް އިއްޔެ ބޯޑުގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެ އިސްލާހަށް ތާއީދުކުރެއްވީ އެންމެ ތިން މެމްބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް ދެކޮޅު ހެދީ ފަސް މެމްބަރުންނެވެ. އޭގެ ތެރެއިން ސަރުކާރުގެ ދެ ޑިރެކްޓަރަކު ވެސް ދެކޮޅު ހެދި ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
"ކުންފުނީގެ އާއްމު ހިއްސާދާރުންގެ ހައްގުތައް ސަލާމަތްވީ މިފަހަރު ސަރުކާރުގެ ޑިރެކްޓަރުންގެ މަސައްކަތުން. އަޅުގަނޑަކަށް ނޭނގެ މި ފަދަ ބަދަލުތަކެއް ކުއްލިއަކަށް ގެންނަން ބޭނުންވި ސަބަބެއް،" އޭނާ ވިދާޅުވި އެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑު ކުޑަކުރުމަށާއި އިތުރު ހިއްސާ ވިއްކުމަށް ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދު އިސްލާހުކުރަން ބޯޑުގައި މަޝްވަރާކުރަން ހުށަހެޅި އެވެ. އަދި ބޯޑު ކުޑަކުރުމުގެ އިތުރުން އެކަކަށް ޖެހިޖެހިގެން ހަ އަހަރު ވަންދެން ބޯޑުގައި ހުރެވޭ ގޮތަށް އަދި މުޅި ބޯޑު ކޮންމެ އަހަރަކު ވެސް އިސްތިއުފާ ދޭ ގޮތަށް ހިންގާ ގަވައިދަށް އިސްލާހުކުރަން ހުށަހެޅި އެވެ. އެންމެ ފަހުން ޖަލްސާ ނިންމާލީ އެ ދެ ގަވައިދަށް ވެސް ގެންނަން އުޅުނު އިސްލާހު ފާސްނުވާ ކަމަށް ނިންމުމަށްފަހު ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު ފަސް ރުފިޔާ އަށް ދަށްކޮށް، ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކާ ގޮތަށް ނިންމާފައިވެ އެވެ. އެގޮތުން މިހާރު ހިއްސާ ގަނެފައިވާ މީހުންނަށް އެ ކުންފުނީގެ އިތުރު ހިއްސާ ގަތުމުގެ ފުރުސަތު ދިނުމުން، ކުރިން ދޫކޮށްފައިވާ ކޮންމެ ހިއްސާއަކަށް 10ރ. ލިބޭނެ އެވެ. އަދި ހިއްސާއެއްގެ މޫނުމަތީގެ އަގު ފަސް ރުފިޔާގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ވެސް އެމްޓީސީސީން ކުރިން ބުނެފައިވެ އެވެ.
އެ ކުންފުނީގެ ބޯޑުގައި މިހާރު ތިބެނީ ސަރުކާރުގެ ހަ ޑިރެކްޓަރަކާއި އާއްމުންގެ ހަތަރު ޑިރެކްޓަރެކެވެ. އަލަށް ގެންނަ އިސްލާހު ފާސްވި ނަމަ އާއްމު ހިއްސާދާރުންގެ ފަރާތުން ވެސް ޑައިރެކްޓަރުން ހޮވޭނީ ސަރުކާރުގެ ވޯޓާއެކު އެވެ. އަދި އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުންގެ އަދަދު ތިނަކަށް މަދުވާނެ އެވެ.
މިކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ ބަހެއް މިއަދު ލިބޭ ގޮތެއްނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަނޑު
13 April 2017
ކުޑަކުރާނެ ކަމެއް ނެތް. އަދި ޑަބަލް ބޮޑުކޮށްލާ..އެކްޓިވިސްޓުންނަށް މުސާރަދެވޭނެ ގޮތެއް
÷ޕަޕަޓުބާރީ
13 April 2017
ބޯޑުތައް ކުޑަކޮށް މުސޜައާ އެލަވަންސްތައް ކަނޑާލާ ސިވިލްސަރވަންޓުންގެ ަިތުރުގަޑި ކަނޑާލާ ކާދުގެ ބާވަތްތައް ދެގުނަކޮށް މިކޮންކަހަލަ ސިޔާސަތެއްގެ ބަޔަކުބާ އެމްއެމް ޕީއާރުއެސްސީގެ ލާރިގަނޑު ނޭނގޭ ކަމަށް ހަދައިގެން ދިރުވާލާ އޭގެ ބަދަލް އަދާކުރަން މިނެހުނީ ރައްޔިތުންނަށް
ހަދާބަލަ
13 April 2017
އެމްޓީސީސީ ބޯރޑް ކުޑަ ކުރާނެ ކަމެއް ނެތެވެ. ކުރަންވީ ކަމަކީ އެމްޓީސީސީން މާލެ ސަރަހައްދުގައި އަހަރަކު 1 ލައްކަ ލަގްޒަރީ އެޕާރޓްމަންޓް ހިމެނޭ 2 ކޮޓަރީގެ ފްލެޓްސް ތައް އިމާރާތް ކުރުމަށް ޓަކައި ބީއެމްއެލް އާއި ގުޅިގެން އެކަން ކުރަން ފަށަންވީ އެވެ. އެއިރުން އެމްޓީސީސީ އަކީ މުއްސަނދި ވެގެން ގޮސް ފޯރބްސް މެގެޒިން އިން އެއްވަނަ ޖާގަ ހޯދާނެ ކުންފުންނަށް ވާނެ ކަމާއި މެދު ކަށަވަރުވެ ޔަގީނެވެ.
ބޭބެ
13 April 2017
ކާކުތަ ކަމެއްނުކޮށް ލިބޭ ފައިދާ ގަނޑެއް ހަމަހުރެފަ ދޫކޮއްލާނީ ....