ކޮޕިއާ ޕްލަސްގައި މިހާރު ބާޒާރުގައި އެންމެ މަގްބޫލު، ފެންވަރު ރަނގަޅު 'ބްރަދާ' ބްރޭންޑް ޕްރިންޓާ ވިއްކަން ހުރޭ.
25 މެއި 2017 - 11:42
ކޮޕިއާ ޕްލަސް އާ އަވަސް ކާޓް ގުޅިގެން "ބްރަދާ" ބްރޭންޑްގެ ޕްރިންޓަރު ހިލޭ ފޯރު ކޮށްދޭން ފަށައިފި އެވެ.
ކޮޕިއާ ޕްލަސް އިން ބުނީ މާލޭގައި ހުންނަ ކޮޕިއާ ޕްލަސް އިން ޕްރިންޓަރާއި ކާޓްރިޖް ވިއްކާ އަގަށް އެއްވެސް އިތުރު ބަދަލެއް ނުގެނެސް ހުރިހާ ރަށަކަށް އެތަކެތި ފޮނުވައިދޭނެ ކަމަށެވެ.
ކޮޕިއާ ޕްލަސްއިން ވަނީ ޕްރިންޓަރާއި ކާޓްރިޖް ހިލޭ ފޯރުކޮށްދިނުމަށް އަވަސްކާޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކޮޕިއާ ޕްލަސް އިން ބުނީ ރަށްރަށުގެ ސްކޫލްތަކާއި ސަރުކާރު އަދި އަމިއްލަ އިދާރާތަކުގެ އިތުރުން އާއްމުންގެ ފަރާތުން ވެސް މިކަމަށް ބޮޑު އެއްބާރުލުމެއް ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
އަވަސްކާޓުން ބުނިގޮތުގައި އެތަނުގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރުދޭ ތަކެއްޗައް ކަސްޓަމަރުން ފައިސާ ދައްކަން ޖެހޭނީ މުދާ އެ މީހަކާ ހަވާލުކުރުމުންނެވެ.
އަވަސްކާޓުން ތަފާތު އެކި މުދާތައް މިހާރު ވެސް މުޅި ރާއްޖެއަށް ހިލޭ ޑެލިވާ ކޮށްދެ އެވެ. ރޯދަ މަހާ ގުޅުވައިގެން އަވަސްކާޓުން އޯޑަރުކުރާ ތަކެތި ވަރަށް އަގުހެޔޮ ފޯރުކޮށްދެއެވެ. އަދި އެތަކެއްޗަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒޫ
29 May 2017
ތި އަވަސްކާޓުން މަގޭ އިޝްތިހާރު ކޮށްގެން މިހާރު ބޮލާފޮށާ އެޅިއްޖެ.
މުޙައްމަދު
29 May 2017
މަވެސް ގަތިން އަވަސްކާޓުން އޮފީސް ބޫޓެއް 135ރ އަށް. ހީކުރީ ވަރަށް ކަޑަވާނެ ކަމަށް. އެކަމަކު ދެން އެއްލާލަން ވިޔަސް ހެޔޮކަމަށް ގަނެގެން ގެނައި އެތި ހަމަ ހަބޭސް. ރައްޓެއްސަކަށް އޭތި މާ ސަޅިވެގެން ކުޅުދިޔާވެގެން އުޅުނީމަ މަ އޭނަ އަށް ބޫޓު ވިއްކާލީ 750 އަށް. ކެކެކެ. ބާކީބައި ކޮފީބޯލީ. އަވަސްކާޓުން ގަތީމަ ފްރީ ކޮފީވެސް ލިބޭ. ބްރޯ މީތި ހަމަ ސަޅިއޭ
މާނާ
29 May 2017
އަވަސްކާތު ވަރެއް ހަމަނެތް. މައްސަލަ އަކީ ރޯދައަށް ގަތް އެއްޗެތިވެސް އަދިވެސް އަތަށް ނާރާތީ